Roadha Mihaaru
ތުޅާދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ފަށައިފި

ތުޅާދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ފަށައިފި

29 އޯގަސްޓް 2023

ބ. ތުޅާދޫ އެއާޕޯޓް ހަދަން ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބ. ތުޅާދޫ އެއާޕޯޓް ހަދަން ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ޕްލޭނިން މިނިސްޓްރީން އެ މަސައްކަތް ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ މިދިޔަ ޖުލައި މަހު އެވެ.

ތުޅާދޫ އެއާޕޯޓް ހަދަން 44 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. އެ އެއާޕޯޓް ހަދަން ސަރުކާރުން ކުރިން ލަފާކޮށްފައިވަނީ 21.9 މިލިއަން ރުފިޔާ އެވެ. އަމިއްލަ ކުންފުނިތަކުން ފަންޑު ކުރާ ގޮތަށް، ރިސޯޓް ހަދާނެ ރަށެއް ލިބޭ އުސޫލުން އެއާޕޯޓް ހަދަން މިދިޔަ އަހަރުގެ ނޮވެމްބަރުގައި ހުޅުވާލި ރަށްތަކުގެ ތެރޭގައި ތުޅާދޫ ހިމެނެ އެވެ.

ބ.ތުޅާދޫ ބިން ހިއްކުމުގެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި އެ ދާއިރާގެ މަޖިލީސް މެންބަރު ހިސާން ހުސެއިން ވަނީ ބައިވެރިވެފައި-- ފޮޓޯ: ރައީސް އޮފީސް

ބ.ތުޅާދޫ ބިން ހިއްކުމުގެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި އެ ދާއިރާގެ މަޖިލީސް މެންބަރު ހިސާން ހުސެއިން ވަނީ ބައިވެރިވެފައި-- ފޮޓޯ: ރައީސް އޮފީސް

ޕްލޭނިން މިނިސްޓްރީން ޖުލައި މަހު ހަވާލުކުރީ ތުޅާދޫގެ އިތުރުން ށ. ބިލެތްފައްސާއި ތ. ވިލުފުށީގެ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށެވެ. އެ ތިން ރަށުގެ ބިން ހިއްކުމަށް 654 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

މި ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި އަމާޒަކީ ރާއްްޖޭގެ ކޮންމެ ރަށަކުން ވެސް 30 މިނިޓްގެ ތެރޭގައި ދަތުރުކުރެވޭ ހިސާބުގައި އެއާޕޯޓެއް އޮތުމެވެ.