10 ނޮވެމްބަރ 2020
އަންނަ އަހަރުގެ މެދު ތެރޭގައި ތިލަ-މާލެ ބްރިޖާއި ގުޅީފަޅު ޕޯޓުގެ މަޝްރޫގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރުގެ މެދު ތެރޭގައި ތިލަ-މާލެ ބްރިޖާއި ގުޅީފަޅު ޕޯޓުގެ މަޝްރޫގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.
މާލެ-ވިލިމާލެ ބްރިޖްގެ ޕްރޮޖެކްޓަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިހާތަނަށް އިއުލާނު ކޮށްފައިވާ އެންމެ ބޮޑު ޕްރޮޖެކްޓެވެ. މި މަޝްރޫ އަށް އެކްސްޕޯޓު އިމްޕޯޓު ބޭންކް އޮފް އިންޑިއާ (އެގްޒިމް ބޭންކް) އާ އެކު ވި ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގައި، 400 މިލިއަން ޑޮލަރުގެ ލޯނަކާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ވަނީ ދީފަ އެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ފައްޔާޒު ވިދާޅުވީ، ޕޯޓު ޕްރޮޖެކްޓުގެ ބީލަމަށް މިހާރު ހުޅުވާފައިވާ ކަމަށާއި އަންނަ ބުރާސްފަތި ދުވަހު ބީލަން ބަންދުކުރާނެ ކަމަށެވެ. ބްރިޖުގެ ބީލަން ވެސް މި މަހުގެ 26 ވަނަ ދުވަހު ބަންދުވާނެ ކަމަށާއި ދެ ކަންތައް ވެސް ކުރިއަށް ގެންދަނީ އެއްކޮށް ކަމަށް ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވިގޮތުގައި، މަޝްރޫއަށް ކޮލިފައިވާ ޕާޓީތައް ކުރިއަށް އޮތް އެއް މަސް ތެރޭގައި އެގްޒިމް ބޭންކުން ފޮނުވާނެ އެވެ. އެއާ އެކު، ވީ އެންމެ އަވަހަކަށް ރަސްމީ ޓެންޑާ އަނބުރާ އެކޮޅަށް ފޮނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަންނަ އަހަރު ކުރީ ކޮޅު ކޮންޓްރެކްޓަރުން ހަމަޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ޖެނުއަރީ މަސް ތެރޭގައި ނޫނީ ފެބްރުއަރީ މަސް ތެރޭގައި އަޅުގަނޑުމެންނަށް ކޮންޓްރެކްޓަރުން ލިބޭނެ. އޭގެ މާނަ އަކީ ޑިޒައިން ބިލްޑް ކަމަކަށް ވާތީވެ، މޭ/ ޖޫން ހިސާބުގަ މެޝިނަރީއާ އެއްކޮށް މަސައްކަތް ފެށޭނެއޭ،" ފައްޔާޒު ވިދާޅުވި އެވެ.
އަންނަ އަހަރުގެ މެދުތެރޭގައި ބްރިޖު މަޝްރޫގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއިރު، އެ އަހަރުގެ ބަޖެޓުގައި ވެސް އެންމެ ބޮޑު އަދަދެއް ހިމަނާފައިވަނީ އެ ކަމަށެވެ. އެގޮތުން ބަޖެޓުގައި ބްރިޖު މަޝްރޫއަށް 444.9 މިލިއަން ރުފިޔާ ހިމަނާފައި ވެއެވެ.
ތިލަ-މާލެ ބްރިޖް މަޝްރޫގެ މަޝްރޫއުގެ ކޮންސަލްޓަންސީ މަސައްކަތް ކުރަން ކަނޑައަޅާފައިވާ "އެމްއެސް އަރޫޕް" ހޮވާފައި ވަނީ ދިވެހި ސަރުކާރުންނެވެ. އަދި އެ ފާމުން ތައްޔާރު ކުރި ޕްރޮޖެކްޓުގެ ތަފުސީލީ ރިޕޯޓަށް ދެ ގައުމުގެ ސަރުކާރުގެ ފަންނީ އިދާރާ އިން މިހާރު ވަނީ ހުއްދަ ދީފަ އެވެ.
- ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރީން ވިއަޑެކްޓެއް ހެދުން. - ތިލަ ހިސާބުތަކުގަ އާއި އެއްގަމު ސަރަހައްދުތަކުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑެކްޓް ހެދުން. - ރަށްރަށުގައި 2.96 ކިލޮމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހެދުން. - ރަށްރަށުގެ މެދުގައިވާ ކަނޑުގައި 140 މީޓަރުގެ ތިން ނެވިގޭޝަން ބްރިޖެއް ހެދުން. - ވިލިމާލެ ލޭންޑް އިންޓަޗޭންޖް ސަރަހައްދުގައި ސިގްނަލައިޒްޑް ޖަންކްޝަން ހެދުން. - ގުޅިފަޅާއި ތިލަފުށީގައި ރައުންޑްއަބައުޓްތަކެއް ހެދުން. - ކޮންމެ ރަށެއްގެ ބްރިޖް ޖަންކްޝަން ކައިރި ބަސް ޓާމިނަލެއް ހެދުން. - ރޯޑް ލައިޓިން، ނެވިގޭޝަން ލައިޓިން، ދެކް ސެލް ލައިޓިން އަދު ސީސީޓީވީ ފަދަ އެހެން ތަކެތި ބޭނުން ކުރާނީ އިރުން އުފައްދާފައި ހުންނަ ހަކަތަ. - ލޭމްޕް ޕޯސްޓާއި ބްރިޖްގެ ޕަރަޕެޓްގައި ސޯލާ ޕެނަލްސް ހަރުކުރާނެ.
ތިލަފުއްޓާ ހަމައަށް ގުޅުވާ، އެ ބްރިޖާއި އެކު މާލެ ސަރަހައްދުގެ ޓްރެފިކަށް ލުޔެއް ލިބޭނެ ކަމަށް ބެލެވެ އެވެ. މިއާއެކު ގުޅީފަޅު ޕޯޓާއި ތިލަފުށި އިންޑަސްޓްރިއަލް ޒޯނު ވެސް އެއްގަމު ދަތުރުފަތުރުން ގުޅައިލާނެތީ، އިގްތިސާދަށް ގިނަ ކުރިއެރުންތަކެއް ލިބޭނެ ކަމަށް ބެލެވޭ ކަމަށް އިންޑިއާ ސަރުކާރުން ބުންޏެވެ.
ބްރިޖު ނިންމާނެކަމުގެ 100 ޕަސެންޓް ޔަގީންކަން
ބްރިޖު މަޝްރޫއަށް އިންޑިއާއިން އެހީދިނުމަށް ސޮއިކޮށްފި
އެހީވަނީ ދެކޮޅުވެރިކުރުވާކަށް ނޫން: ޗައިނާ ސަފީރު
އަލިފާނުގެ ހާދިސާގައި އެފްކޮންސްގެ 74 މީހަކަށް އަނިޔާ
ފަރުމަތިން ކުނިތައް ނަގައިފިން: އެފްކޮންސް
"އިންޑިއާ އައުޓްއާ ހެދި އިތުރު އެހީތައް ނުލިބިދާނެ"
އިންޑިއާގެ ލޯނުތައް މާ ލުއިވާނެ: ފައްޔާޒު
މާލެ-ތިލަފުށި ބްރިޖް އަޅާނީ އިންޑިއާގެ ކުންފުންޏަކުން
މުވައްޒަފުން ތަމްރީނު ކުރަން އިންޑިޔާއާ އެކު ސޮއިކޮށްފި
އިންޑިއާގެ ޔޫޕީއައި ރާއްޖެއަށް ތައާރަފުކުރަނީ