Roadha Mihaaru
ހައްޖަށް ދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެ

ހައްޖަށް ދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެ

01 ޖުލައި 2023

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށް ދިޔަ މީހަކު ނިޔާވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށް ދިޔަ މީހަކު ނިޔާވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ދ. މާއެނބުދޫއަށް ނިސްބަތްވާ 72 އަހަރުގެ އަލީ ހަސަން ނިޔާވީ މައްކާގެ ސައުދީ ޖާމަން ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ކަމަށެވެ. އެކަމަކު އޭނާ ނިޔާވީ ކޮން ބައްޔަކަށް ފަރުވާދެމުންދަނިކޮށް ކަމެއް މިނިސްޓްރީއަކުން ނުބުނެ އެވެ.

މިއީ މިއަހަރު ހައްޖަށް ގޮސް އުޅެނިކޮށް ރާއްޖެއިން ނިޔާވި ދެވަނަ މީހާ އެވެ.

ހަރަމައިން ކުންފުނީގެ ހަވާލުގައި ހައްޖަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދި ރ. މާކުރަތު، މުހައްމަދު އަލީ ، 72އ. ނިޔާވެފައި އޮއްވައި ފެނުނީ ނޫރު (ހިރާ) ފަރުބަދައާ ދިމާލުން އިއްޔެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.

އޭނާ މަރުވެފައި އޮއްވައި ފެނުނީ ދިވެހި ހައްޖު މިޝަނާއި ސައޫދީ އަރަބިއްޔާގައި ހުންނަ ރާއްޖޭގެ އެމްބަސީ އާއި ހަރަމައިން ކުންފުނިން ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތްކުރަނިކޮށެވެ.