15 ނޮވެމްބަރ 2022
މާލެ-ވިލިމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރި މައްސަލާގައި ލިބުނު ގެއްލުންތަކާ ގުޅިގެން، އެ ބްރިޖު ހަދާ އިންޑިއާގެ ކުންފުނި 69 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރަން އެންވަޔަރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނިންމައިފި އެވެ. ނަމަވެސް އެފްކޮންސް ކުންފުންޏަށް އަދި އެ ކަން ނާންގާ ކަމަށް ވެ އެވެ.

ބްރިޖުގެ ޖިއޯ ޓެކްނިކަލް ސާވޭ އަށް ބޭނުން ކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރީ މިދިޔަ އޮގަސްޓު މަހުގެ 16 ގަ އެވެ. ނަމަވެސް އެފްކޮންސް ކުންފުންޏަށް އެ ޕްލެޓްފޯމް ފުން ކުރެވުނީ އޭގެ 12 ދުވަސް ފަހުންނެވެ.
އޭގެ ސަބަބުން ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބި 10 ވަރަކަށް ފޫޓު ފުން ބޮޑެތި ވަޅުގަނޑުތަކެއް ވަނީ ހެދިފަ އެވެ.
"މިހާރު" އަށް ކަށަވަރު ވެފައިވާ ގޮތުގައި އެ ކުންފުނި 69 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރަން ވަނީ ނިންމައިފަ އެވެ.
އީޕީއޭގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމް "މިހާރު" އަށް މިއަދު ވިދާޅުވީ އެ މައްސަލާގައި އިޖުރާއަތްތައް ފުރިހަމަ ކުރުމަށް ފަހު ބަޔާނެ ނެރޭނެ ކަމަށެވެ.
ވިލިމާލެ ފަރުގެ ސާވޭއެއް ހެދުމަށް ފަހު އީޕީއޭ އިން އެންމެ ފުރަތަމަ ފޮނުވި ރިޕޯޓް އެފްކޯންސް އިން ގަބޫލެއް ނުކުރި އެވެ. އެހެންކަމުން އީޕީއޭ އިން ވަނީ އެފްކޯންސް އިން ވެސް ސާވޭއެއް ހަދަން ފުރުސަތު ދީފަ އެވެ.
ހާދިސާ ހިނގިތާ ގާތްގަނޑަކަށް ތިން މަސް ފަހުން ޖޫރިމަނާ ކުރި އިރު ތިމާވެއްޓާ ބެހޭ ޖަމިއްޔާތަކުން ވަނީ އެ މައްސަލާގައި ފިޔަވަޅު އެޅުން ލަސްވެފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ވިލިމާލެ ފަރު ފޫއަޅުވައިލިތާ 8 މަސް: އަޅައެއް ނުލި!
ވިލިމާލެ ފަރަށް ގެއްލުންވި މައްސަލަ އިސްތިއުނާފުކޮށްފި
ފަރަށް ލިބުނު ގެއްލުން އެފްކޮންސްއިން ގަބޫލެއް ނުކުރި
އެފްކޮންސްގެ ޖޫރިމަނާ މުރާޖައާ ކުރާތާ އަހަރެއް ވަނީ
ބާޖު ފަރަކަށް ނާރާ، ނަގިލި ކަހާލީ: އެފްކޮންސް
"އެފްކޮންސްގެ ޖޫރިމަނާ މާފު ކުރުމުގެ ވިސްނުމެއް ނެތް"
ޖޫރިމަނާ ދައްކަން އެފްކޮންސް އަށް ދިނީ އެއް މަސް
ވިލިމާލޭގެ ފަރަށް ގެއްލުން ލިބުނުތާ ތިން މަސް ވަނީ
ފަރުމަތިން ކުނިތައް ނަގައިފިން: އެފްކޮންސް
އެފްކޮންސްގެ ޖޫރިމަނާ ނުދެއްކުމުން އީޕީއޭ އިން ކޯޓަށް