Roadha Mihaaru
ހާލުގައި ޖެހުނުމީހުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދީފި

އަލިފާނުގައި ހާލުގައި ޖެހުނު މީހުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދީފި

16 ޑިސެމްބަރ 2022

ތިލަ-މާލެ ބްރިޖުގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މީހުން ގުޅިފަޅުގައި ތިބޭ އެކޮމޮޑޭޝަން ބްލޮކުގައި ރޭ ދަންވަރު ވަރަށް ބޮޑަށް ރޯވެ، ލިބުނު ގެއްލުމާ ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އެ ކުންފުނިން ބޯހިޔާވަހިކަން ހަމަޖައްސައިދީފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ތިލަ-މާލެ ބްރިޖުގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މީހުން ގުޅިފަޅުގައި ތިބޭ އެކޮމޮޑޭޝަން ބްލޮކުގައި ރޭ ދަންވަރު ވަރަށް ބޮޑަށް ރޯވެ، ލިބުނު ގެއްލުމާ ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އެ ކުންފުނިން ބޯހިޔާވަހިކަން ހަމަޖައްސައިދީފި އެވެ.

ރޭ މެންދަމު 12:30 ހާއިރު އަލިފާން ރޯވި އެ އެކޮމޮޑޭޝަން ބްލޮކްގައި 465 މީހުން ދިރިއުޅެ އެވެ. އޭގެ ތެރެއިން 70 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިގެން ފަރުވާ ދޭން ޖެހުނެވެ.

އެފްކޮން ކުންފުނިން މިއަދު ބުނީ ހުޅުމާލެ އާއި ގުޅިފަޅުގައި އެ ކޮންޓްރެކްޓަރުގެ އިތުރު އެކޮމޮޑޭޝަންތަކެއް އެބަހުރި ކަމަށެވެ. އެހެންވެ، އެ ތަންތަނުން އެ މީހުންނަށް އެކޮމަޑޭޝަން ހަމަޖައްސަމުން އަންނައިރު އެޗްޑީސީގެ އެހީގައި ގުޅިފަޅުން ވެސް އިތުރު ތަނެއް ހަމަޖައްސާފައިވާ ކަމަށް އެފްކޮން ކުންފުނިން ބުންޏެވެ.

އަލިފާނުގެ އެ ހާދިސާގައި އަނިޔާވި 13 މީހަކަށް އައިޖީއެމްއެޗުގައި އަދި 60 އަށް ވުރެ ގިނަ މީހުންނަށް ޓްރީޓޮޕް ހޮސްޕިޓަލުން ފަރުވާދިނެވެ. ޓްރީޓޮޕުން ބުނި ގޮތުގައި އެ ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރޭގައި ގިނައީ އަތްފައި ބިނދިފައިވާ މީހުންނެވެ. އޭގެ ތެރެއިން ތިން މީހެއްގެ ބޮލަށް އަނިޔާވެގެން ފަރުވާދޭން ޖެހުނެވެ. އަދި އެކަކު އޮތީ އައިސީޔޫގަ އެވެ.

އެފްކޮންސްގެ ގުޅިފަޅުގެ އެކޮމަޑޭޝަން ބްލޮކްގައި ރޭ ދަންވަރު ރޯވެ އަނދަނީ.---ފޮޓޯ: އެމްއެންޑީއެފް

އެފްކޮންސްގެ ގުޅިފަޅުގެ އެކޮމަޑޭޝަން ބްލޮކްގައި ރޭ ދަންވަރު ރޯވެ އަނދަނީ.---ފޮޓޯ: އެމްއެންޑީއެފް

އެމްޓީސީސީން ކުރިން ގުޅިފަޅުގައި ބޭނުންކުރި އެކޮމަޑޭޝަން ބްލޮކްގައި އަލިފާން ރޯވާން ދިމާވި ގޮތެއް އަދި ނޭނގެ އެވެ. އެމްއެންޑިއެފްގެ ފަޔާމަނުން އެތަނަށް ގޮސް ކުރި މަސައްކަތުން ގަޑިއެއްހާއިރުގެ ތެރޭގައި އަލިފާންގަނޑު ކޮންޓްރޯލްކުރި ނަމަވެސް އޭރު މުޅި އެކޮމޮޑޭޝަން ބްލޮކް އަނދައި ހުލިވެފައިވާ ކަމަށް އެމްއެމްޑީއެފުން ބުނެ އެވެ.