17 ޖުލައި 2023
މިހާރު ފައްޓާފައިވާ ތަރައްގީގެ މަޝްރޫއުތައް ނުހުއްޓި ކުރިއަށް ގެންދެވޭނީ އިތުރު ދައުރެއް ލިބިގެން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
މިހާރު ފައްޓާފައިވާ ތަރައްގީގެ މަޝްރޫއުތައް ނުހުއްޓި ކުރިއަށް ގެންދެވޭނީ އިތުރު ދައުރެއް ލިބިގެން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ވ. އަތޮޅުގެ ވެރިކަން ކުރާ ރަށް، ފެލިދޫ ބަނދަރުގައި ބޭއްވި ބައްދަލުވުމެއްގައި އެ މަނިކުފާނު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން ރައްޔިތުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.
ރައީސް ވިދާޅުވީ މިހާރު ރާވާފައި ހުރި ކަންކަން ނިންމޭނީ އެ މަނިކުފާނަށް ވެރިކަމުގެ އިތުރު ދައުރެއް އަދި މިހާރު ހަދާފައިވާ ކޯލިޝަން އިތުރު ދައުރަކަށް ހޮވައިގެން ކަމަށެވެ.
"ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ރައްޔިތުންގެ އެހީތެރިކަން އަޅުގަނޑުމެން ބޭނުންވޭ. މި ރަށުގެ ރައްޔިތުން އެކަމާ ވިސްނައި ފިކުރު ކުރުމަށް އަޅުގަނޑު ގޮވާލަން. ތި ބޭފުޅުންގެ ރަށަށް މި އަންނަ ބަދަލާއި ކުރިއަށް ރޭވިފައި ހުރި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނީ މި ސަރުކާރު ދެމި އޮވެގެން،" އާބާދީގައި 616 މީހުން ދިރިއުޅޭ ރަށުގައި ބޭއްވި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
"ނުވައެއް ސެޕްޓެމްބަރުގައި ތި ބޭފުޅުން ނިންމާ ނިންމުން އެއީ މުހިއްމު ނިންމުމަކަށް ވާނެ ކަމަށް އަޅުގަނޑު މި ދަންނަވަނީ އެހެން ވެގެން."
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި، މިހާރު ރާވާފައިވާ ހުރިހާ މަސައްކަތެއް ކުރިއަށް ގެންދެވޭނީ މި ސަރުކާރު އަދި ކޯލިޝަން އިތުރު ފަސް އަހަރަށް ހޮވައިގެންނެވެ.
"އަޅުގަނޑަށް ފެނޭ އެ މަންޒަރު ރާއްޖޭގެ އެކި ހިސާބުތަކުން. އިރާދަކުރެއްވިއްޔާ ސެޕްޓެމްބަރު ނުވައެއްގައި ބާއްވާ ރިޔާސީ އިންތިހާބު ކުރިއަށް ވުރެ ރަނގަޅުވާނެ. ދެހާސް އަށާރައިގެ ނަތީޖާއަށް ވުރެ ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކާމިޔާބު ކުރާނަން،" ވަރަށް ޔަގީންކަމާ އެކު ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ 2018 ވަނަ އަހަރު "ޖަޒީރާ ރާއްޖެ" ގެ މެނިފެސްޓޯ ތައްޔާރުކުރީ އެ މީހަކު އުފަން ރަށުން އަސާސީ ހިދުމަތްތައް ދެވޭނެ ފެންވަރަށް ތަރައްގީ ކުރުމުގެ ވިސްނުމުގައި ކަމަށެވެ. ތަފާތު ކުރުމެއް ނެތި އެ ރަށަކުން ތަރައްގީގެ މަސައްކަތް ކޮށްދޭން ޖެހޭ ކަމަށާއި ފެލިދޫން ރަށުން ފެންނަނީ އޭގެ މިސާލެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"ވިސްނުން ތަފާތު ވިޔަސް އެކަހެރި ނުކޮށް، އެ ރަށަކުން ބޭނުންވާ ތަރައްގީ ފެންނާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ފެލިދޫ ސްކޫލްގެ މަލްޓި ޕާޕަސް ހޯލާއި އިންޖީނުގެ އަދި ކުޑަކުދިންގެ ޕާކް ވަނީ ނިންމައިފަ އެވެ. ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، މި ދައުރު ނިމުމުގެ ކުރިން އެ ހުރިހާ ކަމެއް ނިމޭނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފާހަގަކުރެއްވި އެވެ. އޭގެ އިތުރުން، ކުވެއިތު ފަންޑުގެ އެހީގައި ގާއިމްކުރާ ހަތް ހޮސްޕިޓަލްތަކުގެ ތެރޭގައި މި ރަށް ހިމެނޭތީ 30 އެނދުގެ ހޮސްޕިޓަލް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
"އިތުރު ފުރުސަތެއް ނުލިބިއްޖެ ފަހަތަށް ސޮއްސާލާނެ"
މާފަރު އެއާޕޯޓަށް ޔޫރަޕުން ސީދާ ފްލައިޓް!
"އިންތިހާބުގެ ނަތީޖާއިން މަޝްރޫއުތައް ހުއްޓިދާނެ"
އައްޑޫ މީހުން ރައީސަށް ދެވަނަ ދައުރެއް ދޭންޖެހޭ:ނިޒާރު
ގިރާވަރު ފަޅު މިއަހަރު މެދުތެރޭ ހިއްކާ ނިމޭނެ: ރައީސް
ކުރިން ނުކޮށްދެވޭ ވަރުގެ މަސައްކަތް ކުރެވިއްޖެ: ރައީސް
"މަޝްރޫއުތައް ފެށީ ފައިސާ ނެތި ސިޔާސީ ބޭނުމަށް"
އެމްޑީޕީގެ ބޮޑެތި ރަށްރަށް މުއިއްޒަށް
މާލެ، އައްޑޫގެ ނަތީޖާ: އެމްޑީޕީ އަށް އޮތީ ބުރަ އިމްތިހާނެއް
ރައީސްގެ ހިތްވަރަށް ނަޝީދުގެ ތައުރީފު