ވިލިމާލެ ބްރިޖްގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މީހުން ތިބޭ ގުޅިފަޅުގެ އެކޮމޮޑޭޝަން ބްލޮކްގައި ރޭ ދަންވަރު އަލިފާން ރޯވި ހާދިސާގައި 70 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިގެން ފަރުވާ ހޯދަން ޖެހިއްޖެ އެވެ.
ވިލިމާލެ ބްރިޖްގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މީހުން ތިބޭ ގުޅިފަޅުގެ އެކޮމޮޑޭޝަން ބްލޮކްގައި ރޭ ދަންވަރު އަލިފާން ރޯވި ހާދިސާގައި 70 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިގެން ފަރުވާ ހޯދަން ޖެހިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ، މެންދަމު 12:30 ހާއިރު އަލިފާން ރޯވި ތަނުގައި 465 މީހުން ދިރިއުޅޭ ކަމަށެވެ.
"މި ހާދިސާގައި 13 މީހަކު އައިޖީއެމް ހޮސްޕިޓަލަށް އަދި 60 މީހުން ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންދެވިފައިވެ އެވެ،" އެމްއެންޑީއެފްގެ މީޑިއާ އިން ފޮނުވި މެސެެޖެއްގައި ވެ އެވެ.
ވިލިމާލޭ ބްރިޖްގެ މަސައްކަތްކުރާ އެފްކޮންސްގެ މުވައްޒަފުން ގުޅިފަޅުގައި ތިބޭ އެކޮމޮޑޭޝަން ބްލޮކްގައި ރޯވެފައި.
— Mihaaru (@Mihaarunews) December 16, 2022
ތަފްސީލް: https://t.co/wGAug3ysX6 pic.twitter.com/EYmcQLE43W
ފުލުހުން ފަހުން މީޑިއާގައި ބުނީ، ސީރިއަސް އަނިޔާވެގެން ހަ މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.
އަލިފާން ރޯވުމާ އެކު ސަލާމަތްވާން ވެގެން މަތިން ފުންމާލުމުން އަތްފައި ބިނދުމާއި ބޮޑެތި ޒަހަމްތައް ވުމާއި އެކި ވަރަށް ފިހިފައިވާ މީހުން ވެސް ޒަހަމްވި މީހުންގެ ތެރޭގައި ހިމެނެ އެވެ. އަދި ދުމުގެ އަސަރުކޮށްގެން ވެސް ބައެއް މީހުންނަށް ފަރުވާ ދޭން ޖެހުނެވެ.
އެފްކޮންސް އިން ބޭނުންކުރާ އެކޮމަޑޭޝަން ބްލޮކްގައި ރޯވެ އަނދަނީ.---ފޮޓޯ: އެމްވީކްރައިސިސް
އަލިފާން ރޯވެފައިވާ ތަން ހުރި ގޮތެއް އަދި ރޯވާން ދިމާވި ސަބަބެއް ވެސް ނޭނގެ އެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އަލިފާންގަނޑު ވަނީ ވަރަށް ބޮޑަށް ފެތުރިފަ އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މެންދަމު 12:31 ގައި ހާދިސާގެ ރިޕޯޓް ލިބުމާ އެކު ފަޔާމަނުން ގުޅިފަޅަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށި އެވެ. އަލިފާން ނިއްވާލެވުނީ އެމްއެންޑީއެފުން ބުނިގޮތުގައި މެންދަމު 1:52 ގަ އެވެ.
"އަލިފާނުގެ ހާދިސާގައި އެކޮމަޑޭޝަން ބްލޮކް ވަނީ އެއްކޮށް އަނދައި ހުލިވެފަ އެވެ،" އެމްއެންޑީއެފުން ބުންޏެވެ.
އެފްކޮންސް އިން ބޭނުންކުރާ އެކޮމަޑޭޝަން ބްލޮކްގައި ރޯވެ އަނދަނީ.---ފޮޓޯ: އެމްއެންޑީއެފް
އެފްކޮންސް އިން ބުނީ، އަލިފާން ރޯވުމާއެކު ރައްކާތެރި ހިސާބަށް މީހުން ގެންދިޔަ ކަމަށެވެ.
"އަލިފާން ރޯވި ސީދާ ސަބަބެއް ނޭނގޭ. އެކަން ތަހުގީގު ކުރަން މިހާރު ވަނީ ފަށާފައި،" އެ ކުންފުނީގެ ބަޔާނުގައި ވެ އެވެ.
އެފްކޮންސްގެ ގުޅިފަޅު ބްލޮކްގައި ރޭ ދަންވަރު ރޯވި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ކުރާއިރު، އެ ބްލޮކްގައި އުޅޭ އިންޑިއާގެ މީހުން ބޭރަށް ނުކުމެ: އެ އެކޮމަޑޭޝަން ބްލޮކްގައި 465 މީހުން އުޅުނު ކަމަށް އެމްއެންޑީއެފުން ބުނި.
މިދިޔަ މަހު 9 ވަނަ ދުވަހުގެ ރޭ މާލޭގައި ވެސް އިންޑިއާ މީހުން ގިނަ އަދަދަކަށް އުޅުނު ތަނެއްގައި ރޯވި އެވެ، މ. ނިރުފެހިގޭގެ ތިރީގައި ހަދާފައި ހުރި ގަރާޖެއްގައި ރޯވި އެ ހާދިސާގައި އެތަނުގެ މަތީގައި ހުރި އެކޮމޮޑޭޝަނެއްގައި ރޯވެ 10 މީހަކު މަރުވި އެވެ. އޭގެ ތެރޭގައި އިންޑިއާގެ އަށް މީހަކާއި ބަންގްލާދޭޝް ދެ މީހަކު ހިމެނެ އެވެ.
އަލިފާނުގެ ހާދިސާ ގެއްލުނު މީހާގެ ވަނަރު އާންމެއްނުކުރި
އަލިފާނުގެ ހާދިސާގެ ތަގުގީގަށް އިންޑިއާގެ ޓީމެއް
ހާލުގައި ޖެހުނުމީހުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދީފި
މަރުވި މީހުންގެ ތެރޭގައި އިންޑިއާގެ ހަތް މީހެއް
ކުއްލި ހާލަތުގައި ދެން ގުޅަން ޖެހޭނީ 911 އަށް
ދަތުރު ކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ
މާލޭގައި އަނެއްކާވެސް ސައިކަލްތަކެއްގައި ރޯކޮށްލައިފި
ފެނުން މައްޗަށް ނޭރިއަސް ބްރިޖަށް 2.8ބިލިއަން ރުފިޔާ
ރައީސް ކެބިނެޓާ އެކު ތިލަމާލެ ބްރިޖު ސައިޓަށް
އެފްކޮންސްގެ ޖޫރިމަނާ މުރާޖައާ ކުރާތާ އަހަރެއް ވަނީ