Roadha Mihaaru
އާތިފަށް ކުރާ ދައުވާ ކުރިއަށް ގެންދެވޭނެ: ކޯޓު

އާތިފަށް ކުރާ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމައިފި

14 އޯގަސްޓް 2022

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭޝަލް އިންޓެލިޖެންސް (އެފްއައިޔޫ) ގެ ކުރީގެ ވެރިޔާ އާތިފް ޝަކޫރުގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ގާނޫނާ ހިލާފުވުމުގެ ދަައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭޝަލް އިންޓެލިޖެންސް (އެފްއައިޔޫ) ގެ ކުރީގެ ވެރިޔާ އާތިފް ޝަކޫރުގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ގާނޫނާ ހިލާފުވުމުގެ ދަައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

މަނީ ލޯންޑްރިންގެ ގާނޫނާ ހިލާފުވުމުގެ ދައުވާ އާތިފް މައްޗަށް ކުރަނީ އެމްއެމްޕީއާރުސީގެ ހިޔާޔާނާތުގެ ޝައްކު ކުރެވޭ މުއާމަލާތްތައް ހިނގަމުން ދިޔައިރު ކަމާބެހޭ ފަރާތްތަކަށް އެކަން ރިޕޯޓް ނުކުރި ކަމަށް ބުނެ އެވެ. ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، އެ މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލް ވިދާޅުވީ، ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް މަދަނީ މިންގަނޑުން ރިއާޔަތް ކުރާއިރު، އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމަވާ ކަމަށެވެ.

މަދަނީ މިންގަނޑު ގޮތް ނިންމުމުގެ ކުރިން އެކަމާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތަކަށް އާތިފްގެ ވަކީލުން އެދިވަޑައިގަތެވެ. ގާޒީ ޝަކީލް ވިދާޅުވީ އެ މައްސަލަ ކުރިއަށް ގެންދަވަނީ ދެ ފަރާތަށް ވެސް ހަމަހަމަ ފުރުސަތެއް ދީގެން ކަމަށެވެ.

އެ މައްސަލައިގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހަޅަން 10 ދުވަހުގެ ފުރުސަތެއް ދެ ފަރާތަށް ދެއްވި އެވެ. އަދި މި މަހުގެ 28 ވަނަ ދުވަހު އެ މައްސަލައިގެ އިތުރު އަޑުއެހުމެއް އޮންނާނެ ކަން ގާޒީ އިއުލާން ކުރެއްވި އެވެ.

އެ މައްސަލައިގައި އާތިފްގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ 10،000ރ. އާއި 500،000ރ. އާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ އެއް އަހަރާއި 10 އަހަރުގެ މުއްދަތަކަށް ޖަލަށް ލާނެ އެވެ.