18 ޖޫން 2019
ސަރުކާރުގެ މުވައްޒަފުންގެ ތަމްރީނުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމަށް އިންޑިއާއާ އެކު ރާއްޖެ އިން މިއަދު ސޮއިކޮށްފި އެވެ.
ސަރުކާރުގެ މުވައްޒަފުންގެ ތަމްރީނުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމަށް އިންޑިއާއާ އެކު ރާއްޖެ އިން މިއަދު ސޮއިކޮށްފި އެވެ.
ކުރުނބާ މޯލްޑިވްސް ގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ނޭޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މަނީޝް ކުމާރެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ނަތީޖާ އަކީ ފަޔާޒް ވިދާޅުވި ގޮތުގައި، ދިވެހި ޒުވާނުންނަށް ބޭނުންވާ ހުނަރުތައް ދެނެގަނެ، އެކަމަށް މަސައްކަތް ކުރުމަށް މަގު ފަހިވުމެވެ. މި ކަމުގައި އިންޑިއާ ސަރުކާރުގެ ފަންނީ އެހީ އާއި ތަޖުރިބާކާރުންގެ ހިޔާލާއި އެހީތެރިކަން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ، ދިވެހިންނަށް ބޭނުންވާ ފުރުސަތުތަކާ އެކު ބިދޭސީ މަސައްކަތްތެރިންގެ މައްސަލަތައް ވެސް ހައްލު ކުރަމުންދާނެ ކަމަށެވެ
"ވަރަށް ޒަމާން ވަންދެން ގޯސްކޮށް އޮތް ކަމެއް ވީމާ ވަގުތު ނަގައިގެން ހައްލުތައް މިދަނީ ބަލަމުން. އަޅުގަނޑުމެން ބޮޑު ޕްރޮގްރާމެއް ރާވަމުން ދަނީ. ދިވެހިރާއްޖޭގެ އިގްތިސާދު ކުރި އެރުވުމަށް ބޭނުންވޭ ވަރަށް ގިނަ މީހުން ވެސް،" އޭނާ ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު މިއަދު މީޑިއާއާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
ފައްޔާޒު ވިދާޅުވީ، ދިވެހިންނަށް ބޭނުންވާ ވަޒީފާތައް ހޯދައި ދިނުމަށް މި ސަރުކާރުން މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ، ދިވެހިން ތަމްރީނު ކުރަން ބޭނުންވާ ދާއިރާތައް ދެނެގަތުމަށް އެސެސްމެންޓެއް މިހާރު ހަދާފައިވާ ކަމަށެވެ. ވަޒީފާ ނެތް ޒުވާނުން ރާއްޖޭގައި ނިސްބަތުން ގިނަ އިރު އެކަން ހައްލު ކުރުމަށް، އިންޑިއާ ސަރުކާރާ އެކު ސޮއިކުރި އެއްބަސްވުމުގެ ތެރެއިން އިސްކަންދޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ތަންކޮޅެއް ރަނގަޅު ވަޒީފާތަކަށް ދިވެހިން ނެރުމަށް. މިސާލަކަށް ޓޫރިޒަމް ސެކްޓަރުގައި ވެސް އާމްދަނީ ބޮޑެތި ތަންތަން ދިވެހިންނަށް ރިޕްލޭސް ކުރަން ބޭނުންވަނީ،" ފައްޔާޒް ވިދާޅުވި އެވެ.
ސަރުކާރުގެ މުވައްޒަފުން ތަމްރީނު ކުރުމަށް ބޭނުންވާ އެހީތެރިކަން އިންޑިއާ އިން ހޯދުމަށް އެއްބަސްވެފައިވާ އިރު، ސިވިލް ސާވިސް މުވައްޒަފުން ތަމްރީނު ކުރުމާ ގުޅޭ އެއްބަސްވުމެއްގައި ވެސް މީގެ ކުރިން ވަނީ ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައި ސޮއިކުރީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިދިޔަ ހަފުތާގައި ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
އިންޑިއާގެ ލޯނުތައް މާ ލުއިވާނެ: ފައްޔާޒު
ހައްގު އުންޏެއް ނުކުރަން، ހޯދީ ހައްލެއް: މިނިސްޓަރު
ރައީސްގެ ގަރާރާ ދެކޮޅުވި ޓީޗަރަކު ސަސްޕެންޑްކޮށްފި
ސިވިލް ސާވިސްގެ ވަގުތު އަށް ގަޑިއިރަށް ބަދަލުކުރަނީ
އަންނަ އަހަރު މެދުތެރޭގައި ބްރިޖުގެ މަސައްކަތް ފަށަނީ
އައްޑޫގެ ތަރައްގީއަށް އިންޑިއާއިން 200 މިލިއަން
ޔާމީންގެ ދަތުރުފަތުރުގެ ސިޔާސަތު ރަނގަޅު: ފައްޔާޒް
ފަހު 10ގައި ވަޒީފާއަށް ނުކުންނަ މީހުންނަށް އިނާޔަތެއް
އިންޑިއާސިފައިން ދޯނިތަކަށް އެރި ސަބަބު ހޯދަން އެދިއްޖެ
ރޯދަމަހުގެ ފަހު 10 ގައި ސަރުކާރު ބަންދު