Roadha Mihaaru
ޖޫރިމަނާ ނުދައްކާ މީހުންނަށް ދައުވާކުރަން ފަށައިފި

ޖޫރިމަނާ ނުދައްކާ މީހުން އަތުން ފައިސާ ހޯދަން ދައުވާކުރަން ފަށައިފި

03 އެޕްރީލް 2023

ކުށް ސާބިތުވެގެން ކުރާ ޖޫރިމަނާ ނުދައްކާ މީހުންގެ އަތުން ފައިސާ ހޯދަން ދައުވާކުރަން ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުށް ސާބިތުވެގެން ކުރާ ޖޫރިމަނާ ނުދައްކާ މީހުންގެ އަތުން ފައިސާ ހޯދަން ދައުވާކުރަން ފަށައިފި އެވެ.

ގާނޫނުލްއުގޫބާތުގެ ދަށުން ކުށް ސާބިތުވާ މައްސަލަތަކުގައި ޖަލަށްލުމުގެ ބަދަލުގައި ޖޫރިމަނާގެ އަދަބެއް ކަނޑައެޅުމުގެ ފުރުސަތު އޮވެ އެވެ. އެކަމަކު ގިނަ މީހުން ހުކުމާ އެއްގޮތަށް ޖޫރިމަނާ ފައިސާ ދައުލަތަކަށް ނުދައްކަ އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިހާރު ދަނީ އެފަދަ ޖޫރިމަނާ ނުދައްކާ މީހުން އަތުން އެ ފައިސާ ހޯދަން ސިވިލް ކޯޓުގައި ދައުވާ ކުރަމުންނެވެ. އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި ފައިސާ ދައްކަން ސިވިލް ކޯޓުން މިހާރު ހުކުމް ކޮށްފައިވާއިރު، ބައެއް މައްސަލަތައް ދައުލަތުން މިހާރު ވަނީ އަނބުރާ ގެންގޮސްފަ އެވެ.

ބައެއް މައްސަލަތައް އަނބުރާ ގެންދަނީ ޖޫރިމަނާގެ އަދަބު ޖަލު، އަދަބަށް ބަދަލު ކުރުމުގެ ފުރުސަތު ގަވާއިދުގެ ދަށުން އޮންނާތީ އެކަން ކުރުމަށެވެ. ޖޫރިމަނާގެ އަދަބު ޖަލު ނުވަތަ ގޭ ބަންދުގެ އަދަބަށް ބަދަލު ކުރެވޭނީ ކްރިމިނަލް ކޯޓަށް ނުވަތަ އެ މައްސަލައެއް ނިންމި މެޖިސްޓްރޭޓް ކޯޓަކަށެވެ.

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށްތަކުގައި ވެސް އުމުރަށް ޖަލަށްލުމާ އެކު، އެއް ލައްކަ ރުފިޔާއިން 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދުން ޖޫރިމަނާ ކުރެ އެވެ. އެފަދަ މައްސަލަތަކުގައި ފައިސާ ނުދެއްކިޔަސް، އަދަބު ބޮޑުވުމުގެ ފުރުސަތެއް ނޯވެ އެވެ.