11 އެޕްރީލް 2022
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޝްވަތު ނަންގަވާފައި ނުވާ ކަމަށާއި އަދި އެ މަނިކުފާނަށް ލިބިވަޑައިގަތް ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށް ޔާމީންގެ ވަކީލުން މިއަދު ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޝްވަތު ނަންގަވާފައި ނުވާ ކަމަށާއި އަދި އެ މަނިކުފާނަށް ލިބިވަޑައިގަތް ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށް ޔާމީންގެ ވަކީލުން މިއަދު ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.
އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުފުޅު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލު ކުރެއްވުމުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ދައުލަތުން ކުރެ އެވެ. ޔާމީނަށް ރިޝްވަތު ދިން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ ވެސް ކުރެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދުު ބޭއްވި އަޑުއެހުމުގައި ޔާމީންގެ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ޔޫސުފް ނައީމްގެ ކުންފުންޏަކަށް އާރަށް ހޯދައިދިނުމަށްޓަކައި ޔާމީން ނުފޫޒު ފޯރުއްވައި އަދި ރިޝްވަތުގެ ނެންގެވި ކަމަށް ދައުވާގައި އޮތަސް، އެ ރަށް ކުއްޔަށް ދީފައި އޮތީ އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އަދި ޔާމީނަށް ލިބިވަޑައިގަތް ފައިސާއަކީ އެކަމާ އެއްވެސް ގުޅުމެއް ހުރި ފައިސާއެއް ނޫން ކަމަށާއި އެއީ ޑޮލަރު ގަތުމުގެ ވިޔަފާރީގެ މުއާމަލާތެއް ކަމަށް ޖަމީލް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެއީ ސައްހަ ވިޔަފާރީގެ މުއާމަލާތަކުން ޔާމީނަށް ލިބިވަޑައިގަތް ފައިސާ ކަމަށް ވާތީ، އެ ފައިސާ ޔާމީން ބޭނުންފުޅު ކުރެއްވުމަކީ މަނީ ލޯންޑާ ކުރުން ކަމަކަށް ނުބެލެވޭނެ ކަމަށެވެ.
ރައްދުގައި ދައުލަތުން ބުނީ ޔާމީން އޭރު ހުންނެވީ ރައީސްކަމުގެ މަގާމުގައި ކަމަށް ވާތީ ގާނޫނުއަސާސީ އޮތްގޮތުން ވިޔަފާރި ކުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ. އެގޮތަށް ދައުލަތުން ބުނުމުން، މައްސަލައާ ނުގުޅޭ ވާހަކަތައް ދައުލަތުން ދައްކާ ކަމަށް ބުނެ ޔާމީންގެ ވަކީލުން އިއުތިރާޒްކުރި އެވެ. އަދި އެ އިއުތިރާޒް ބަލައިގަނެ، މައްސަލައިގެ ބޭރުން ވާހަކަ ނުދައްކަން އެ މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލް ދައުލަތަށް އެންގެވި އެވެ.
ޔާމީނާއި އެމަނިކުފާނުގެ ބައެއް ވަކީލުން -- ފޮޓޯ/މިހާރު
ޔޫސުފް ނައީމްގެ ވަކީލް ހަމްޒާ ލަތީފް ވިދާޅުވިގޮތުގައި، ޔޫސުފް ނައީމްގެ ހިއްސާ އޮތް ކުންފުންޏަކުން އާރަށް ކުއްޔަށް ނެގުމާއި ޔޫސުފް ނައީމާއި ޔާމީނާ ދެމެދު ކޮށްފައިވާ ފައިސާގެ މުއާމަލާތުގައި ގުޅުމެއް ނެތެވެ. އަދި ދައުލަތުން ދައުވާ ކުރަނީ އެ ދެ މުއާމަލާތް އެއްކޮށްލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ޔާމީނާއި ޔޫސުފް ނައީމާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިންގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހިމެނެ އެވެ.
ޖަމީލް ވިދާޅުވީ އަދީބާއި ޒިޔަތުގެ ހެކިބަސް ފިޔަވައި، އެ ބޭފުޅުންގެ ބަހަށް ބާރުދޭނެ އިތުރު އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށެވެ. އަދި އެ ދެ ބޭފުޅުންގެ ބަހަށް އެކަނި ބިނާކޮށް ކަމެއް ސާބިތު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ކަން ޖަމީލް ފާހަގަ ކުރެއްވި އެވެ. އެހެންވެ، އެ މައްސަލައަކީ މަދަނީ މިންގަނޑުން ބެލިޔަސް ކުރިއަށް ނުގެންދެވޭނެ މައްސަލައެއް ކަމަށް ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމާއިރު، ބަލަން ޖެހޭނީ ހެކިތަކަށް އެންމެ މަތީ މިންގަނޑުން ބުރަދަން ދިނަސް، ކުށް ސާބިތުވުމުގެ ފުރުސަތު އޮންނާނެތޯ ނުވަތަ ނޫންތޯ އެވެ. އެ ފުރުސަތު ނެތް ނަމަ، އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމަން ޖެހޭނެ ކަމަށް ހައި ކޯޓުން ނިންމާފައިވާ ކަމަށާއި ޔާމީންގެ މައްސަލާގައި އަދީބާއި ޒިޔަތު ފިޔަވައި ބާރުދޭނެ އެހެން ހެއްކެއް ނެތުމުން އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ޖަމީލް ވިދާޅުވި އެވެ.
ދައުލަތުން ބައެއް ހެކިތައް ފޮރުވާފައިވާ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ. އަދި ޔާމީންގެ މައްޗަށް ދައުވާ ކުރަނީ އެ މަނިކުފާނު ފްރޭމް ކުރުމުގެ ސިލްސިލާއެއްގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.
ދައުލަތުން ބުނީ ގާނޫނުން މަތިކޮށްފައިވާ ޒިންމާއެއް އަދާކުރުމަކީ މީހަކު ފްރޭމް ކުރުން ކަމަށް ނުދެކޭ ކަމަށެވެ. އަދި އަދީބާއި ޒިޔަތުގެ ބަހަށް ބާރުދޭން އެތައް ހެކިތަކެއް ހުންނާނެ ކަމަށް ބުނެ، ދައުލަތުން ބުނީ މިއީ އެ ހެކިތައް ބަލައިނުގަތުމަށް ނިންމޭނެ މަރުހަލާއެއް ނޫން ކަމަށެވެ. އަދި އެކަން ކުރެވޭނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމުގެ މަރުހަލާގައި ކަމަށް ދައުލަތުން ބުންޏެވެ.
ދެ ފަރާތުގެ ވާހަކަތަކަށް ބރިބފަހު، އިސްގާޒީ ޝަކީލް ނިންމެވީ މަދަނީ މިންގަނޑުން ބަލާއިރު އެ މައްސަލަތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހަޅަން 15 ދުވަހުގެ މުއްދަތެއް ދެއްވި އެވެ.
އާރަށް މައްސަލާގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ވެސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރެ އެވެ. އެ މައްސަލަ ކުރިއަށް ގެންދަނީ ވަކިންނެވެ.
"ޑޮލަރު ގަތީ ކަމަށް ބުނެ ޔާމީނަށް ފައިސާދިން"
ޔާމީން 11 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ޔާމީންގެ ގެކޮޅުގައި 15 މިލިއަން ގުނީ އަތުން: ނަރީޝް
އާރަށް މައްސަލާގެ މިއަދުގެ އަޑުއެހުން ވެސް ކެންސަލް
ޔާމީން ދައުވާއަށް އިންކާރު،އަދިވެސް އެދެނީ ލައިވްކުރަން
ޔާމީނަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް އުފުލައިފި
ދޫވެހި ހޯއްދެވި ގޮތް ސާބިތު ކުރަން ހެކި ހުށަހަޅައިފި
ރިޝްވަތެއް ނުދެން، ހެކިން ނުވެސް ދަންނަން: ޔާމީން
ޔާމީނަށް ކުރާ ދައުވާތަކުގެ ޝަރީއަތް މަޑުޖައްސާލައިފި
ޔާމީން ފައިސާ ދައުރުކުރީ އަސްލު ގެއްލޭ ގޮތަށް:ދައުލަތް