Roadha Mihaaru
ގުޅިފަޅު ހިއްކުމުގެ މަސައްކަތް ރަސްމީކޮށް މިއަދު ފަށަނީ

ގުޅިފަޅު ހިއްކުމުގެ މަސައްކަތް މިއަދު ރަސްމީކޮށް ފަށަނީ

02 ޖުލައި 2023

ކ. ގުޅިފަޅުގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ ގޮތުން ބާއްވާ ރަސްމިއްޔާތު މިއަދު ބާއްވާން ތައްޔާރުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކ. ގުޅިފަޅުގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ ގޮތުން ބާއްވާ ރަސްމިއްޔާތު މިއަދު ބާއްވާން ތައްޔާރުވެއްޖެ އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ގުޅިފަޅުގެ ބިން ހިއްކުމުގެ ޕްރޮޖެކްޓު ރަސްމީކޮށް ފެށުމުގެ ގޮތުން މިއަދު ހަވީރު ފަހެއް ޖަހާއިރު އެ ރަށުގައި ހާއްސަ ރަސްމިއްޔާތެއް އޮންނާނެ ކަމަށެވެ. އަދި އެ ރަސްމިއްޔާތު ޓީވީން ލައިވް ކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ގުޅިފަޅުގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާ އެވެ. ބިޑަކާ ނުލައި ބޮސްކާލިސްއާ އެ ޕްރޮޖެކްޓް ހަވާލުކުރީ އޮކްޓޯބަރު 17، 2019 ގަ އެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި އެ ޕްރޮޖެކްޓަށް ދެ ބިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

ގުޅިފަޅުގެ ދެވަނަ ފިޔަވަހި ހިއްކުމަށް 18 މިލިއަން ކިއުބިކް މީޓަރުގެ ވެލި އެ ފަޅަށް އަޅާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ހިއްކާ ސަރަހައްދު ވަށައިގެން ބޮޑުހިލައިގެ ރިވެޓްމަންޓް ޖަހާނެ އެވެ. އެކަމަކު އެ މަޝްރޫއުގެ ދަށުން ހިއްކަނީ ސީދާ ކިހާ ސަރަހައްދެއް ކަމެއް ސާފުވާ ގޮތެއް އަދި ނުވެ އެވެ.

ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި، ގުޅިފަޅުގެ ދެވަނަ ފިޔަވަހި ހާއްސަ ކުރަނީ ސަރުކާރުން އެތަނުގައި ހަދާ ސަރަހައްދީ ބަނދަރު ނުވަތަ ޕޯޓްގެ މަސައްކަތަށެވެ. އެ މަޝްރޫއާއެކު، މިހާރު މާލޭގެ އުތުރު ފަރާތުގައި ހިންގަމުން އަންނަ ވިޔަފާރި ބަނދަރުގެ ހުރިހާ ހިދުމަތެއް ގުޅިފަޅަށް ބަދަލުކުރާނެ އެވެ.

ގުޅިފަޅުން ހިއްކާ ބިމުން މާލެ މީހުންނަށް ގޯތި ދޭން ވެސް ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.