26 ޖޫން 2022
ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.
ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.
އާރަށް ކުއްޔަށް ދިނުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުފުޅު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ދައުވާ ކުރާއިރު އެ މަނިކުފާނަށް ރިޝްވަތު ދެއްވި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން ދައުވާ ކުރެ އެވެ.
އެ މައްސަލައިގެ ހެކިބަސް ނަގަން ކްރިމިނަލް ކޯޓުގައި މިއަދު ހެނދުނަށް ތާވަލްކުރި އަޑުއެހުން ކެންސަލްކުރީ ޔޫސުފް ނައީމްގެ ވަކީލު ބަލިވުމުން އެ އަޑުއެހުން ކެންސަލް ކޮށްދޭން އެދިފައިވާތީ އެވެ. ޔާމީނާއި ޔޫސުފް ނައީމްގެ ބައި ކުރިއަށް ގެންދަނީ އެއްކޮށެވެ.
އާރަށް މައްސަލައިގެ އިތުރުން ރ. ފުއްގިރި މައްސަލައާ ގުޅިގެން ވެސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާ ކުރެ އެވެ. އެ މައްސަލަ މިހާރު ކުރިއަކަށް ނުގޮސް އޮތީ މަޑުޖެހިފަ އެވެ.
މީގެ ކުރިން ގއ. ވޮޑަމުލާގެ މައްސަލާގައި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރެއްވި ކަމަށް ބުނެ ވެސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކޮށް، އެ މަނިކުފާނު ފަސް އަހަރަށް ޖަލަށްލި އެވެ. އެ ހުކުމް ސުޕްރީމް ކޯޓުން މިދިޔަ އަހަރު ބާތިލްކޮށް، ޔާމީން ވަނީ މިނިވަންކޮށްފަ އެވެ.
"ޑޮލަރު ގަތީ ކަމަށް ބުނެ ޔާމީނަށް ފައިސާދިން"
ފުއްގިރި ޝަރީއަތް ވަކީލުންގެ ރުހުމާއެކު މާދަމާ ވެސް
ޔާމީން 11 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
އަދަބާ ބެހޭގޮތުން ޔާމީންގެ ބަހެއް ނެތް
ޔާމީންގެ ގެކޮޅުގައި 15 މިލިއަން ގުނީ އަތުން: ނަރީޝް
އާރަށް މައްސަލާގެ މިއަދުގެ އަޑުއެހުން ވެސް ކެންސަލް
އާރަށް މައްސަލަ: ޔާމީނާއި އަދީބުގެ ކޯލް ރިކޯޑިންތަކެއް
"ފައިސާ ލިބުނީ ޑޮލަރު ގަތުމުން،އެއީ ރިޝްވަތެއް ނޫން"
ޔާމީން ދައުވާއަށް އިންކާރު،އަދިވެސް އެދެނީ ލައިވްކުރަން
ޔާމީނަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް އުފުލައިފި