18 ޖޫން 2019
ރާއްޖެ އަށް އިންޑިއާ އިން ދޭ ކްރެޑިޓު ލައިންގެ ތެރެއިން 200 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) އައްޑޫގެ އެކި ރަށްރަށުގެ މަގުތަކާއި ބަނދަރު ހެދުން ފަދަ މަޝްރޫއުތަކަށް ޚާއްސަ ކުރަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އަށް އިންޑިއާ އިން ދޭ ކްރެޑިޓު ލައިންގެ ތެރެއިން 200 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) އައްޑޫގެ އެކި ރަށްރަށުގެ މަގުތަކާއި ބަނދަރު ހެދުން ފަދަ މަޝްރޫއުތަކަށް ޚާއްސަ ކުރަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުން ގާތްގުޅުމެއް ބާއްވަމުން އަންނަ އިންޑިއާ އިން ރާއްޖެ އަށް 800 މިލިއަން ޑޮލަރުގެ ކްރެޑިޓު ލައިނެއް ވަނީ ކަނޑައަޅައިފަ އެވެ. އަދި އެ ފައިސާ ޚަރަދު ކުރާނެ މަޝްރޫއުތައް ދިވެހި ސަރުކާރުން މިހާރު ވަނީ ފާހަގަކޮށްފަ އެވެ.
ރާއްޖޭގެ ތަރައްގީ އަށް ބޭނުންވާ ކަންކަން ބައިނަލްއަގްވާމީ ފަރާތްތަކަށް އަންގައި ދިނުމަށް ބޭއްވި މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް ނިމުމާ ގުޅިގެން ކުރުނބާ މޯލްޑިވްސް ގައި އޮތް ނިއުސް ބްރީފިން ގައި ފިނޭންސް މިނިސްޓަރު ވިދާޅުވީ، އައްޑު އަކީ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރާއިރު އިތުރު މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
"އިންޑިއަން އެގްޒިމް ބޭންކުގެ ކްރެޑިޓް ލައިން ކަމުގައިވާ 800 މިލިއަން ޑޮލަރުގެ ތެރެއިން މި މަސައްކަތް ކުރަން ގަސްދު ކޮށްފައި ވަނީ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ބޮޑު ތާއީދެއް އޮންނަ އަދި މިދިޔަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވެސް ހުރިހާ ގޮނޑިއެއް އެމްޑީޕީން ކާމިޔާބު ކުރި އައްޑޫގެ ތަރައްގީއާ ގުޅޭ ގޮތުން އަމީރު ވިދާޅުވި އެވެ.
އިންޑިއާގެ ބޮޑުވަޒީރު މޯދީ މިދިޔަ ހަފުތާގައި ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ސަލާމް ކުރައްވަނީ: މި ސަރުކާރު ވެރިކަމަށް އައި ފަހުން ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައި.---ފޮޓޯ: ރައީސް އޮފީސް
އައްޑޫގެ ތަރައްގީ އަށް އިންޑިއާ އިން އެކަނި 200 މިލިއަން ޑޮލަރު ހޭދަކުރާ އިރު އެ ސިޓީގެ އެހެނިހެން ކަންކަމަށް ގާތްގަނޑަކަށް 414 މިލިއަން ޑޮލަރު (6.3 ބިލިއަން ރުފިޔާ) ޚަރަދު ކުރާނެ ކަމަށް މި ސަރުކާރުން ކުރިން ވަނީ އިއުލާން ކޮށްފަ އެވެ.
ރާއްޖޭގެ އާބާދީގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީގެ ތަރައްގީ އަށް ހިންގާ މަޝްރޫއުތަކުގެ ތެރޭގައި ކޮމާޝަލް އަދި އިންޑަސްޓްރިއަލް ބޭނުމަށް އިތުރު ސަރަހައްދެއް ހިއްކުމާއި ޓޫރިޒަމްގެ މަޝްރޫއުތަކަށް އައްޑޫގެ ހަތަރު ފަޅެއް (25 ހެކްޓަރު) ބިން ހިއްކުމާއި ރަނގަޅު ފެންވަރަށް މަގުތައް ހެދުމާއި ހިތަދޫ ރީޖަނަލް ޕޯޓުގެ ޖާގަ އިތުރު ކުރުން ހިމެނެ އެވެ.
މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް ނިންމުމާ ގުޅިގެން، މިއަދު ބޭއްވި ނިއުސް ބްރީފިން ގައި ފޮރިން މިނިސްޓަރު ޝާހިދު (ކ) ވާހަކަ ދައްކަވާއިރު ފިނޭންސް މިނިސްޓަރު އަމީރު އަރިހުގައި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
އަދި އިތުރު ހައުސިން ޔުނިޓު އިމާރާތް ކުރުމާއި ހިތަދޫގައި މަސް ޕްރޮސެސް ކުރާނެ ފެކްޓަރީއަކާއި ޔޫތު ސެންޓަރަކާއި ރީހެބިލިޓޭޝަން ސެންޓަރަކާއި އިސްލާމިކް ސެންޓަރެއް ތަރައްގީ ކުރުމަށް ހަމަޖެހިފައިވެ އެވެ. އައްޑޫ ގަމުގައި ކޮންވެންޝަން ސެންޓަރެއް ތަރައްގީ ކުރުމާއި ސަރުކާރު އޮފީސް އިމާރާތެއް އެޅުމާއި ނޭޗާ ޕާކެއްގެ އިތުރުން ކްލައިމެޓް ރީސާޗް ފެސިލިޓީއެއް ގާއިމް ކުރުމަށް ޕްލޭން ކޮށްފައިވެ އެވެ.
އަމީރު ވިދާޅުވި ގޮތުގައި، މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމަށް ސަރުކާރުން ހުށަހެޅި ބައެއް ޕްރޮޖެކްޓުތައް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ. އެގޮތުން، ފެނާއި ނަރުދަމާ އާއި މަގު ހެދުމުގެ މަސައްކަތްތައް މިހާރު ވެސް ބީލަމުގެ ތެރެއިން މީހުންނާ ހަވާލު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިންޑިއާގެ އެހީން އިގްތިސާދު 15 ބިލިއަނަށް އަރާނެ"
ހިތަދޫގެ މަގުތައް ހަދަން ފެށީ ހިންދޫންގެ އަޅުކަމަކުން!
އިންޑިއާގެ ދަރަނިން މި އަހަރު އާ މަޝްރޫއެއް ނުހިންގާނެ
އައްޑޫގެ ޕްރޮޖެކްޓުވެސް ވަގުތަށް ނިމޭނެ: އެފްކޮންސް
ކޮންސިއުލޭޓް ގުޅެނީ އައްޑޫގެ ތަރައްގީއާ: މޭޔަރު
ވެކްސިން ގަންނަން ސީރަމް އިންސްޓިޓިއުޓާއެކު ސޮއިކުރަނީ
ކަރެންސީ ސްވޮޕް ބޭނުން ކުރަން ނުވިސްނަން: އަމީރު
ސަރުކާރުން ހުށަހެޅި 70 މަޝްރޫއު ބަލައިގަތް: އަމީރު
ބަޖެޓު ސަޕޯޓަށް އިންޑިއާއިން 50 މިލިއަން ޑޮލަރު ދީފި
ހަންކެޑެ ބްރިޖު ނިންމައި ސަރުކާރާ ހަވާލުކޮށްފި