ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދައުލަތަށް ދައްކަންޖެހޭ ދެ މިލިއަން ރުފިޔާގެ ޖޫރިމަނާގެ ތެރެއިން އެއް މިލިއަން ރުފިޔާ އަދިވެސް ދައުލަތަށް ނުލިބޭތީ އެ ހުކުމް ތަންފީޒުކުރަން ދައުލަތުން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދައުލަތަށް ދައްކަންޖެހޭ ދެ މިލިއަން ރުފިޔާގެ ޖޫރިމަނާގެ ތެރެއިން އެއް މިލިއަން ރުފިޔާ އަދިވެސް ދައުލަތަށް ނުލިބޭތީ އެ ހުކުމް ތަންފީޒުކުރަން ދައުލަތުން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކޮރަޕްޝަނާ ގުޅިގެން އަދީބުގެ މައްޗަށް ކުރި ހަތް ދައުވާއެއް ސާބިތުވުމުން 20 އަހަރުގެ ޖަލު ހުކުމަކާ އެކު ދެ މިލިއަން ރުފިޔާގެ ޖޫރިމަނާގެ ހުކުމެއް ކްރިމިނަލް ކޯޓުން އިއްވި އެވެ.
އޭގެ ތެރެއިން އެއް މިލިއަން ރުފިޔާ އަދީބު ދެއްކި ނަމަވެސް ބާކީ އޮތް އެއް މިލިއަން ރުފިޔާ ނުދައްކާތީ އެ މައްސަލަ ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ފައިސާ އެއް މަސް ތެރޭގައި ދައްކަން މިދިޔަ ޖެނުއަރީ މަހު ކޯޓުން ހުކުމްކުރި އެވެ.
ނަމަވެސް މިހާތަނަށް ވެސް އެ ފައިސާ ނުދައްކާތީ އެ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައެއް ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ. އެކަމަކު، އަދީބުގެ ބޭންކް އެކައުންޓްގައި ވެސް ފައިސާ ނެތުމުން އެ ހުކުމް ތަންފީޒު ނުކުރެވޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި އަދީބުގެ އެއްވެސް މުދަލެއް ވެސް ނެތް ކަމަށް ވެ އެވެ.
ދައުލަތާ އެކު، ހެދި އެއްބަސްވުމެއްގެ ދަށުން އަދީބަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެ މަނިކުފާނު ވަނީ އެ ވެރިކަން ނިމުނު އިރު ޖަލު ހުކުމުން ބާކީ ބައި އެންމެ ހަތަރު ދުވަހުގެ ޖަލު ހުކުމަކަށް ކުޑަކޮށް ދެއްވައިފަ އެވެ. އެ ނިންމުމާ އެކު، އަދީބު ވަނީ އެއްކޮށް މިނިވަންވެފަ އެވެ.
އަދީބު މިނިވަންވި ފަހުން އޭނާ ވަނީ ރާއްޖެ އިން ބޭރަށް ބަދަލުވެވަޑައިގެންފަ އެވެ.
އަނިލްގެ ލަފައެއް، ޒިންމާއެއް ވެސް ނެތް؟
އެސްއޯއެފް އަތުން 160 މިލިއަން ހޯދަން ދައުވާކޮށްފި
އެސްއޯއެފްގެ މައްޗަށް ހުކުމް ތަންފީޒެއް ނުކުރެވުނު
އަދީބުގެ ޖޫރިމަނާ އެއް މަސް ތެރޭގައި ދައްކަން ހުކުމެއް
އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ 7 ދައުވާއެއް ކުރަނީ
ދެމިލިއަންޑޮލަރުގެ ދައުވާ އެމްއެމްޕީއާރުސީއަށް ނާކާމިޔާބު
އަދީބު ހުށަހެޅީ ޖޫރިމަނާ ފައިސާ ބަހާލައިގެން ދައްކަން
އަދީބު އަތުން ޖޫރިމަނާ ހޯދަން ދައުވާކޮށްފި
އަދީބު، ތަހުގީގަށް އޭސީސީއަށް ހާޒިރުކޮށްފި
އާރަށް މައްސަލަ: ޔާމީނާއި އަދީބުގެ ކޯލް ރިކޯޑިންތަކެއް