Roadha Mihaaru
ގުޅިފަޅުން ފެނުނީ އަލިފާނުގައި ގެއްލުނުމީހާގެ ހަށިގަނޑު

ގުޅިފަޅުން ފެނުނީ އަލިފާނުގައި ގެއްލުނު މީހާގެ ހަށިގަނޑު: ފުލުހުން

23 ފެބުރުއަރީ 2023

ގުޅިފަޅުގައި ހުރި އިންޑިއާގެ އެފްކޮންސްގެ އެކޮމޮޑޭޝަން ބްލޮކްގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު ފެނުނު އިންސާނެއްގެ ހަށިގަނޑުގެ ބައިތަކަކީ އެ ހާދިސާގައި ގެއްލުނު އިންޑިއާ މީހާގެ ހަށިގަނޑުކަން ކަށަވަރު ކުރެވިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގުޅިފަޅުގައި ހުރި އިންޑިއާގެ އެފްކޮންސްގެ އެކޮމޮޑޭޝަން ބްލޮކްގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު ފެނުނު އިންސާނެއްގެ ހަށިގަނޑުގެ ބައިތަކަކީ އެ ހާދިސާގައި ގެއްލުނު އިންޑިއާ މީހާގެ ހަށިގަނޑުކަން ކަށަވަރު ކުރެވިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ތިލަމާލެ ބްރިޖްގެ މަސައްކަތްކުރާ އެފްކޮންސް ކުންފުނީގެ މުވައްޒަފުން ބައިތިއްބާ ބްލޮކްގައި މިދިޔަ ޑިސެމްބަރު މަހު ހިނގި އަލިފާނުގެ ހާދިސާގައި، އެތަނުގައި މަސައްކަތްކުރި އިންޑިއާގެ އެކަކު ވަނީ ގެއްލިފަ އެވެ. އޭގެފަހުން އިންސާނެއްގެ ކަށިތަކެއް އެތަނުން ފެނުމުން އެ ކަށިތައް ތަހުލީލުކުރީ އެވެ.

ފުލުހުން ބުނީ އެ ކަށިތަކަކީ ގެއްލުނު އިންޑިއާ މީހާގެ ކަށިތައްކަން މިހާރު ކަށަވަރު ކުރެވިފައިވާ ކަމަށެވެ. އަދި އެ މީހާގެ ހަށިގަނޑު އާއިލާއާ ހަވާލުކުރަން އިންޑިއާއަށް މި ހަފުތާގައި ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިދިޔަ އަހަރު މާލޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާއެއްގައި ވެސް ގިނަ އަދަދެއްގެ ބިދޭސީން ވަނީ ފިހިގެން މަރުވެފަ އެވެ.