Roadha Mihaaru
އެފްކޮންސްގެ އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެއްޖެ

ގުޅިފަޅުގައި ހުންނަ އެފްކޮންސްގެ އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެއްޖެ

16 ޑިސެމްބަރ 2022

ވިލިމާލެ ބްރިޖު ހަދާ އިންޑިއާގެ އެފްކޮންސް ކުންފުނިން ގުޅިފަޅުގައި ބޭނުންކުރާ އެކޮމަޑޭޝަން ބްލޮކެއްގައި މިރޭ ރޯވެއްޖެ އެވެ.

ވިލިމާލެ ބްރިޖު ހަދާ އިންޑިއާގެ އެފްކޮންސް ކުންފުނިން ގުޅިފަޅުގައި ބޭނުންކުރާ އެކޮމަޑޭޝަން ބްލޮކެއްގައި މިރޭ ރޯވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ، އެ އަލިފާނުގެ ހާދިސާގެ މައުލޫމާތު ލިބުނީ މިރޭގެ 12:31 ގައި ކަމަށެވެ. ފަޔާ އެންޑް ރެސްކިއު ސާވިސް އިން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށް ސިފައިން ބުންޏެވެ.

މިހާތަނަށް ފެންނަ ފޮޓޯތަކުން އެނގޭ ގޮތުގައި އެކޮމަޑޭޝަން ބްލޮކްގައި ވަނީ ވަރަށް ބޮޑަށް ރޯވެފަ އެވެ. މަންޒަރު ދުށް މީހަކު ބުނީ، އެކޮމަޑޭޝަން ބްލޮކް ވަނީ އިތުރަށް ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށެވެ.

އެ ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް އަދި ނުލިބެ އެވެ. އަލިފާން ރޯވިއިރު، އެ ތަނުގައި ބަޔަކު ތިބި ކަމެއް އަދި ބަޔަކަށް އަނިޔާވި ކަމެއް އަދި ނޭނގެ އެވެ.

އެފްކޮންސްގެ މަސައްކަތު މީހުން ގުޅިފަޅުގައި ތިބެނީ އެމްޓީސީސީން ކުރިން ބޭނުންކުރި ތަނެއްގައި ކަމަށް ވެ އެވެ.