25 ޑިސެމްބަރ 2022
ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.
ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.
އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވި މައްސަލާގައި އިދިކޮޅު ލީޑަރު ޔާމީންގެ މައްޗަށް އައި މި ހުކުމް ދެމިއޮތްހާ ހިނދަކު، އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އެ މަނިކުފާނަށް ގެއްލޭނެ އެވެ.
އެ މައްސަލާގައި ދައުލަތުން އެދުނީ 19 އަހަރުގެ ޖަލު ހުކުމަކަށެވެ. އެއީ ރިޝްވަތުގެ ކުށުގައި 8 އަހަރުގެ ޖަލު ހުކުމެއް އަދި މަނީ ލޯންޑްރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާ އެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް އިއްވުމަށެވެ.
ނަމަވެސް އެ މައްސަލަ ބެއްލެވި އިސްގާޒީ އަހުމަދު ޝަކީލް ނިންމެވީ ރިޝްވަތުގެ ކުށުގައި ހަތަރު އަހަރަށް ޖަލަށްލުމާއި މަނީ ލޯންޑްރިންގެ ކުށުގައި ހަތް އަހަރަށް ޖަލަށްލުމަށެވެ.
އިސް ގާޒީ ވިދާޅުވީ ރިޝްވަތުގެ ކުށުގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހަށް ޖަލަށްލުން ކަމަށް ވިޔަސް، ޔާމީން ކުށް ކޮށްފައިވަނީ ރައީސްގެ މަގާމުގައި ހުންނަވައިގެން ކަމަށް ވާތީ އާއި އޭގެ ސަބަބުން ރައްޔިތުންނަށް ގެއްލުންތަކެއް ވެފައިވާތީ އަދަބުގެ މިންވަރު އެއް ދަރަޖަ ބޮޑުކުރަންޖެހޭ ކަމަށެވެ.
ޔާމީން މައްޗަށް މިއަދު ހުކުމް އިއްވާއިރު، އެ މަނިކުފާނާއި ތިން ވަކީލުން އަރިހުގައި.
މަނީ ލޯންޑްރިންގެ ގާނޫނުގެ ދަށުން އެ ކުށުގެ އަދަބަކީ ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށްވާތީ ކުށްކުރި ގޮތަށް ބަލައި، އިސްގާޒީ ނިންމެވީ ހަތް އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ކަނޑަައެޅުމަށެވެ. ޖޫރިމަނާ ފައިސާ ހަ މަސް ތެރޭގައި ދައްކަން އެންގެވި އެވެ.
ޔާމީނަށް ރިޝްވަތު ދިންކަން ސާބިތުވި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް އިއްވީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އޭނާގެ ކުށުގެ ރެކޯޑާއި ސިއްހީ ހާލަތާއި ދިރިއުޅުމުގެ ހާލަތަށް ބެލުމަށްފަހު އަދަބު ލުއިކުރަން އެދިފައިވެ އެވެ.
އެކަމަކު، ރޭވިގެން ކުށް ކޮށްފައިވާތީ އާއި އޭރުގެ ރައީސުލް ޖުމްހޫރިއްޔާ ބޭނުންކޮށްގެން ކުށް ކޮށްފައިވާތީ ޔޫސުފް ނައީމްގެ އަދަބު ލުއި ނުކުރެވޭނެ ކަމަށް އިސްގާޒީ ކުރެއްވި ހުކުމުގައިވެ އެވެ.
އަދަބާ ބެހޭގޮތުން ޔާމީންގެ ފަރާތުން ވާހަކައެއް ނުދެއްކެވި އެވެ. ސަބަބެއްގެ ގޮތުގައި ވަކީލުން ވިދާޅުވީ އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުން އެހެން ދުވަހަކަށް ފަސް ނުކުރާތީ އެވެ.
މީގެ ކުރިން ގއ. ވޮޑަމުލާ ކުއްޔަށް ދިން މައްސަލާގައި ވެސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރު އިއްވި އެވެ. އެ ހުކުމް ސުޕްރީމް ކޯޓުން މިދިޔަ އަހަރު ބާތިލްކޮށް، އެމަނިކުފާނު ވަނީ މިނިވަންކޮށްފަ އެވެ.
"ޑޮލަރު ގަތީ ކަމަށް ބުނެ ޔާމީނަށް ފައިސާދިން"
ޔާމީން ދައުވާއަށް އިންކާރު،އަދިވެސް އެދެނީ ލައިވްކުރަން
ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައެއް ނުގަތް
ފުއްގިރި މައްސަލާގެ ހުށަހެޅުންތައް ބަލައެއްނުގަތް
ފުއްގިރި މައްސަލަ މަޑުޖައްސާލަން އަންގައިފި
"އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް، ރިޝްވަތެއް ނޫން"
ފުއްގިރި މައްސަލަ އަވަސް ކުރާތީ ޔާމީންގެ ނުރުހުން
އާރަށް މައްސަލާގެ ފައިސާގެ ބަޔާ މެދު ގޮތެއް ނުނިންމާ
އިސްތިއުނާފުން ޔާމީނަކީ މައުސޫމު މީހެއްކަން ސާބިތުވާނެ
އަދަބާ ބެހޭގޮތުން ޔާމީންގެ ބަހެއް ނެތް