24 އޮކްޓޯބަރ 2019
ގުޅިފަޅުން ބޮޑު ސަރަހައްދެއް ހިއްކަން ބީލަމަށް ނުލައި 53 މިލިއަން ޑޮލަރު (817 މިލިއަން ރުފިޔާ) އަށް ނެދަލެންޑްސްގެ ބޮސްކާލިސްއާ ހަވާލުކުރި އެއް ސަބަބަކީ އެ ގައުމުގެ އައިއެންޖީ ބޭންކުން ލޯނެއް ނަގައިގެން އެ މަޝްރޫއު ހިންގަން ސަރުކާރުން ބޭނުންވުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެެ.
ގުޅިފަޅުން ބޮޑު ސަރަހައްދެއް ހިއްކަން ބީލަމަށް ނުލައި 53 މިލިއަން ޑޮލަރު (817 މިލިއަން ރުފިޔާ) އަށް ނެދަލެންޑްސްގެ ބޮސްކާލިސްއާ ހަވާލުކުރި އެއް ސަބަބަކީ އެ ގައުމުގެ އައިއެންޖީ ބޭންކުން ލޯނެއް ނަގައިގެން އެ މަޝްރޫއު ހިންގަން ސަރުކާރުން ބޭނުންވުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެެ.
ގުޅިފަޅުގެ 6 މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކުމުގެ މަޝްރޫއު ބޮސްކާލިސްއާ ހަވާލުކުރި ގޮތާ ބެހޭ ގޮތުން ކުރިމަތިވެފައިވާ ފިއްތުންތަކާ ގުޅިގެން ބޭއްވި ނިއުސް ކޮންފަރެންސެއްގައި މިނިސްޓަރު އަމީރު ވިދާޅުވީ، ޑަޗް އައިއެންޖީ ބޭންކުން ލޯނު ހޯދުމުގެ ކަންކަން މިހާރު ވެސް ކުރަމުން އަންނަ ކަަމަށާއި އެ ލޯނު ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށެވެ.
ޑަޗް އައިއެންޖީ ބޭންކަކީ އެހެން ގައުމުތަކުގެ އެގްޒިމް ބޭންކްތަކެކޭ އެއްގޮތަށް، އެ ގައުމެއްގެ ކުންފުންޏަކާ މަސަައްކަތް ހަވާލުކުރަން ޝަރުތު ކުރާ ބޭންކެއް ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.
"ބޮސްކާލިސް އަށް އަޅުގަނޑުމެން މި ޕްރޮޖެކްޓް ދިނީ ކީއްވެތޯ؟ އެއް ކަމަކަށް އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ، މި ޕްރޮޖެކްޓް ހިންގަން އަޅުގަނޑުމެން ބޭނުން ވަނީ ޑަޗް އައިއެންޖީ ބޭންކްގެ ފައިނޭންސިން އަޅުގަނޑުމެންނަށް ލިބިގެން،" މިނިސްޓަރު ވިދާޅުވި އެވެ.
ބޮސްކާލިސްއާ މަޝްރޫއު ހަވާލުކުރީ މާލިއްޔަތު ގަވައިދުގެ ދަށުން މި ސަރުކާރުން އަލަށް ހަދާފައިވާ "އަން ސޮލިސިޓެޑް ޕްރޮޕޯސަލް ޕޮލިސީ" (ޔޫއެސްޕީ ޕޮލިސީ) އާ އެއް ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މަސައްކަތް ބޮސްކާލިސްއާ ހަވާލުކުރުމުގެ މަރުހަލާ ކުރިއަށް ގެންގޮސްފައި ވާނީ އަމީރު ވިދާޅުވި ގޮތުގައި ކޮރަޕްޝަނަށް މަގުފަހި ނުވާ އަދި ދެފުށް ފެންނަ ގޮތަށެވެ.
"ކޮރަޕްޝަނަށް މަގުފަހިވާ ގޮތަކަށް ކަމެއް ހިނގާފައި ނުވާނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެން އެބަދެން،" އޭނާ ވިދާޅުވި އެވެ.
ގުޅިފަޅު މަޝްރޫއު ބޮސްކާލިސްއާ ހަވާލުކުރި ގޮތް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބެލުމަކީ ސަރުކާރުން މަރުހަބާ ކިޔާ ކަމެއް ކަމަަށް ވެސް ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިޔާދު ހަމީދު ވިދާޅުވީ، ގުޅިފަޅުން ބިން ހިއްކަނީ މާލޭގެ ވިޔަފާރި ބަނދަރު އެ ތަނަށް ބަދަލުކުރަން ކަމަށާއި އެއީ ވަރަށް އަވަހަށް ކުރަން ޖެހިފައިވާ މަސައްކަތެއް ކަމަށެވެ. އަވަސް ކަމެއްގެ ގޮތުގައި ވިޔަފާރި ބަނދަރުގެ މަަސައްްކަތް ކުރަން ޖެހެނީ މިހާރު ބޭނުން ކުރަމުން އަންނަ ބަނދަރުގެ ޖާގަ ކުޑަ ކަމުން ގިނަ ދަތިތަކެއް ކުރިމަތިވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސަރުކާރިިުން މި ފަސް އަހަރު ދުވަހުގެ ތެރޭގައި ކުރިއަށް ގެންދަން ނިންމާފައިވާ އެންމެ މުހިއްމު އެއް އިގުތިސާދީ މަޝްރޫއަކީ ގުޅިފަޅުގައި ބައިނަލްއަގްވާމީ ބަނދަރެއް ގާއިމް ކުރުމުގެ މަޝްރޫއު،" އިޔާދު ވިދާޅުވި އެވެ.
ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝިފާޒް އަލީ، މިއަދުގެ ނިއުސް ބްރީފިން ގައި ވިދާޅުވީ، ގުޅިފަޅުން ބިން ހިއްކަން ޖެހެނީ ކަނޑުގެ ފުން ހިސާބުތަކުން ވެލި ނަގައިގެން ކަމަށާއި އެމްޓީސީސީގެ މަހާ ޖައްރާފާ އަކީ ވެސް އެފަދަ އެއްޗަކަށް ވިޔަސް، އެއީ ވަރަށް ކުޑަ ކޮންނަ ބޯޓެއް ކަމަށެވެެ. އެހެންވެ، އެ ޑްރެޖަރު ބޭނުންކޮށްގެން 24 ގަޑިއިރު ހުއްޓާ ނުލައި ކުރިއަށް ގެންދިޔަސް ހިއްކަން ޖެހޭ ސަރަހައްދުގެ މަަަސައްކަތް ނިންމަން ދެ އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަވާނެ ކަމަށް ޝިފާޒް ވިދާޅުވި އެވެ.
"އެހެންވީމާ އެއީ މިހާ އިމްޕޯޓެންޓް، ކްރިޓިކަލް މަސައްކަތެއް ފަށަަން އަޅުގަނޑުމެންނަށް މަޑުކުރެވޭނެ [މުއްދަތެއް ނޫން]. އޮޕްޝަނެއް ނޫން އެހެންވީމާ އެއީ،" އޭނާ ވިދާޅުވި އެވެ.
ގުޅިފަޅު މަޝްރޫއު ބޮސްކާލިސްއާ ހަވާލުކުރީ ރަނޅަށްތޯ އޭސީސީން މިހާރު އަންނަނީ ބަލަމުންނެވެ.
އެ ކޮމިޝަންގެ މީޑިއާ އޮފިޝަލް ހަސަން މަނިކު މިއަދު ވިދާޅުވީ، އޭސީސީގެ އަމިއްލަ އިސް ނެގުމަކަށް އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އޭސީސީން މިކަން ބަލަން ފެށިއިރު، ދައުލަތުން ބޮޑު ހޭދައެއް ކުރާ މި މަޝްރޫއު، ބީލަމަށް ހުޅުވާނުލައި ބޮސްކާލިސްއާ ހަވާލުކުރި މައްސަލައިގައި ދަނީ ސުވާލު އުފައްދަމުންނެވެ.
ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ސިޔާސަތެއް ކަނޑައަޅާފައިވާ މި ސަރުކާރުން މަޝްރޫއުތައް ހަވާލުކުރުމުގައި ދެފުށް ފެންނަ އުސޫލަކަށް އަމަލުކުރަން ވެސް އަންނަނީ ގޮވާލަމުންނެވެ.
މާލެ-ތިލަފުށި ބްރިޖް އަޅާނީ އިންޑިއާގެ ކުންފުންޏަކުން
ލޯނު ދޫކޮށްލީ ރައްޔިތުންގެ ބޮލުގައި ބުރަ ނާޅުވަން
ގުޅިފަޅު ހިއްކައި ނިމޭއިރު 1.8 ބިލިއަން ހަރަދުވާނެ
ގުޅިފަޅު ހިއްކަން ބޭނުންވާ ފައިސާ އަދިވެސް ހަމަނުޖެހޭ
ގުޅިފަޅު ހިއްކުން މަޑުޖައްސާލަން ހައި ކޯޓުން އަންގައިފި
ކޮމާޝަލް ޕޯޓް ތިލަފުށްޓަށް ބަދަލުކުރަން ނިންމައިފި
އަމާޒަކީ ވީހާ އަވަހަކަށް ގުޅިފަޅު ނިންމުން: މުއްތަލިބް
ތުޅާދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ފަށައިފި
ގުޅިފަޅު ހިއްކުމުގެ މަސައްކަތް ރަސްމީކޮށް މިއަދު ފަށަނީ
ނިލަންދު އާއި ބިލެއްދޫގެ ބަނދަރު ހެދުން އެމްޓީސީސީއަށް