04 ޖެނުއަރީ 2024
ކ. ގުޅިފަޅުގައި ކުރީގެ ސަރުކާރުން ހަދަން ނިންމާފައިވާ މާލޭ ކޮމާޝަލް ޕޯޓު ތިލަފުށްޓަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.
ކ. ގުޅިފަޅުގައި ކުރީގެ ސަރުކާރުން ހަދަން ނިންމާފައިވާ މާލޭ ކޮމާޝަލް ޕޯޓު ތިލަފުށްޓަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ތިން ގުނަ އަށް ފުޅާ ކުރުމުގެމަޝްރޫއު އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ގުޅީފަޅުގައި ޕޯޓް ތަރައްގީ ކުރުމަކީ އެންމެ އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ.
"ގުޅިފަޅުގައި ޕޯޓު ތަރައްގީ ކުރުމަކީ އެންމެ އެކަށީގެންވާ ކަމަކަށް ނުވާތީ، ތިލަފުއްޓަށް [ޕޯޓު] ބަދަލު ކުރުމަކީ އަޅުގަނޑުމެން ނިންމާފައިވާ ކަންތައް،" އެ މަނިކުފާނު ވިދާޅުވި އެވެ.
އެ ނިންމުމާ އެއްގޮތަށް، ރައީސް ވިދާޅުވި ގޮތުގައި ބައިނަލްއަގުވާމީ ފެންވަރުގެ ޕޯޓެއް ތިލަފުށީގައި ތަރައްގީ ކުރެވިގެން ދާނެ އެވެ. އަދި އެއާޕޯޓު ތަރައްގީ ކުރުމާއެކު ކޮމާޝަލް ޕޯޓް ގާއިމްވެގެން ދިއުމަކީ އިގްތިސޯދީ ގޮތުން ރާއްޖެއަށް ހުޅުވިގެންދާނެ ވަރަށް ފުޅާ ދޮރޯއްޓެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ވެލާނާ އެއާޕޯޓު މަޝްރޫއު ތިން ގުނަ ބޮޑުކޮށް، އެ މަޝްރޫއު އިފްތިތާހު ކޮށްދެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އިންޑިއާގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން 75 ޕަސެންޓް ހަރަދުކުރާ ގޮތަށް ގުޅީފަޅުގައި ޕޯޓް ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މި ޕްރޮޖެކްޓަށް 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ހޭދަކުރަން ހަމަޖެހިފައިވެ އެވެ. އާ ޕޯޓުގައި 20 ފޫޓުގެ 400,000 ކޮންޓެއިނަރު ބަހައްޓާނެ ޖާގަ ހުންނާނެ އެވެ.
ޕޯޓުގެ މަސައްކަތް ނިންމަން 2026 ވަނަ އަހަރު ކަނޑައަޅާފައިވާ އިރު، ގުޅިފަޅު ޕޯޓު ހެދުމަށް ބޭނުންވާ ކުންފުންޏެއް ހޯދަން ބީލަމަށް ހުޅުވާލަން ތައްޔާރުވަމުން އަންނަ ކަމަށް މިދިޔަ އޯގަސްޓު މަހުގެ ތެރޭގައި އިންޑިއާގެ އެގްޒިމް ބޭންކުން ވަނީ ބުނެފަ އެވެ.
ގުޅިފަޅު ހިއްކައި ނިމޭއިރު 1.8 ބިލިއަން ހަރަދުވާނެ
ގުޅިފަޅުން އުތުރުތިލަފަޅާ ހަމަށް ބްރިޖަކުން ގުޅާލަނީ
ބަނދަރު ހެދުމަށް ތިން ކުންފުންޏަކާ މަޝްވަރާތައް
ގިރާވަރާއި ގުޅިފަޅު ނިންމުމުގެ ސްޕީޑް އަވަސްކުރަނީ!
ބިޔަ ޕްރޮޖެކްޓްތަކަށް ޗައިނާ އަށް ފުރުސަތު ހުޅުވާލައިފި
ރައީސް ކެބިނެޓާ އެކު ތިލަމާލެ ބްރިޖު ސައިޓަށް
ބްރިޖުގައި ދުނިޔޭގެ އެންމެއުސް ޕްރީކާސްޓް ސެގްމަންޓް
ބްރިޖު ނިންމާނެކަމުގެ 100 ޕަސެންޓް ޔަގީންކަން
ތިލަ-މާލެ ބްރިޖު މަޝްރޫއަށް އާންމުންގެ ހިޔާލު ހޯދަނީ
އެހީވަނީ ދެކޮޅުވެރިކުރުވާކަށް ނޫން: ޗައިނާ ސަފީރު