ރާއްޖޭގައި މިހާތަނަށް މެދުނުކެނޑި 20 އަހަރު ވަންދެން ހިންގި ކަމުގެ ޝަރަފު ލިބޭ ދެ ޕާޓީގެ ތެރޭގައި ހިމެނޭ އަދާލަތު ޕާޓީ ދެން ވެސް ދެމިއޮންނާނީ އަދުލު އިންސާފުގެ މަތީގައި ސާބިތުވެ، ހައްގަށް ނަސްރުދޭ ޕާޓީއެއްގެ ގޮތުގައި ކަމަށް އެ ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި މިހާތަނަށް މެދުނުކެނޑި 20 އަހަރު ވަންދެން ހިންގި ކަމުގެ ޝަރަފު ލިބޭ ދެ ޕާޓީގެ ތެރޭގައި ހިމެނޭ އަދާލަތު ޕާޓީ ދެން ވެސް ދެމިއޮންނާނީ އަދުލު އިންސާފުގެ މަތީގައި ސާބިތުވެ، ހައްގަށް ނަސްރުދޭ ޕާޓީއެއްގެ ގޮތުގައި ކަމަށް އެ ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި މިހާރު އޮތް އެމްޑީޕީ އަށް ފަހު ދެވަނަ އަށް ރާއްޖޭގައި އުފެއްދި ޕާޓީ، އަދާލަތަށް މިއަދު 20 އަހަރު ފުރުމާ ދިމާކޮށް ދެއްވި ހިތާބެއްގައި އިމްރާން ވިދާޅުވީ، ރައްޔިތުން ބިކަވެ، ނިކަމެތިވާ ކޮންމެ ދަނޑިވަޅެއްގައި އަދާލަތު ޕާޓީ އޮންނާނީ ފަސްނުޖެހި ރައްޔިތުންނާ އެކު ކަމަށެވެ.
ދީނީ ގިނަ އިލްމުވެރިންތަކެއް މިހާރު ވެސް އިސްވެ ތިއްބެވި އަދާލަތު ޕާޓީގެ މާޒީ އަށް ބައްލަވަމުން އިމްރާން ވިދާޅުވީ، އެ ޕާޓީން ވާނީ ވެރިކަމުގެ ސިޔާސަތު ތަޣައްޔަރުވެ، ސިޔާސީ ޖައްވު ކިލަނބުވެ ފަސާދަވެ، ގިނަ ރައްޔިތުންގެ ހައްގާއި މަސްލަހަތު ގެއްލޭ ކޮންމެ ހިނދަކު ރައްޔިތުންގެ ދިފާއުގައި ތެދުވެ، ސާބިތުކަމާ އެކު އިސްސަފުގައިމަސައްކަތް ކޮށްފައި ކަމަށެވެ.
"އާދެ! މިއަދު އަދާލަތު ޕާޓީގެ މެންބަރުން އެންމެ އުފާކޮށް ފަހުރުވެރިވާންވީ ކަމަކީ ވޭތުވެދިޔަ 20 އަހަރު މެދުކެނޑުމެއް ނެތި ރާއްޖެ އަށް ހިދުމަތް ކޮށްފައިވާ ހަމައެކަނި ދެ ޕާޓީގެ ތެރެއިން އެއް ޕާޓީއަކީ އަދާލަތު ޕާޓީ ކަމުގައި ވާތީ،" އެމްޑީޕީގެ ދެވަނަ ވެރިކަމަށް ފަހު ކުރިމަތިވި ބޮޑު ނާކާމިޔާބީއާ އެކު، ތައިލެންޑުގައި ވިޔަފާރިއެއް ފައްޓަވައިގެން އުޅުއްވާ އިމްރާން ވިދާޅުވި އެވެ.
އެމްޑީޕީގެ ދެވަނަ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ވެސް ކުރެއްވި އިމްރާން ވިދާޅުވިގޮތުގައި، އޮގަސްޓް 18، 2005 ގައި އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި އަދާލަތު ޕާޓީ ރަޖިސްޓަރީ ކުރީ އިސްލާމް ދީނުގެ އަގުތަކުގެ މައްޗައް ބިނާކޮށް، ސިޔާސީ ޕާޓީއެއް އުފެއްދުމާ މެދު އިލްމުވެރިންގެ މެދުގައި ވަރަށް ފުޅާކޮށް މަޝްވަރާ ކުރުމަށް ފަހު އެވެ. އެއީ ގިނަ އަދަދެއްގެ އިލްމުވެރިންނާއި މަދަނީ ތައުލީމުގެ ބޭފުޅުން ގުޅިގެން ކުރެއްވި މަސައްކަތް ކަމަށް އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ، މިދިޔަ 20 އަހަރު ރާއްޖޭގައި ހިންގި ކޮންމެ ބޮޑު ހަރަކާތެއްގައި އަދާލަތު ޕާޓީ ވާނީ މުހިންމު ދައުރެއް އަދާކޮށްފައި ކަަމަށެވެ. އަދި އެ ޕާޓީގެ ފަރާތުން އިޖުތިމާއީ، ދީނީ، އިސްލާހީ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
"މިއިން ކޮންމެ ކަމެއް ކާމިޔާބު ވެފައި ވަނީ އަދާލަތު ޕާޓީގެ އިހުލާސްތެރި މެންބަރުންގެ މިންނެތް މަސައްކަތުން،" އޭނާ ވިދާޅުވި އެވެ.
އަދާލަތު ޕާޓީއަކީ ފިކުރީ ބޮޑު މުއައްސަސާއެއް: އިމްރާން
ޝަހީމްގެ ރައްދު އިމްރާނަށް: ކެބިނެޓު ދޫކުރާކަށް ނުޖެހޭ
ކޯލިޝަން ރޫޅާލަން ފަހެއް ނުޖެހޭނަން: އިމްރާން
އަދާލަތުގެ ރައީސަކަށް އަނެއްކާ ވެސް އިމްރާން
އަދާލަތު ޕާޓީ ފޮހެލަން ބަޔަކު މަސައްކަތްކުރޭ: އިމްރާން
އަދާލަތުގެ ރައީސްކަމަށް އިމްރާނާއި ޒާހިރު
ލީޑަރުންގެ އެއްބަސްވުން "ސިއްރު"؟!
އިބޫ، އިމްރާންއާ ބައްދަލު ކުރައްވައިފި
އިދިކޮޅު ކެންޑިޑޭޓެއް ދައްކާނީ ކޮން އިރަކުން؟
"ވެރިކަން ދަމަހައްޓަނީ ލީޑަރުން ގޮޅިއަށް ލައިގެން"