09 ނޮވެމްބަރ 2020
މާލެ-ވިލިމާލެ އަދި ތިލަފުށްޓާއި ގުޅިފަޅު ގުޅުވައިލާ، "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" އަށް އިންޑިއާ އިން 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނުމުގެ އެމްއޯޔޫއެއްގައި ދެ ގައުމުން މިއަދު ސޮއިކޮށްފި އެވެ.
މާލެ-ވިލިމާލެ އަދި ތިލަފުށްޓާއި ގުޅިފަޅު ގުޅުވައިލާ، "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" އަށް އިންޑިއާ އިން 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނުމުގެ އެމްއޯޔޫއެއްގައި ދެ ގައުމުން މިއަދު ސޮއިކޮށްފި އެވެ.
މާލެ ސަރަހައްދު ގުޅުވައިލާ ބްރިޖުތައް އެޅުމުގެ ޕްރޮޖެކްޓަށް ހަރަދުކުރާ 500 މިލިއަން ޑޮލަރުގެ ތެރެއިން 100 މިލިއަން ޑޮލަރަކީ އިންޑިއާ އިން ދޭ ހިލޭ އެހީއެކެވެ. އަނެއް 400 މިލިއަން ޑޮލަރަކީ އެ ގައުމުން ރާއްޖެ އަަށް ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ "ލައިން އޮފް ކްރެޑިޓް ފެސިލިޓީ" އިން ހަރަދުކުރާ ފައިސާ އެވެ. "ލައިން އޮފް ކްރެޑިޓް ފެސިލިޓީ" އިން އެ ޕްރޮޖެކްޓަށް ދޫކުރާ 400 މިލިއަން ޑޮލަރުގެ އެއްބަސްވުމުގައި އިންޑިއާގެ އެގްޒިމް ބޭންކާއި ފިނޭންސް މިނިސްޓްރީން މިދިޔަ މަހު ވަނީ ސޮއިކޮށްފަ އެވެެ.
އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ އެގައުމުގެ ސަފީރު ސަންޖޭ ސުދިރު އެވެ.
ބްރިޖް މަޝްރޫ އަށް އިންޑިއާ އިން ދޭ ހިލޭ އެހީގެ އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން މިއަދު ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އިންޑިއާ އިން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ސަންޖޭ ސުދިރު އެވެ.
މާލެ-ވިލިމާލެ ބްރިޖްގެ ޕްރޮޖެކްޓަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިހާތަނަށް އިއުލާނު ކޮށްފައިވާ އެންމެ ބޮޑު ޕްރޮޖެކްޓެވެ. އިންޑިއާ ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި އެ ޕްރޮޖެކްޓްގެ މަސައްކަތް އަންނަ ޑިސެމްބަރު މަހު ފަށާ ނެ އެވެ.
ބްރިޖް އަޅަން ހިލޭ އެހީ ދިނުމުގެ އެމްއޯޔޫގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާ ސަފީރު ސަންޖޭ ސުދިރު ސޮއިކުރެއްވުމަށް ފަހު ޑޮކިއުމެންޓް ދައްކަވައިލައްވަނީ. ފޮޓޯ: ފޮރިން މިނިސްޓްރީ
ރާއްޖެ އާއި އިންޑިއާ އިން މިއަދު އެހެން ތިން އެމްއޯޔޫއެއްގައި ވެސް ސޮއިކުރި އެވެ. އެއީ ޒުވާނުންނާއި ކުޅިވަރުގެ ކަންތައްތަކުގައި އެއްބާރުލުން ދިނުމުގެ އެމްއޯޔޫއަކާއި ހދ. ހަނިމާދޫގައި ދަނޑުވެރިކަމާ ބެހޭ ރިސާޗް ސެންޓަރެއް އެޅުމާއި އައްޑޫ ހުޅުދޫގައި ޑްރަގް ޑިޓޮކްސިފިކޭޝަން ސެންޓަރެއް ހެދުމުގެ އެމްއޯޔޫ އެކެވެ.
ފޮރިން މިނިސްޓްރީން ބުނީ، ހަނިމާދޫގައި ރިސާޗް ސެންޓަރު އަޅަން 1.7 މިލިއަން ރުފިޔާ، ހުޅުދޫގައި ޑިޓޮކްސިފިކޭޝަން ސެންޓަރު ހަދަން ނުވަ މިލިއަން ރުފިޔާ އިންޑިއާ އިން ފޯރުކޮށްދޭން މިއަދު ސޮއިކުރި އެމްޔޫގައި އެއްބަސްވެފައިވާ ކަމަށެވެ.
ބްރިޖު ނިންމާނެކަމުގެ 100 ޕަސެންޓް ޔަގީންކަން
އަންނަ އަހަރު މެދުތެރޭގައި ބްރިޖުގެ މަސައްކަތް ފަށަނީ
އެހީވަނީ ދެކޮޅުވެރިކުރުވާކަށް ނޫން: ޗައިނާ ސަފީރު
މާލެ-ތިލަފުށި ބްރިޖް އަޅާނީ އިންޑިއާގެ ކުންފުންޏަކުން
ރައީސް ކެބިނެޓާ އެކު ތިލަމާލެ ބްރިޖު ސައިޓަށް
އަލިފާނުގެ ހާދިސާގައި އެފްކޮންސްގެ 74 މީހަކަށް އަނިޔާ
ފަރުމަތިން ކުނިތައް ނަގައިފިން: އެފްކޮންސް
ވިލިމާލެ ބްރިޖްގެ މަސައްކަތް މި އަހަރަކު ނުފެށޭނެ
ތިލަ-މާލެ ބްރިޖު މަޝްރޫއަށް އާންމުންގެ ހިޔާލު ހޯދަނީ
މާލޭ ސިޓީ ކައުންސިލަށް އިންޑިއާ އިން 16 ވެހިކަލް