ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ފުލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ކޮށްފައިވާ ހުކުމްތަކުގެ އިސްތިއުނާފް ޝަރީއަތުގެ އަޑުއެހުމެއް ބުދަ ދުވަހަށް ހައި ކޯޓުގައި ތާވަލުކޮށްފި އެވެ.
03 ޖުލައި 2023
ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ފުލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ކޮށްފައިވާ ހުކުމްތަކުގެ އިސްތިއުނާފް ޝަރީއަތުގެ އަޑުއެހުމެއް ބުދަ ދުވަހަށް ހައި ކޯޓުގައި ތާވަލުކޮށްފި އެވެ.
ވ. އާރަށް ކުއްޔަށްދިނުމުގައި ރިޝްވަތު ގަބޫލުކޮށް އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީން ކުރިން ވަނީ އެ ޝަރީއަތް އަވަސްކޮށްދިނުމަށް ކޯޓުގައި އެދިވަޑައިގެންފަ އެވެ.
ހައި ކޯޓުގައި ކުރިއަށްދާ މި މައްސަލައިގެ ޝަރީއަތް އަވަސްކުރުން ޔާމިނަށް މުހިންމުވެފައިވަނީ އަންނަ ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނީ އެ ހުކުމުން ސަލާމަތްވެގެން ކަމަށް ވާތީ އެވެ. އެހެންވެ، އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އޮއްވައި މައްސަލަ ނިންމުމަށް އިދިކޮޅު ޕީޕީއެމްއިން ވެސް އަންނަނީ ގޮވާލަމުންނެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ތިން ވަނަ ދުވަހަށް ބަންދުވާނެ އެވެ.
ޖިނާއީ ދައުވާއެއް ސާބިތުވެފައި އޮތުމަކީ އިންތިހާބުގައި ކުރިމަތިލުމަށް އޮތް ހުރަހެކެވެ.
އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި ޔާމީން ވާދަކުރެއްވުމަށް ހުރަސް އެޅުމުގެ ގޮތުން އިސްތިއުނާފް ލަސްކުރުމަށް ހައި ކޯޓުގެ ފަނޑިޔާރުން ޗުއްޓީ ނެގުމަށް ސަރުކާރުން ވަނީ މަޖުބޫރުކޮށްފަ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި، ޔާމީންގެ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން އެއް ބޭފުޅަކު ނަންގަވާއިރު އެއީ މިދިޔަ އަހަރު ހަމަޖައްސާފައި އޮތް ޗުއްޓީއެކެވެ.
ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ވެސް ޝަރީއަތް ދަނީ ކުރިއަށެވެ. އެ މައްސަލައިގެ އަޑުއެހުމެއް މާދަމާ އެބަ އޮތެވެ. އަދި މި މަހުގެ 6، 9، 11 އަދި 13 ވަނަ ދުވަހަށް ވެސް ވަނީ މި މައްސަލަ ތާވަލްކޮށްފަ އެވެ.
ފުއްގިރި މައްސަލާގައި ދައުވާކުރަނީ އެ ރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ އެވެ. މި މައްސަލާގައި ޔާމީންގެ އިތުރުން ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓް ކުންފުނީގެ އިތުރުން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ މައްޗަށް ވެސް ދައުވާ ކުރެ އެވެ.
ގއ. ވޮޑަމުލާ ކުއްޔަށް ދިނުމުގައި ކޮރަޕްޝަން ހިންގިކަން ސާބިތުވެ ޔާމީންގެ މައްޗަށް މީގެކުރިން ފަސް އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވި އެވެ. އެ މައްސަލާގައި ކްރިމިނަލް ކޯޓުގެ ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލްކުރީ އެވެ.
ޔާމީންގެ މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު
ވަގުތުއޮއްވައި ޔާމީންގެ މައްސަލަ ނިމޭނެކަމަކަށް ނުބެލެވޭ
"ޔާމީންގެ އިސްތިއުނާފް މިންގަނޑަށް ވާސިލެއް ނުވެވޭ"
ޖިހާދުގެ މައްސަލަ ބޭރުކޮށްލީ ގޯސްކޮށް: ހައިކޯޓް
ޖިހާދު ކޯޓަށް ގެންދަން ޖެހުނީ ފުލުހުންގެ ބެލުމުގެދަށުން
އާހެކި އެއްފަރާތްކުރީ ގާނޫނުއަސާސީއާ ހިލާފަށް: ދައުލަތް
އާ ހެކިތަކުގެ މައްސަލަ ސުޕްރީމް ކޯޓުގައި ފަށަނީ
ޔާމީނަށް ދައުވާކުރާ މައްސަލަތައް ރިވިއުކުރަން އެދެފި
ޔާމީންގެ ޝަރީއަތް ހޯމަ ދުވަހު ލައިވްކޮށް ދައްކަނީ
ޔާމީނާ ދެކޮޅު އާ ހެކިތައް ބަލައިގަންނަން ސުޕްރީމްކޯޓަށް