01 ޖެނުއަރީ 2025
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދައުލަތަށް ދައްކަންޖެހޭ އެއް މިލިއަން ރުފިޔާގެ ޖޫރިމަނާ އެއް މަސް ތެރޭގައި ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދައުލަތަށް ދައްކަންޖެހޭ އެއް މިލިއަން ރުފިޔާގެ ޖޫރިމަނާ އެއް މަސް ތެރޭގައި ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ކުރި ހަތް ދައުވާއެއް ސާބިތުވުމުން 20 އަހަރުގެ ޖަލު ހުކުމަކާ އެކު، ދެ މިލިއަން ރުފިޔާގެ ޖޫރިމަނާގެ ހުކުމެއް ކްރިމިނަލް ކޯޓުން ކުރިން އިއްވި އެވެ.
އޭގެ ތެރެއިން އެއް މިިލިއަން ރުފިޔާ މިހާތަނަށް ވެސް ދައުލަތަށް ނުދައްކާތީ، އެ ފައިސާ ހޯދަން ދައުލަތުން ދައުވާ ކުރުމުން ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ އެ ފައިސާ އެއްފަހަރާ ދައްކަން އުނދަގޫ ކަމަށް އަދީބުގެ ފަރާތުން ބުނެފައިވާ ކަމަށެވެ. ނަމަވެސް އެއް މަސް ދުވަހަށް ވުރެ ދިގު މުއްދަތެއް އަދީބަށް ދިނުމަށް ދައުލަތުން އިންކާރު ކުރާތީ، އެ ފައިސާ އިއްޔެ އިން ފެށިގެން އެއް މަސް ތެރޭގައި ދައުލަތަށް ދައްކަން އަންގާ ކަމަށް އެ ހުކުމުގައިވެ އެވެ.
އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވެރިކަމުގެ ފަހު ދުވަސްވަރު އަދީބުގެ ޖަލު ހުކުމް އެންމެ ހަތަރު ދުވަހަށް ކުޑަކޮށް ދެއްވައިފަ އެވެ. އެހެންވެ، އެ ނިންމުމާ އެކު އަދީބު ވަނީ މިނިވަންވެފަ އެވެ.
އަދީބުގެ އަދަބު އޭރު ލުއިކޮށްދީ، މިނިވަން ކުރުމުން ގިނަ ފާޑުކިޔުންތަކެއް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަމާޒުވި އެވެ. އަދީބު މިނިވަންވުމާ އެކު، މިހާރު ދިރިއުޅުއްވަނީ ރާއްޖެ އިން ބޭރުގަ އެވެ.
އަދީބު ހުށަހެޅީ ޖޫރިމަނާ ފައިސާ ބަހާލައިގެން ދައްކަން
މަހްލޫފްގެ ޝަރީއަތް:ބޮޑެތި ތުހުމަތުތަކާއި ބަހުގެ ހަމަލާ
އަދީބު މިހާރު ހުންނެވީ އަމީން އެވެނިއުގެ ފްލެޓެއްގައި
އަދީބުގެ ހުކުމާއެކު އިމްރާން ދެއްކެވީ މޭޑޭގެ ވާހަކަ!
އަދީބު ޝަރީއަތް ނިމެންދެން ބަންދުކުރަން އެދިއްޖެ
އެއްބަސްވުމެއް ހެދީ ބޭރަށް ފޮނުވާ ގޮތަށް: އަދީބު
އަދީބަށް ނުފިލޭނެ ކަން ކަށަވަރު: އިމްރާން
އަދީބު ފުރާނީ ކަރެކްޝަންސާއި ފުލުހުންގެ އޮފިސަރުންނާއެކު
އަދީބުގެ ބަންދުގެ މުއްދަތު ޖަހައެއް ނުދިން
އަދީބަށް ކުރި ހުރިހާ ހުކުމަކުން ސަލާމަތްވެއްޖެ