މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭ ބްރިޖު އަޅަން ހަވާލުކުރާނީ އިންޑިއާގެ ކުންފުންޏަކާ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
05 މާޗް 2020
މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭ ބްރިޖު އަޅަން ހަވާލުކުރާނީ އިންޑިއާގެ ކުންފުންޏަކާ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
މި ސަރުކާރުން އެންމެ އިސްކަންދޭ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ އެ ބްރިޖު އަޅަން ފެށުމުގެ ކުރިން، މެރިން ޖިއޯ ފިޒިކަލް ސާވޭގެ މަސައްކަތް ބަޔަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، ބްރިޖް އަޅަނީ އިންޑިއާގެ ލޯނުގެ އެހީގައި ކަަމަށް ވާތީ، އެ ގައުމުގެ ސަރުކާރުގެ ކުންފުންޏެއް އެ މަސައްކަތުގައި ބައިވެރިކުރަން ޖެހޭ ކަމަށެވެ. ބްރިޖްގެ މަސައްކަތް ކުރާނެ ކުންފުންޏެއް ކަނޑައަޅަން ކުރިއަށް ގެންދާ ޕްރީ ކޮލިފިކޭޝަން އިންޑިއާގައި މިހާރު ވެސް ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ހަމަ މި ބްރިޖްގެ ޕްރީ ކޮލިފިކޭޝަން އިންޑިއާގައި ދާނެ. އިންޑިއާ ސަރުކާރުގެ އެހީގައި މި ބްރިޖް އެޅިގެން ދާނީ. އެހެންވީމާ އެ ބައިތައް އެބަދޭ،" ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އަކްރަމް ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވި ގޮތުގައި، ބްރިޖް އެޅުމުގެ މަސައްކަތަށް ބޭނުންވާ ފައިސާ ހޯދުމާ ބެހޭ ގޮތުން އިންޑިއާގެ ސަރުކާރާ އެކު ކުރަން ޖެހޭ މަޝްވަރާތައް މިހާރު ވެސް ވަނީ ފަށައިފަ އެވެ. އެކަމަކު، އެ މަޝްރޫއުގެ އަގު އަދި ނުނިމޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު" ން ކުރި ސުވާލަކާ ގުޅިގެން އަކްރަމް ވިދާޅުވީ، ސަރުކާރުތަކުން ދޭ ލޯނުތަކުން ކުރާ މަސައްކަތްތަކުގައި އެ ސަރުކާތަކުގެ ކުންފުނިތައް ބައިވެރިކުރަން ޖެހޭ ކަމަށެވެ.
"އެހެންވީމާ އެގޮތުން ޝޯޓްލިސްޓްކޮށް، ޓެންޑާ އުސޫލުން ޓެންޑާ ކުރާނީ ވެސް އެ ސަރުކާރުން،" އޭނާ ވިދާޅުވި އެވެ.
ނެދަލޭންޑްސްގެ ފުގްރޯ ނަމަކަށް ކިޔާ ކުންފުންޏާ ހަވާލުކުރީ ބްރިޖް އަޅާ ސަރަހައްދުގެ ކަނޑުގެ އަޑި އާއި އެއްގަމުގެ ބިންގަނޑު އޮތް ގޮތް ބެލުމަށްޓަކައި ޖިއޯ ފިޒިކަލް ސާވޭ ކުރުމަށެވެ. އެ ކުންފުންޏާ އެ މަސަައްކަތް ހަވާލުކުރީ 15 މިލިއަން ޑޮލަރުގެ އަގަކަށް، އަންނަ ޖުލައި ހަތަކަށް ސާވޭ ނިންމާ ގޮތަށެވެ. އެ ސާވޭ ފަށާނީ މި މަހުގެ 15ގަ އެވެ.
ސާވޭ ކުރުމަށްޓަކައި ފުގްރޯ ކުންފުނިން ކަނޑުގައި 25 ބޯހޯލް އަދި އެއްގަމުގައި 25 ބޯހޯލް ތޮރުފާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.
ސަރުކާރުން ކުރިން ބުނެފައި ވަނީ ތިލަފުށްޓާއި މާލެ ގުޅައިލާ ބްރިޖްގެ މަޝްރޫ އަށް 488 މިލިޔަން ޑޮލަރު ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އެ މަަޝްރޫ އަށް ޚަރަދު ކުރާނެ ބަޔަކު ހޯދަން މިދިޔަ އަހަރު ބޭއްވި ޕާޓްނަޝިޕް ފޯރަމަށް ވެސް ހުށަހެޅި އެވެ.
ބްރިޖު ނިންމާނެކަމުގެ 100 ޕަސެންޓް ޔަގީންކަން
ތިލަފުށި-މާލެ ބްރިޖްގެ އަގުބޮޑުކަމުން ކަންބޮޑުވޭ:ސައީދު
އެހީވަނީ ދެކޮޅުވެރިކުރުވާކަށް ނޫން: ޗައިނާ ސަފީރު
ރައީސް ކެބިނެޓާ އެކު ތިލަމާލެ ބްރިޖު ސައިޓަށް
ވިލިމާލެ ބްރިޖްގެ މަސައްކަތް މި އަހަރަކު ނުފެށޭނެ
ބްރިޖު މަޝްރޫއަށް އިންޑިއާއިން އެހީދިނުމަށް ސޮއިކޮށްފި
ތިލަ-މާލެ ބްރިޖު މަޝްރޫއަށް އާންމުންގެ ހިޔާލު ހޯދަނީ
ބޮސްކާލިސް، އިހުތިޔާރުކުރީ ނެދަލެންޑްސްގެ ލޯނެއް ނަގާތީ
ޑިސެމްބަރުގައި ބްރިޖުމަތިން ވިލިމާލެއަށް ދެވޭނެ
ވިލިމާލޭގެ ފަރަށް ގެއްލުން ލިބުނުތާ ތިން މަސް ވަނީ