08 ޖުލައި 2023
މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލަން ހަދާ ތިލަމާލެ ބްރިޖްގެ ބައިތަކަކީ ދުނިޔޭގައި މިހާތަނަށް ހަދާ އެންމެ އުސް ޕްރީކާސްޓް ސެގްމަންޓްތައް ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިއަދު ބުނެފި އެވެ.
މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލަން ހަދާ ތިލަމާލެ ބްރިޖްގެ ބައިތަކަކީ ދުނިޔޭގައި މިހާތަނަށް ހަދާ އެންމެ އުސް ޕްރީކާސްޓް ސެގްމަންޓްތައް ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިއަދު ބުނެފި އެވެ.
ބްރިޖް ޕްރޮޖެކްޓް މަސައްކަތްތަކާ ބެހޭގޮތުން އެ ކޮމިޝަނުން ކުރި ޓުވީޓެއްގައި ބުނީ ގުޅީފަޅުގައި ހަދަމުން އަންނަ ތިލަމާލެ ބްރިޖުގެ ސުޕަ ސްޓްރަކްޗާގެ ބައިތަކަކީ ދުނިޔޭގައި މިހާތަނަށް ހަދާ (ލޯންގް ލައިން މެތަޑުގެ) އެންމެ އުސް ޕްރީކާސްޓް ސެގްމަންޓްތައް ކަމަށާއި އޭގެ އުސްމިނުގައި 8.177 މީޓަރު ހުންނާނެ ކަމަށެވެ.
ޕްރީކާސްޓް ކުރުމަކީ ބްރިޖްގެ ކޮންސްޓްރަކްޝަނަށް ބޭނުންވާ ބައިތައް އެހެން ތަނެއްގައި ހަދައިގެން ސައިޓަށް ގެންގޮސްގެން ހުރިހާ ބައިތަކެއް ގުޅުވުމެވެ. ކުރިން ސިނަމާލެ ބްރިޖު ހެދިއިރު މި ބައިތައް ގެނައީ ޗައިނާގައި ހަދައިގެންނެވެ. މިފަހަރު އެ މަސައްކަތްކުރަނީ ގުޅީފަޅުގަ އެވެ.
ހައިކޮމިޝަނުން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، ބްރިޖުގެ ސުޕަސްޓްރަކްޗާގައި "ވީ ޝޭޕް" އަށް ހުންނަ ބައިތަކުގެ ތެރެއިން އެއް ސެގްމަންޓް ޕްރީކާސްޓްކޮށް ހުރީ ނިމިފަ އެވެ.
ތިލަމާލެ ބްރިޖުގެ ބައިތައް ހެދުމުގެ މަސައްކަތް ގުޅިފަޅުގައި ކުރަނީ.-- ފޮޓޯ: އިންޑިއަން ހައިކޮމިޝަން
ތިލަމާލެ ބްރިޖް މަޝްރޫއުގެ ދަށުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވާލަން 6.7 ކިލޯމީޓަރުގެ ބްރިޖެއް އަޅަން ނިންމާފައިވެ އެވެ. އެ ބްރިޖުގެ މަސައްކަތް ކުރަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ.
އިންޑިއާގެ ލޯނު އެހީގައި ހިންގާ އެ މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުވެ އެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިއަން ޑޮލަރެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތުގެ ސްޕީޑް ލަސް ކަމަށް ސަރުކާރުން ވެސް ކުރިން އެއްބަސްވެ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެފަހުން ވިދާޅުވި ގޮތުގައި މި ބްރިޖުގެ މަސައްކަތް ނިމޭނީ އަންނަ އަހަރެވެ.
ބްރިޖު ނިންމާނެކަމުގެ 100 ޕަސެންޓް ޔަގީންކަން
ތިލަ-މާލެ ބްރިޖު މަޝްރޫއަށް އާންމުންގެ ހިޔާލު ހޯދަނީ
އެހީވަނީ ދެކޮޅުވެރިކުރުވާކަށް ނޫން: ޗައިނާ ސަފީރު
ކޮމާޝަލް ޕޯޓް ތިލަފުށްޓަށް ބަދަލުކުރަން ނިންމައިފި
ރައީސް ކެބިނެޓާ އެކު ތިލަމާލެ ބްރިޖު ސައިޓަށް
މާލެ-ވިލިމާލެ ކަނޑުއޮޅިން ދަތުރުކުރާނަމަ ފިޔަވަޅުއަޅަނީ
ތިލަމާލެ ބްރިޖްްގެ މަސައްކަތް ފެނުނީ އަދި ކިރިޔާ!
މާލެއިން އެއްގަމުގައި ޖަހާ ތަނބުގެ މަސައްކަތް ނިމިއްޖެ
ބްރިޖު އަވަސްކުރަން އިތުރު 26 މިލިއަން ޑޮލަރު!
ތިލަ-މާލެ ބްރިޖަށް އިންޑަސްޓްރިއަލް ވިލެޖު ހުސްކުރަނީ