ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތު ދިނުމުގެ ދައުވާކުރި އަހްމަދު ކްރިކް ރިޒާގެ މައްސަލަ ދިގުލައިގެން ގޮސް، އިންސާފަށް ހުރަސްއެޅޭ ކަމަށް ގަބޫލު ކުރެވޭތީ އެ ދައުވާ ފައިލްކުރަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ނިންމައިފި އެވެ.
28 އެޕްރީލް 2025
ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތު ދިނުމުގެ ދައުވާކުރި އަހްމަދު ކްރިކް ރިޒާގެ މައްސަލަ ދިގުލައިގެން ގޮސް، އިންސާފަށް ހުރަސްއެޅޭ ކަމަށް ގަބޫލު ކުރެވޭތީ އެ ދައުވާ ފައިލްކުރަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ނިންމައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވި ކަމުގެ ތުހުމަތުގައި ދައުވާ ކުރާ ކްރިކް ރިޒާގެ މައްސަލަ 2023 ވަނަ އަހަރު ތެރޭ ޕީޖީ އޮފީހުން ވަނީ އަލުން ކޯޓަށް ހުށަހަޅާ ގޮތަށް އަނބުރާ ގެންގޮސްފަ އެވެ.
މައްސަލަ އަނބުރާ ގެންދަން އޭރު ޕީޖީން ނިންމީ ރިޒާގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިތަކެއްގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި ތަހުލީލުތައް ހެދުމަށް ކަމަށް ބުނެ އެވެ. އެއީ، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒްގެ އޯޑިއޯއެއް ކަމަށް ބުނެ ރިޒާ ހުށަހެޅި ހެއްކެކެވެ.
ފުއްގިރި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ޕީޖީގެ ވަކީލް އަހުމަދު ޝަފީއު ވިދާޅުވީ އޯޑިއޯއާ ގުޅޭ ތަހުލީލު ދައުލަތުން އިރުޝާދު ދިން ގޮތަށް ފުލުހުންނަށް ކުރެވިފައިނުވާ ކަމަށެވެ. އަދި އެ ތަހުލީލު އެގޮތަށް ނުކުރެވި ދިގުލައިގެން ގޮސްފައިވަނިކޮށް ދައުވާ ރިވިއުކޮށްދޭން އެދި ރިޒާގެ ފަރާތުން އެ އޮފީހަށް ހުށަހެޅި ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޖީކަމުގެ މަގާމާ އައްބާސް ޝަރީފް ހަވާލުވެ ވަޑައިގަތުމަށް ފަހު، ކުރިން ކޮށްފައިވާ ދައުވާތައް ރިވިއު ކުރަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލި އެވެ.
އެ ފުރުސަތުގައި ރިޒާގެ ފަރާތުން ހުށަހެޅި މައްސަލާގައި ޕީޖީން ނިންމީ މައްސަލަ ކުރިއަށް ނުގެންގޮސް ފައިލް ކުރަން ކަމަށް ވަކީލް ވިދާޅުވި އެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ތަހުލީލު ނުނިމި، މައްސަލަ ދިގުލައިގެން ދިޔަ ދިޔުން ދައުލަތަށް ކޯޓުގައި ޖަސްޓިފައިކޮށް ނުދެވޭނެތީ ކަމަށެވެ. އެހެންވެ، އެ މައްސަލަ ކޯޓުގައި ބޭއްވުމަކީ އެންމެ އިންސާފުވެރި ގޮތެއް ނޫން ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.
ފުއްގިރި މައްސަލާގެ ޝަރީއަތް ޝަރީއަތް ކުރިއަށް ނުގެންދެވި ދިގުލައިގެން ގޮސްފައި އޮތީ ވެސް ރިޒާގެ ސަބަބުންނެވެ. ފުލުފުލުގައި އަޑުއެހުންތައް ތާވަލުކޮށްފައި އޮތަސް، އެއްވެސް އަޑުއެހުމެއް ނުބޭއްވި ދިޔައީ ކްރިކްގެ ބަލި ހާލަތު ހުރި ގޮތުން ކޯޓަށް ހާޒިރު ވެވެން ނެތް ކަމަށް ބުނެ މެޑިކަލް ހުށަހަޅާފައި ވާތީ އެވެ. ނަމަވެސް، އެ މެޑިކަލް ރިޕޯޓާ ގުޅޭ ގޮތުން ސުވާލު އުފެދިފައިވެ އެވެ.
ޔާމީންގެ ފަރާތުން ދިފާއީ ހެއްކެއްގެ ގޮތުގައި ވެސް ރިޒާގެ ނަން ހުށަހަޅާފައިވާއިރު، މިއަދު ވެސް ބަލި ހާލަތު ހުރި ގޮތުން ކޯޓަށް ހާޒިރުވެވެން ނެތް ކަމަށް އޭނާ އަންގާފައިވެ އެވެ.
ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް، ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާ ވެސް ކުރެ އެވެ. އެ ދެ ކުންފުނިން ވަނީ ޔާމީންގެ ޝަރީއަތާ ދެ ކުންފުންޏަށް ކުރާ ދައުވާ ވަކިން ކުރިއަށް ގެންދަން އެދިފަ އެވެ. ޕީޖީން ވަނީ ކޯޓުގެ ހުއްދައާ އެކު އެ ދައުވާތައް ވަކިކޮށްފަ އެވެ.
ޔާމީންގެ ދިފާއުގައި ހެކިބަސް ނުދޭން ނަރީޝް ނިންމައިފި
އާރަށް މައްސަލާގެ ފައިސާގެ ބަޔާ މެދު ގޮތެއް ނުނިންމާ
ޔާމީނަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް އުފުލައިފި
ޔާމީން ލޯންޑަކުރެއްވި ފައިސާ ދައުލަތަށް ނަގަން އެދެފި
ފުއްގިރީގެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފި
ޔާމީން ފައިސާ ދައުރުކުރީ އަސްލު ގެއްލޭ ގޮތަށް:ދައުލަތް
ތަހުގީގުގައި ހަނު ހުރީ ފުލުހުން ފުރައްސާރަކުރާތީ:ޔާމީން
އާރަށް ހޯދަން އުޅުނު ކަމެއް ނޭނގޭ: ޔާމީން
"ޑޮލަރު ގަތީ ކަމަށް ބުނެ ޔާމީނަށް ފައިސާދިން"
ފުއްގިރި މައްސަލާގެ ހުށަހެޅުންތައް ބަލައެއްނުގަތް