މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތާ ގުޅިފައިވާ އެސްއޯއެފް ކުންފުނިން އެމްއެމްޕީއާރްސީއަށް 165 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް އެސްއޯއެފް އިން އަމަލުކޮށްފައި ނުވި ނަމަވެސް، އެ ހުކުމް ތަންފީޒުކުރާނެ އަޅާނެ ފިޔަވަޅެއް ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި އެވެ.
25 މެއި 2025
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތާ ގުޅިފައިވާ އެސްއޯއެފް ކުންފުނިން އެމްއެމްޕީއާރްސީއަށް 165 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް އެސްއޯއެފް އިން އަމަލުކޮށްފައި ނުވި ނަމަވެސް، އެ ހުކުމް ތަންފީޒުކުރާނެ އަޅާނެ ފިޔަވަޅެއް ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި އެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވުނު އަދި މިހާރު ފިލައިގެން ރާއްޖެއިން ބޭރުގައި އުޅޭ މުހައްމަދު އައްލާމް ލަތީފް (މޮހޯ) ގެ ހިއްސާ ކުރިން އޮތް އެސްއޯއެފްގެެ މައްޗަށް 2017 ވަނަ އަހަރު އެ ހުކުމް އައީ އެ ކުންފުންޏާއި އެމްއެމްޕީއާރުސީއާ ދެމެދު އޮތް އެއްބަސްވުމެއްގެ ދަށުން އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ 10.7 މިލިއަން ޑޮލަރު (165 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ހޯދަން އެމްއެމްޕީއާރުސީން ދައުވާ ކުރުމުންނެވެ.
އެ ހުކުމާ އެއްގޮތަށް ހަ މަސް ދުވަހުގެ ތެރޭ އެސްއޯއެފުން ފައިސާ ދައްކާފައި ނުވާތީ، ހުކުމް ތަންފީޒުކުރުމުގެ މައްސަލައެއް އެމްއެމްޕީއާރްސީން ސިވިލް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ.
އެ މައްސަލައިގައި މިއަދު ސިވިލް ކޯޓުން ކުރި ހުކުމްގައި، އެމްއެމްޕީއާރްސީއަށް ދައްކަން ޖެހޭ ފައިސާ އެސްއޯއެފުން ދައްކާފައި ނުވާ ކަން ސާބިތުވާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
ނަމަވެސް، އެސްއޯއެފްގެ ނަމުގައި އެއްވެސް މުދަލެއް ހުރިތޯ އާއި އެ ކުންފުންޏަށް އާމްދަނީ ލިބޭނެ އެއްވެސް ވަސީލަތެއް ހުރިތޯ ކޯޓުން ބެލި ބެލުމުން އެފަދަ މައުލޫމާތެއް ލިބިފައިނުވާ ކަމަށް ހުކުމްގައިވެ އެވެ. އަދި ސާބިތުވެފައިވާ ދަރަނީގެ ފައިސާ އެމްއެމްޕީއާރްސީއަށް ހޯދައިދިނުމަށް ގޮތުން މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މި ވަގުތު އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް ވެސް ވަނީ ނިންމައިފަ އެވެ.
އެހެންވެ، ސިވިލް ކޯޓުން ކަނޑައެޅީ އެސްއޯއެފްގެ މާލީ ތަނަވަސްކަމެއް ހުރިކަން އެނގޭނެ ލިޔުންތަކާ އެކު ނުވަތަ އެފަދަ މައުލޫމާތެއް ލިބިފައިވާ ނަމަ އެ މައުލޫމާތަކާ އެކު ކޯޓަށް ހުކުމް ތަންފީޒުކުރުމަށް ހުށަހެޅުމުގެ ހައްގު އަދިވެސް އެމްއެމްޕީއާރްސީއަށް ލިބިގެންވާ ކަމަށް ކަނޑައަޅައި، މައްސަލަ ނިންމި އެވެ.
އެމްއެމްޕީއާރުސީން ދޫކުރި ރަށްތަކާއި ފަޅުތަކުން ދައުލަތަށް ލިބެންޖެހޭ 1.22 ބިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާއިރު އޭގެ ތެރެއިން ބައެއް ފައިސާ އެކި ފަރާތްތަކަށް ބަހާފައިވަނީ އެސްއޯއެފްގެ އެކައުންޓުންނެވެ.
އޭގެ ތެރެއިން ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލައެއްގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލްގެ މައްޗަށް ވެސް ވަނީ ކުށް ސާބިތުވި އެވެ.
އަދީބުގެ ޖޫރިމަނާ އެއް މަސް ތެރޭގައި ދައްކަން ހުކުމެއް
ދެމިލިއަންޑޮލަރުގެ ދައުވާ އެމްއެމްޕީއާރުސީއަށް ނާކާމިޔާބު
އާތިފަށް ކުރާ ދައުވާ ކުރިއަށް ގެންދެވޭނެ: ކޯޓު
ޒިޔަތާ އެކު ހެދި ޕްލީބާގެއިން އެއްބަސްވުން އުވާލައިފި
މަހްލޫފްގެ ޝަރީއަތް އަންނަ ބުދަ ދުވަހު ފަށަނީ
އާ ދައުވާތަކާ ގުޅިގެން ޔާމީނަށް އިތުރު ފުރުސަތެއް
ގަސްދުގައި ލިޔެކިއުންތައް ގެއްލުވާލާފައިވޭ: އަސްއަދު
ތަހުގީގަށް އަތް ނުލެވޭނެ މީހަކު ނުހުންނާނެ: ކޮމިޝަނަރު
އެމްއެމްޕީއާރުސީގެ ތަހުގީގުގެ ބައްދަލުވުން އޮންލައިންކޮށް
ޚިޔާނާތުގައި ތުހުމަތު ކުރެވޭ ފުލުހުންގެ މައްސަލަ ބަލަނީ