14 ފެބުރުއަރީ 2024
އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައަކާ ގުޅިގެން ކ. ގުޅިފަޅު ހިއްކުމުގެ މަސައްކަތް މަޑުޖައްސައިލުމުގެ ވަގުތީ އަމުރެއް ހައި ކޯޓުން މިއަދު ނެެރެފައިވާއިރު، އޭގެ ސަބަބުން ދައުލަތުން ކޮންމެ ދުވަހަކަށް ތިން ލައްކައެއްހާ ޑޮލަރު ބޮސްކާލިސް ކުންފުންޏަށް ދައްކަން ޖެހޭނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިރޭ ވިދާޅުވެއްޖެ އެވެ.
އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައަކާ ގުޅިގެން ކ. ގުޅިފަޅު ހިއްކުމުގެ މަސައްކަތް މަޑުޖައްސައިލުމުގެ ވަގުތީ އަމުރެއް ހައި ކޯޓުން މިއަދު ނެެރެފައިވާއިރު، އޭގެ ސަބަބުން ދައުލަތުން ކޮންމެ ދުވަހަކަށް ތިން ލައްކައެއްހާ ޑޮލަރު ބޮސްކާލިސް ކުންފުންޏަށް ދައްކަން ޖެހޭނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިރޭ ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގުޅިފަޅު ހިއްކުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދަނީ ތިމާވެށްޓަށް ގެއްލުން ލިބޭ ގޮތަށް ކަމަށް ބުނެ އެ މަޝްރޫއު ހުއްޓާލުމުގެ އަމުރަކަށް އަމިއްލަ ފަރާތަކުން ސިވިލް ކޯޓުގައި އެދުނީ މިދިޔަ އަހަރު އެވެ. އެ މައްސަލަ ނިމެންދެން އެ މަޝްރޫއު މަޑުޖައްސާލަން ރައީސް އިބޫގެ ސަރުކާރުގެ ދުވަސްވަރު އެދުނަސް ސިވިލް ކޯޓުން އޭރު ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
އެކަމަކު، ހައި ކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ ސިވިލް ކޯޓުން މައްސަލަ ނިމެންދެން އެ މަޝްރޫއުގެ ހުރިހާ މަސައްކަތެއް ހުއްޓާލަން އަންގާ ކަމަށެވެ.
އެ މަސައްކަތް ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކުރީ އޮކްޓޯބަރު 17، 2019 ގަ އެވެ. އެއީ ދެ ބިލިއަން ރުފިޔާ އަށް 65 ހެކްޓަރު ހިއްކާށެވެ. ނަމަވެސް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގުޅިފަޅަށް އިތުރު 85 ހެކްޓަރު އިތުރުކޮށް، ދެ ވަނަ ފިޔަވަހިން 150 ހެކްޓަރު ހިއްކަން ނިންމަވައިފަ އެވެ. އެ ތަން ހިއްކުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެށި ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި އިސްކޮށް މަސައްކަތް ކުރެއްވި އަކްރަމް ތުހުމަތު ކުރެއްވި ގޮތުގައި އެ މަސައްކަތް މަޑުޖައްސައިލުމުގެ އަމުރެއް ހައި ކޯޓުން މިއަދު ނެރުނީ މި ސަރުކާރުގެ ނުފޫޒުންނެވެ.
އޭނާ ވިދާޅުވީ ކޯޓަށް ނުފޫޒު ފޯރުވައިގެން އެ އަމުރު ނެރުނީ ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ "ރަސްމާލެ" މަޝްރޫއުގެ ކާމިޔާބުކަން ސާބިތުކޮށްދިނުމަށް ކަމަށެވެ.
ސަރުކާރުގެ މައްސަލައަކުން އެ މަސައްކަތް މަޑުޖެހިއްޖެ ނަމަ ނުވަތަ ހުއްޓިއްޖެ ނަމަ، އެ މަސައްކަތް ހުއްޓިފައިވާ ކޮންމެ ދުވަހަކަށް ދައުލަތުން ބޮސްކާލިސް ކުންފުންޏަށް ތިން ލައްކައެއްހާ ޑޮލަރު ދައްކަންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"[ސަރުކާރުގެ] ނާގާބިލް ކަމުން މިކަން މިހެން ވެފައި މި އޮތީ. ސަރުކާރަށް ގެއްލުންވާ ކަމަށް ވަންޏާ އެ އެއް ނުހުއްޓުވޭނެ. އެކަމަކު ސަރުކާރަށް ގެއްލުންވާކަން ޕްރޫވް ކޮށްދޭން ޖެހޭނެ. ދެ ބައި މީހުން އެއްބަސްވާން ޖެހޭނެ. ހުރެލާފައި އޯވަނައިޓަކުން ހުއްޓައެއް ނުލެވޭނެ. ކޯޓުގައި ތިބި މީހުން އެކަން ކުރީ [ރައީސް] މުއިއްޒުގެ ނުފޫޒުން،" އަކްރަމް ވިދާޅުވި އެވެ.
"ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް މިއީ. ރައްޔިތުންގެ ފައިސާ އެއީ."
މި ސަރުކާރުގެ ބަންޑާރަ ނައިބު އަހުމަދު އުޝާމް މިރޭ ވިދާޅުވީ، ގުޅިފަޅު މަޝްރޫއު ހުއްޓިފައި އޮންނަ ކޮންމެ ދުވަހަކު ދައުލަތަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން ވާނެ ކަމަށާއި އެހެންވެ، ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށެވެ.
"ގުޅިފަޅު ޕްރޮޖެކްޓަކީ އެތައް ބިލިއަން ރުފިޔާގެ އަގު ހުރި ޕްރޮޖެކްޓެއް. އަދި ގުޅިފަޅު ބިން ހިއްކުމުގެ %80 ވަރު މިހާރު ނިމިފައިވާއިރު، މި މަސައްކަތް ހުއްޓިފައި އޮންނަ ކޮންމެ ދުވަހަކު ދައުލަތަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން ވާނެ،" އުޝާމް ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވީ މިފަދަ މަޝްރޫއެއް ހުއްޓާލާ ނަމަ އެކަމުގެ ތެރެއަށް ސަރުކާރުން ވަންނަން ޖެހޭނެ ކަމަށެވެ. އެކަން ނުކުރީ އެ މައްސަލައަށް ސަރުކާރުގެ ނުފޫޒު ފޯރުވުމުން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
ހައި ކޯޓުގެ ހުކުމުގައި ވަނީ އެ މައްސަލާގައި އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށާއި އަދި އެކަމުގެ ސަބަބުން ތިމާވެށްޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެކަން އެނގޭއިރު، އެކަންކަން ނަފީ ކުރާނެ ހެއްކެއް ދައުލަތުން ދައްކާފައި ނުވާ ކަމަށެވެ. އެހެންވެ، އެ ހާލަތުގައި ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ޕްރެކޯޝަނަރީ ޕްރިންސިޕަލްގެ ދަށުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
ގުޅިފަޅު ހިއްކަން ފެށީ ސަރުކާރުން އެތަނުގައި ހަދާ ސަރަހައްދީ ބަނދަރު ނުވަތަ ޕޯޓްގެ މަސައްކަތަށެވެ. އޭގެ އިތުރުން، އެ ތަނުން މާލޭ މީހުންނަށް ވެސް ވަނީ ގޯތި ދީފަ އެވެ.
ގުޅިފަޅު ހިއްކުން ހުއްޓުވަން ނެރުނު އަމުރު ބާތިލްކޮށްފި
ނިއުޕޯޓް ހިންގި ބިން އަތުލީ ރަނގަޅަށް: ސުޕްރީމް ކޯޓް
ގުޅިފަޅު ހިއްކުން ކުރިއަށް ގެންދެވޭ ގޮތަށް އަމުރުނެރެފި
ގުޅީފަޅު ހިއްކުމުގެ މައްސަލަ ސުޕްރީމްކޯޓަށް ހުށަހަޅައިފި
ގުޅިފަޅު ހިއްކުން ހުއްޓުވި އަމުރު ސުޕްރީމް ކޯޓަށް
ގުޅިފަޅު ހިއްކުން މަޑުޖައްސާލަން ހައި ކޯޓުން އަންގައިފި
ފްލެޓް ނުލިބިގެން އަޑުގަދަ ކުރީ 10 މީހުން: އަކްރަމް
ކޮމިޓީއަށް އަސްލަމް ހާޒިރުނުކުރުމުން ކަންބޮޑުވުން
4000 ފްލެޓަށް ވަދެވޭނީ އަންނަ އަހަރުގެ ނިޔަލަށް!
ފްލެޓް ހޯދަން ދޮގު މައުލޫމާތު ދިން ކަމެއް ފާހަގަނުވޭ!