Roadha Mihaaru
އަދީބު ހުށަހެޅީ ޖޫރިމަނާ ފައިސާ ބަހާލައިގެން ދައްކަން

އަދީބު ހުށަހެޅުއްވީ ޖޫރިމަނާ ފައިސާ ބަހާލައިގެން ދައްކަވަން

15 މެއި 2023

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދައުލަތަށް ދައްކަވަންޖެހޭ ޖޫރިމަނާގެ ފައިސާ ބަހާލައިގެން ދެއްކުމުގެ ފުރުސަތަކަށް އެ މަނިކުފާނު އެދިވަޑައިގެންފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދައުލަތަށް ދައްކަވަންޖެހޭ ޖޫރިމަނާގެ ފައިސާ ބަހާލައިގެން ދެއްކުމުގެ ފުރުސަތަކަށް އެ މަނިކުފާނު އެދިވަޑައިގެންފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ކުރި ހަތް ދައުވާއެއް ސާބިތުވުމުން 20 އަހަރުގެ ޖަލު ހުކުމަކާ އެކު، ދެ މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ކުރި އެވެ. އޭގެ ތެރެއިން މިހާރު ނުދައްކާ އޮތީ އެއް މިލިއަން ރުފިޔާ އެވެ.

އެ ފައިސާ ހޯދަން އެޓާނީ ޖެނެރަލްގެ އޮފީހުން އަދީބާ ދެކޮޅަށް ދައުވާ ކުރުމުން އޭނާގެ ފަރާތުން ކޯޓަށް ފުރަތަމަ ހުށަހެޅުއްވީ އެޑްވާންސްކޮށް އެއް ލައްކަ ރުފިޔާ ދައްކައި އޭގެ ފަހުން ކޮންމެ މަހަކު 20،000ރ. ދައްކަމުން ގޮސް ފައިސާ ދައްކާ ނިންމާ ގޮތަށެވެ.

ނަމަވެސް ދައުލަތުން ބޭނުންވީ ދެ ލައްކަ ރުފިޔާ [ޖުމުލަ ފައިސާގެ 20 ޕަސެންޓް] ފުރަތަމަ ދެއްކުމަށް ފަހު، ބާކީ ހުރި ފައިސާ މަހުން މަހަށް ދައްކާ ގޮތަށެވެ. އެކަމާ މެދު މަޝްވަރާ ކުރުމަށްފަހު ބޭނުންވާ ގޮތެއް ހުށަހަޅަން އަދީބުގެ ވަކީލުންނަށް ސިވިލް ކޯޓުން އިއްޔެ ވަނީ ފުރުސަތު ދީފަ އެވެ. އަދީބުގެ ފަރާތްޕުޅުން އިއްޔެ ބުނީ ފައިސާ ދެއްކުމުގައި އިތުރު ޕްރޮޕޯސަލެއް ހުށަހަޅާނެ ކަމަށެވެ.

އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވިޔަސް، އޭނާ ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭ ބަންދުގަ އެވެ.