02 ޖޫން 2021
އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުން ކުށެއްގެ ގޮތުގައި ކަނޑައަޅަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް އޮޮތްގޮތުން ހަމަޖެހުން ގާއިމު ކުރަން ހުރަސް އެޅޭނެ ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.
އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުން ކުށެއްގެ ގޮތުގައި ކަނޑައަޅަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް އޮޮތްގޮތުން ހަމަޖެހުން ގާއިމު ކުރަން ހުރަސް އެޅޭނެ ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.
ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލުގައި ވަނީ މުސްލިމަކާ ދިމާއަށް ކާފަރެއް ކަމަށް ބުނުމާއި ވަކި މީހަކީ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމުގެ އިތުރުން އިސްލާމީ އަގީދާއާ ގުޅުވައިގެން މީހަކާ މެދު ނަފްރަތު އުފެއްދުމަކީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށެވެ. އެ ބިލަށް ގިނަ ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ.
އަދާލަތު ޕާޓީން މިއަދު ނެެރުނު ބަޔާނުގައި ވަނީ ދީނީ އިލްމުވެރިންނާއި ޖަމިއްޔާތަކާއި ދީނާ ގުޅުން ހުރި ކަންކަމުގައި ބަސް ބުނުމުގެ ފުރުސަތު ގެއްލޭނެ ކޮންމެ ފިޔަވަޅަކީ ރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށެވެ. ސަރުކާރުން ހުށަހެޅި ބިލް އޮތްގޮތުން މުޖުތަމައުގެ ހަމަޖެހުން ގާއިމު ކުރަން ހުރަސް އެޅޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
އަދާލަތު ޕާޓީން ބުނިގޮތުގައި، އެ ބިލާ މެދު އެ ޕާޓީގެ ކަންބޮޑުވުންތައް ސަރުކާރާ ހިއްސާކޮށް، ހައްލު ހޯދުމަށާއި އިސްލާމްދީނުގެ އެންމެ މަތީ މަސްލަހަތަށް ރިއާޔަތް ކުރުމާ އެކު، ބައިނަލްއަގްވާމީ ޖަމާއަތްތަކުން ބަލައިގެންފައިވާ ހަމަތަކަށް އެކަން ކުރަން ގޮވައިލަ އެވެ.
އެ ބިލަށް ގިިނަ ފާޑުކިޔުންތަކެއް އަމާޒުވަމުން ދަނިކޮށް ސަރުކާރުން ވަނީ އިތުރު ބިިލެއް މަޖިލީހަށް ފޮނުވަން ނިންމައިފަ އެވެ. އެއީ އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ ކުށް އިތުރަށް ބަޔާންކުރާ ބިިލެެކެވެ.
ޔޯގާއަކީ ކުފުރެއް، އެކަން ހުއްޓުވައިދޭން އަދާލަތުން އެދިއްޖެ
މޫނު ބުރުގާ އަޅާ ޓީޗަރުންނަށް ހުރަސް ނާޅަން އެދެފި
އަނބިމީހާއަށް ޒިނޭގެ ތުހުމަތުކުރި މީހާ ސަލާމަތެއް ނުވި
ޑީއެންއޭއިން ޒިނޭ ސާބިތުވުން: ބޮޑު ބަހުސަކަށް ނިމުން!
ނަފުރަތުގެ ބިލަށް އިސްލާމިކް މިނިސްޓަރުގެ ކަންބޮޑުވުން
ދީނަށް ފުރައްސާރަކުރުން އިތުރަށް ބަޔާންކުރާ ބިލެއް
އަނިޔާވެރިކަމަށް ގޮވާލާ ނަމަ ފިޔަވަޅުއަޅާނެ: އިމްރާން
ސައިބާ ކްރައިމް ކުށަކަށް ހެދުމުގެ ބިލް ފާސްކޮށްފި
ބައުންސްވި ޗެކެއްގެ ފަހަތުން ދައުލަތް: ބޭނުމަކީ ކޮބާ؟
ގާނޫނު ލިޔެފައި އޮތީ މަރުގެ އަދަބު ނުދެވޭ މިންވަރަށް