ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ގަބޫލު ކުރައްވައި، މަނީ ލޯންޑާކުރި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުވާ މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.
18 އެޕްރީލް 2025
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ގަބޫލު ކުރައްވައި، މަނީ ލޯންޑާކުރި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުވާ މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން އެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައިވަނީ މި މަހުގެ 28 ވަނަ ދުވަހަށެވެ. އެ އަޑުއެހުން ތާވަލުކޮށްފައި މިވަނީ ގިނަ ދުވަސްތަކަކަށް ފަހު އެވެ. އެންމެ ފަހުން ފުއްގިރީގެ މައްސަލައިގެ އަޑުއެހުމެއް އޮތީ އޮގަސްޓް، 2023 ގަ އެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހަށް ވެސް އެ މައްސަލާގެ އަޑުއެހުމެއް ތާވަލުކުރި ނަމަވެސް އެ އަޑުއެހުން ފަހުން ކެންސަލްކުރި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ފުއްގިރި ކުއްޔަށް ދޫކުރި މައްސަލާގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ދައުވާ ކުރާއިރު، ޔާމީންގެ އިތުރުން އެ މައްސަލާގައި ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓްގެ މައްޗަށް ވެސް މަނީ ލޯންޑްރިންގެ ދައުވާކުރެ އެވެ.
މީގެ އިތުރުން ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ވެސް ޔާމީންގެ މައްޗަށް ދައުވާކުރެ އެވެ. އެ މައްސަލާގައި ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރިން އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން ކުރިން އޮތީ އަންގައިފަ އެވެ.
ހައި ކޯޓުގެ އެ ހުކުމުގައި، އާ ހެކިތަކެއް ބަލައިނުގަނެވޭނެ ކަމަށް ނިންމާފައިވާތީ އެ ބައި ދައުލަތުން އޮތީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓުން ނިމެންދެން ކްރިމިނަލް ކޯޓުން އޮތީ އެ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލައިފަ އެވެ.
"ޔާމީންގެ އިސްތިއުނާފް މިންގަނޑަށް ވާސިލެއް ނުވެވޭ"
އާރަށް މައްސަލާގެ ފައިސާގެ ބަޔާ މެދު ގޮތެއް ނުނިންމާ
ޔާމީނަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް އުފުލައިފި
ޔާމީން ލޯންޑަކުރެއްވި ފައިސާ ދައުލަތަށް ނަގަން އެދެފި
އާޒިމާ އަށް އުފުލި ދައުވާގެ ލިޔުންތައް ހަވާލުކޮށްފި
އާޒިމާގެ މައްޗަށް ދައުވާކޮށް، ކޯޓަށް ފޮނުވައިފި
ޔާމީންގެ މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު
އާ ހެކިތަކުގެ މައްސަލަ ސުޕްރީމް ކޯޓުގައި ފަށަނީ
ޔާމީނަށް ދައުވާކުރާ މައްސަލަތައް ރިވިއުކުރަން އެދެފި
ޔާމީންގެ ދެ މައްސަލާގެ ޝަރީއަތް ވެސް މި ހަފުތާގައި