22 ޑިސެމްބަރ 2022
އެފްކޮންސް ކުންފުނީގެ ގުޅިފަޅު އެކޮމޮޑޭޝަން ބްލޮކްގައި މިދިޔަ ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާ އަށް ފަހު އެ ސަރަހައްދުން ދެ ދުވަހެއްގެ މަތިން ފެނުނު ކަށިތަކަކީ އެކެއްގެ ހަށިގަނޑުގެ ބައިތަކެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އެފްކޮންސް ކުންފުނީގެ ގުޅިފަޅު އެކޮމޮޑޭޝަން ބްލޮކްގައި މިދިޔަ ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާ އަށް ފަހު އެ ސަރަހައްދުން ދެ ދުވަހެއްގެ މަތިން ފެނުނު ކަށިތަކަކީ އެކެއްގެ ހަށިގަނޑުގެ ބައިތަކެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރާ 457 މުވައްޒަަފުން އުޅޭ އެކޮމޮޑޭޝަން ބްލޮކްގައި ހިނގި އަލިފާނުގެ ހާދިސާ އަށް ފަހު އެއް މުއައްޒަފަކު ގެއްލިފައިވާ ކަމަށް އެފްކޮންސް އިން ބުންޏެވެ.
އޭގެ ފަހުން އެ ސަރަހައްދުން އިންސާނެއްގެ ކަށިތަކެއް ފެނުމާ ގުޅިގެން ފުލުހުން ވަނީ އޭގެ ތަހުލީލު ހެދުމުގެ މަސައްކަތް ފަށައިފަ އެވެ. ރޯވި ސަރަހައްދު ސާފު ކުރަމުން ދަނިކޮށް އޭގެ ފަހުން އަނެއްކާވެސް އިތުރު ކަށިތަކެއް ވަނީ ފެނިފަ އެވެ.
އެކަމާ ބެހޭ ގޮތުން "މިހާރު"ން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގުޅިފަޅު ސަރަހައްދުން ފެނުނު ކަށިތަކާ ގުޅޭ ގޮތުން ވަކި އެއްޗެއް ވިދާޅުވެވޭނީ ތަހުލީލު ކުރުމަށް ފަހުގައި ކަމަށެވެ.
ނަމަވެސް ދެ ފަހަރަށް ވެސް ކަށިތައް ފެނުނު ސަރަހައްދަށް ބަލާއިރު އާއި އިތުރު މީހަކު ގެއްލިފައި ނުވާތީ ބޮޑަށް ބެލެވެނީ އެއީ އެކެއްގެ ހަށިގަނޑުގެ ބައިތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ގުޅިފަޅުގައި ހިނގި އަލިފާނުގެ ހާދިސާގައި އެކަކު ފިޔަވައި އެންމެން ވެސް ސަލާމަތްވިކަން ކަށަވަރުވި ނަމަވެސް، ގިނަ ބަޔަކަށް ވަނީ އެކި ވަރުގެ އަނިޔާވެފަ އެވެ.
މީގެ ދުވަސްތަކެއް ކުރިން މާލޭގައި ވެސް ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި މާލޭގައި ދިރިއުޅޭ އިންޑިއާގެ 10 ރައްޔިތެއް ވަނީ މަރުވެފަ އެވެ.
އަލިފާނުގެ ހާދިސާގައި އެފްކޮންސްގެ 74 މީހަކަށް އަނިޔާ
ގުޅިފަޅުން ފެނުނީ އަލިފާނުގައި ގެއްލުނުމީހާގެ ހަށިގަނޑު
ގުޅިފަޅުން އަނެއްކާވެސް އިންސާނެއްގެ ކަށިތަކެއް ފެނިއްޖެ
އަލިފާނުގެ ހާދިސާ ގެއްލުނު މީހާގެ ވަނަރު އާންމެއްނުކުރި
ހާލުގައި ޖެހުނުމީހުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދީފި
އެފްކޮންސްގެ އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެއްޖެ
ޒަހަމްތަކަކާއެކު މަރުވެފައި އޮތް ބިދޭސީއެއް ފެނިއްޖެ
ދަތުރު ކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ
މާލޭގައި އަނެއްކާވެސް ސައިކަލްތަކެއްގައި ރޯކޮށްލައިފި
ސައިކަލްތައް ރޯކޮށްލި މީހާ ހައްޔަރުކޮށް ބަންދު ޖަހައިފި