Roadha Mihaaru
ދީނަށް ފުރައްސާރަކުރުން އިތުރަށް ބަޔާންކުރާ ބިލެއް

ދީނަށް ފުރައްސާރަ ކުރުމުގެ ކުށް އިތުރަށް ބަޔާންކުރަން ސަރުކާރުން ބިލެއް ހުށަހަޅަނީ

01 ޖޫން 2021

އިސްލާމްދީނަށް ފުރައްސާރަކުރުމުގެ ކުށް އިތުރަށް ތަފްސީލުކޮށް ގާނޫނުލް އުގޫބާތު އިސްލާހު ކުރުމަށްޓަކައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅަން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިސްލާމްދީނަށް ފުރައްސާރަކުރުމުގެ ކުށް އިތުރަށް ތަފްސީލުކޮށް ގާނޫނުލް އުގޫބާތު އިސްލާހު ކުރުމަށްޓަކައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅަން ނިންމައިފި އެވެ.

މުސްލިމަކާ ދިމާލަށް ކާފިރެކޭ ބުނުމަކީ ކުށެއްގެ ގޮތުގައި ހެދުމަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެންނަން ސަރުކާރުން މަޖިލީހަށް ކުރިން އޮތީ ހުށަހަޅައިފަ އެވެ. އެ ބިލަކީ އިސްލާމްދީނަށް ފުރައްސާރަކުރާ މީހުން ހިމާޔަތްކުރާ ބިލެއް ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް އެ ދަނީ އަމާޒުވަމުންނެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގަ ބުނީ ގާނޫނުލް އުގޫބާތަށް އިތުރު އިސްލާހެއް ގެނައުމުގެ ބިލެއް މަޖިލީހަށް ފޮނުވުމަށްޓަކައި ރައީސް އޮފީހަށް ފޮނުވާފައިވާނެ ކަމަށެވެ. އެ ބިލަކީ އިސްލާމްދީނާ ދެކޮޅު އަމަލުތައް އިތުރަށް ތަފްސީލުކޮށް އިސްލާމްދީނަށް ފުރައްސާރަކުރުމުގެ ކުށް އިތުރަށް ސާފުކޮށް ބަޔާންކުރާނެ ބިލެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

އެގޮތުން މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެ ނޫން ގޮތަކަށް ވެސް އިސްލާމްދީނަށް ފުރައްސާރަ ކުރާ ފަދަ ބަހެއް ނުވަތަ އަމަލެއް ކުރުމަކީ ކުށެއް ކަމަށް ބަޔާންކުރަން އެ ބިލުގައި ހިމަނާފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

ސަރުކާރުގެ ފަރާތުން ކުރިން ހުށަހެޅި ބިލް އޮތްގޮތުން މުސްލިމަކާ ދިމާލަށް ކާފަރެއް ކަމަށް ނުވަތަ އެއީ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ބުނުމަކީ ކުށެއްގެ ގޮތުގައި ހިމަނަން އޮތީ ހުށަހަޅައިފަ އެވެ.