Roadha Mihaaru
އަދީބު އަތުން ޖޫރިމަނާ ހޯދަން ދައުވާކޮށްފި

އަދީބު އަތުން ދެ މިލިއަންގެ ޖޫރިމަނާ ހޯދަން ދައުލަތުން ދައުވާކޮށްފި

14 މެއި 2023

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ހޯދަން ދައުލަތުން ދައުވާކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ހޯދަން ދައުލަތުން ދައުވާކޮށްފި އެވެ.

އަދީބާ އެކު ދައުލަތުން ހެދި އިއުތިރާފް އެއްބަސްވުމުގެ ދަށުން އޭނާގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި އަދި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ކްރިމިނަލް ކޯޓުން 2020 ވަނަ އަހަރު ކުރި އެވެ. އަދި އެ ފައިސާ އެއް މަސް ތެރޭގައި ދައްކަން އެންގިޔަސް، އެ މުއްދަތުގައި އަދީބު ފައިސާއެއް ނުދައްކަވަ އެވެ.

އެ ފައިސާ ހޯދަން އެޓާނީ ޖެނެރަލްގެ އޮފީހުން އަދީބާ ދެކޮޅަށް ސިވިލް ކޯޓުގައި މިހާރު ވަނީ ދައުވާކޮށްފަ އެވެ. އެ މައްސަލާގެ ހުކުމެއް އަދި ނީއްވަ އެވެ.

އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވީ އިއުތިރާފް އެއްބަސްވުމެއްގެ ދަށުން، އޭނާގެ މައްޗަށް އުފުލި ހަތް ދައުވާއަކަށް އޭނާ ކޯޓުގައި އެއްބަސްވެ ވަޑައިގަތުމުންނެވެ. އަދީބު 20 އަހަރަށް ޖަލަށްލާން ހުކުމް ކުރިޔަސް، އޭނާ ތަންފީޒު ކުރަން ޖެހިވަޑައިގަންނަވަނީ 19 އަހަރުގެ ޖަލު ހުކުމެކެވެ.

އަދީބު ޖަލަށްލާން ހުކުމް ތަންފީޒު ކުރިޔަސް، އެ ހުކުމް ތަންފީޒު ކުރައްވަނީ އަދިވެސް ގޭ ބަންދުގަ އެވެ.