02 ޖޫން 2019
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ދައުލަތުން އެދުނު ނަމަވެސް ކްރިމިނަލް ކޯޓުން މިއަދު އެ އަމުރެއް ނުދިނެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ދައުލަތުން އެދުނު ނަމަވެސް ކްރިމިނަލް ކޯޓުން މިއަދު އެ އަމުރެއް ނުދިނެވެ.
ރިޔާސީ ލޯންޗްކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބު 15 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އޮތީ އަމުރުކޮށްފަ އެވެ. އަދި އަދީބު 15 ދުވަހަށް އެ މައްސަލައާ ގުޅިގެން ބަންދުކުރަން އަމުރުކޮށް، އެ މުއްދަތުގައި ބަންދުގައި ބަހައްޓަން އެދޭ ނަމަ އެކަމަށް ދަށު ކޯޓުގައި އެދެވިދާނެ ކަމަށް ހައި ކޯޓުގެ ހުކުމުގައި އޮތީ ކަނޑައަޅައިފަ އެވެ.
ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި ވަނީ ލޯންޗުކޮޅުގެ މައްސަލަ ވެސް ހިމެނޭ ގޮތުން އަދީބަށް ދައުވާކުރާ އެހެން ބައެއް މައްސަލަތައް ވެސް އަނބުރާ ފޮނުވާލަން ނިންމައިފަ އެވެ. އެކަމަކު، އެ މައްސަލަ އަނބުރާ އަދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް އަދި ނުފޮނުވުވާ ކަމަށް ވެ އެވެ.
އެގޮތަށް ނިންމާފައި ވަނިކޮށް، އަދީބު ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ޕްރޮސެކިއުޓާ ޖެނެރަލް މިއަދު އެދިވަޑައިގަތުމާ ގުޅިގެން އެ މައްސަލައިގެ ޝަރީއަތަށް އެމަނިކުފާނު ވެސް ކްރިމިނަލް ކޯޓަށް މެންދުރު ފަހު ހާޒިރުކުރި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އާއިޝަތު ބިޝާމް ވިދާޅުވީ، އިސްތިއުނާފް ކޯޓަކުން ނިންމާ ނިންމުންތަކަށް ދަށު ކޯޓުތަކަށް ގޮތް ނިންމޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ލޯންޗުކޮޅުގެ މައްސަލާގައި އަދީބުގެ ބަންދާ މެދު ދަށު ކޯޓުން ގޮތެއް ނިންމަން ޖެހޭނެ ކަމަށް ހައި ކޯޓުން ކަނޑައަޅާފައި އޮތުމުން އެގޮތަށް އަމަލު ކުރައްވާނެ ކަމަށާއި އެހެންވެ، އެ މައްސަލާގައި ބަންދުގައި ބަހައްޓަން އެދިވަޑައިގަންނަވާނެ ކަމަށް ބިޝާމް ވިދާޅުވި އެވެ. ބިޝާމް ވިދާޅުވި ގޮތުގައި، އަދީބުގެ އެހެން ބައެއް މައްސަލަތަކެއް ވެސް ކޯޓުން އަނބުރާ ފޮނުވާލިޔަސް، އެ މައްސަލަތަކާ މެދު އަމަލު ކުރާނެ ގޮތެއް އަދި ނުނިންމަވަ އެވެ. މިވަގުތު މަސައްކަަތް ކުރައްވަމުން ގެންދަވަނީ ހައި ކޯޓުން ނިންމި މައްސަލަތަކާއި ބަންދުގެ މައްސަލައާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އަދީބުގެ މައްޗަށް ތިން މައްސަލައެއްގައި އިއްވި 33 އަހަރުގެ ޖަލު ހުކުމްތަކުގެ ތެރެއިން ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނެ އިއްވި 10 އަހަރުގެ ޖަލު ހުކުމް މިދިޔަ ހަފުތާގައި ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. އަދި ލޯންޗް މައްސަލާގައި އިއްވި 15 އަހަރުގެ ހުކުމާއި ޚިޔާނާތުގެ ކުށުގައި އިއްވި އަށް އަހަރުގެ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އޮތީ އަމުރުކޮށްފަ އެވެ.
އެއްބަސްވުމެއް ހެދީ ބޭރަށް ފޮނުވާ ގޮތަށް: އަދީބު
ބޮޑު ހިޔާނާތް: "މައްސަލަ ބެލޭނެ މާހައުލެއް ނެތް"
"އަދީބު 800 އަހަރަށް ޖަލަށް ލެވޭނެ ހެކި އެބަހުރި"
ދައުވާތައް ބޭރުކޮށްލި މައްސަލަ އިސްތިއުނާފު ކުރާނީ
އަދީބުގެ 12 އަށްވުރެ ގިނަ މައްސަލަ ޕީޖީއަށް ފޮނުވަނީ
މަހްލޫފްގެ މައްސަލައަށް މިވީ ކިހިނެއް؟
މަހްލޫފްގެ މައްސަލަ: މަސްލަހަތު ފުށުއަރާތަ؟
އަދީބު ޝަރީއަތް ނިމެންދެން ބަންދުކުރަން އެދިއްޖެ
ޕީޖީ ޝަމީމްގެ މައްސަލަތަކެއް ބާ ކައުންސިލަށް
އަދީބު ފުރުން މަނާކޮށްފި