22 އޮކްޓޯބަރ 2023
ތިލަމާލެ ބްރިޖު ހެދުމުގެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ 69 މިލިއަން ރުފިޔާގެ ބޮޑު ޖޫރިމަނާ، ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާގެ އަރިހަށް އިސްތިއުނާފަށް ހުށަހެޅުމުން، އެ ޖޫރިމަނާ މުރާޖައާ ކުރަމުން ދާތާ އަހަރެއްހާ ދުވަސް ވާން ކައިރި ވެއްޖެ އެވެ.
ތިލަމާލެ ބްރިޖު ހެދުމުގެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ 69 މިލިއަން ރުފިޔާގެ ބޮޑު ޖޫރިމަނާ، ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާގެ އަރިހަށް އިސްތިއުނާފަށް ހުށަހެޅުމުން، އެ ޖޫރިމަނާ މުރާޖައާ ކުރަމުން ދާތާ އަހަރެއްހާ ދުވަސް ވާން ކައިރި ވެއްޖެ އެވެ.
އެ ޖޫރިމަނާ މުރާޖައާ ކުރުމުގެ މަސައްކަތް އޮތް ހިސާބެއް ބެލުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "މިހާރު" އިން ހުށަހެޅި އާރުޓީއައި ފޯމުގެ ޖަވާބުގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިއަދު ބުނީ އެފްކޮންސްގެ ޖޫރިމަނާ މިނިސްޓަރު އިސްތިއުނާފަށް ހުށަހެޅުމާ ގުޅިގެން، މިނިސްޓަރު އަދިވެސް އެ ޖޫރިމަނާ ރިވިއު ކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓަރު ޝައުނާ: އިންޑިއާގެ އެފްކޮންސްގެ ޖޫރިމަނާ ސަރުކާރަށް ނެގުމާ ގުޅޭ ގޮތުން ގޮތެއް ނުނިންމަވާ ހުންނަވާތާ އަހަރަކާ މިހާރު ކައިރިވަނީ.--- ފޮޓޯ: ނިޝާން އަލީ/މިހާރު
އޭގެ އިތުރުން އެއްވެސް ތަފުސީލެއް މިނިސްޓްރީން ނުދެ އެވެ.
އެފްކޮންސް 69 މިލިއަން ރުފިޔާ އިން ޖޫރިނަމާ ކުރަން އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނިންމީ ތިލަމާލެ ބްރިޖު ހެދުމަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް މިދިޔަ އަހަރުގެ އޮގަސްޓް 16 ގައި އެރުމާ ގުޅިގެންނެވެ.
އެ ހާދިސާގައި ވިލިމާލޭގެ ފަރަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަން އީޕީއޭ އިން ހެދި ސާވޭ އިން އެނގުނެވެ.
ޕްލެޓްފޯމް އުރުމާ ގުޅިގެން ވިލިމާލެ ފަރަށް ލިބިފައި ހުރި ގެއްލުން
އެ ސާވޭ އަށް ފަހު އީޕީއޭ އިން ވަނީ އެފްކޮންސް 69.4 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރީ އެވެ. ނަމަވެސް، އެ ކުންފުނިން ވަނީ މިނިސްޓަރަށް ސިޓީ ހުށަހަޅައި، މިދިޔަ އަހަރު ޑިސެމްބަރުގައި އެ ޖޫރިމަނާ އިސްތިއުނާފު ކޮށްފަ އެވެ.
މިދިޔަ އެޕްރީލް މަހު މިނިސްޓަރު ޝައުނާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް، އެ ޖޫރިމަނާއާ ގުޅޭ ގޮތުން ވެސް ސުވާލުކޮށްފައިވެ އެވެ.
އެ ދުވަހު މިނިސްޓަރު ވިދާޅުވީ އެފްކޮންސް ކުންފުނިން ޖޫރިމަނާ އިސްތިއުނާފުކޮށްފައި ވިޔަސް ޖޫރިމަނާ މާފުކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
މިނިސްޓަރު އޭރު މަޖިލީހުގައި ވެސް ވިދާޅުވި ގޮތުގައި، އެފްކޮންސް ޖޫރިމަނާ ކުރި މައްސަލައިގެ ލީގަލް ރިވިއުއެއް ހަދަން ނިންމައި އެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އޭގެ ފަހުން ވެސް މިހާރު ހަ މަސް ދުވަސް ވަނީ އެވެ.
އިންޑިއާގެ އެހެން ކުންފުންޏެއް ކަމަށްވާ އެމްއެމް އެކްސްޕޯޓްގެ ބާޖެއް 2015 ގައި ކ. ފުށިދިއްގަރު ފަރަށް އެރި މައްސަލާގައި މި ސަރުކާރުން ވަނީ 100 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދަކުން އެ ކުންފުނި ވެސް ޖޫރިމަނާ ކޮށްފަ އެވެ. އެކަމަކު، އެ މައްސަލައިގެ އިސްތިއުނާފު މަރުހަލާ ނިމުމަށް ފަހު ވެސް، އެ ކުންފުނިން ވަނީ ޖޫރިމަނާގެ ފައިސާ ދައްކަން ދެކޮޅު ހަދައިފަ އެވެ.
އެމްއެމް އެކްސްޕޯޓަށް ދައުވާ ކޮށްދޭން އެދި އީޕީއޭ އިން އެޓާނީ ޖެނަރަލް އޮފީހަށް ފޮނުވި މައްސަލާގައި ވެސް މިހާތަނަށް އެއްވެސް ފިޔަވަޅެއް ނާޅަ އެވެ.
ވިލިމާލެ ފަރު ފޫއަޅުވައިލިތާ 8 މަސް: އަޅައެއް ނުލި!
ވިލިމާލެ ފަރަށް ގެއްލުންވި މައްސަލަ އިސްތިއުނާފުކޮށްފި
ތިމާވެށީގެ ޖޫރިމަނާ އަބަދު ގަލުއަޅާފައި!
"އެފްކޮންސްގެ ޖޫރިމަނާ މާފު ކުރުމުގެ ވިސްނުމެއް ނެތް"
ޖޫރިމަނާ ދައްކަން އެފްކޮންސް އަށް ދިނީ އެއް މަސް
އެފްކޮންސް 69 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރަނީ!
ވިލިމާލޭގެ ފަރަށް ގެއްލުން ލިބުނުތާ ތިން މަސް ވަނީ
އެފްކޮންސްގެ ޖޫރިމަނާ ނުދެއްކުމުން އީޕީއޭ އިން ކޯޓަށް
ފެނުން މައްޗަށް ނޭރިއަސް ބްރިޖަށް 2.8ބިލިއަން ރުފިޔާ
އެފްކޮންސްގެ ބޮޑު ޖޫރިމަނާ މާފުކޮށްނުދޭން ނިންމައިފި