އަދާލަތު ޕާޓީގެ ރައީސްކަމުގެ މަގާމަށް އަނެއްކާ ވެސް ވާދަކުރައްވަނީ، އެ ޕާޓީ އަށް ނުފޫޒު ފޯރުވައި، ވުޖޫދުން ފޮހެލަން ބަޔަކު މަސައްކަތް ކުރަމުންދާތީ އެ ފުރުސަތު ނުދިނުމަށް ކަމަށް އަދާލަތު ޕާޓީގެ މިހާރުގެ ވެސް ރައީސް އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
25 ޖެނުއަރީ 2021
އަދާލަތު ޕާޓީގެ ރައީސްކަމުގެ މަގާމަށް އަނެއްކާ ވެސް ވާދަކުރައްވަނީ، އެ ޕާޓީ އަށް ނުފޫޒު ފޯރުވައި، ވުޖޫދުން ފޮހެލަން ބަޔަކު މަސައްކަތް ކުރަމުންދާތީ އެ ފުރުސަތު ނުދިނުމަށް ކަމަށް އަދާލަތު ޕާޓީގެ މިހާރުގެ ވެސް ރައީސް އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުގެ ކޯލިޝަންގެ އެއް ޕާޓްނަރު އަދާލަތު ޕާޓީގެ ރައީސްކަމަށް ވާދަކުރައްވާ އިމްރާންގެ ކެމްޕެއިން އިފުތިތާހު ކުރުމަށް ސޯލްޓް ކެފޭގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ ސިޔާސީ މަސްރަހަށް ކުރާ އަސަރުތަކާއި ލޮޅުންތަކާ އެކު ބައެއް ކަހަލަ ނުފޫޒުތައް އަދާލަތު ޕާޓީގެ ތެރެއަށް ވަންނަމުންދާ ކަމަށާއި ޕާޓީގެ ސަފުތައް ބައިބައިކުރަމަށް ވެސް ބަޔަކު މަސައްކަތް ކުރާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، އަދާލަތު ޕާޓީގެ އެތެރޭގެ ކަންކަން ބައެއް ފަރާތްތަކުން ބޭނުންވާ ގޮތަށް ނުދާތީ ޕާޓީ "ކުޑަކޮށްލައި" ބަލިކަށި ކުރަން ވެސް މަސައްކަތް ކުރަމުންދެ އެވެ.
"މި މަންޒަރު ވަރަށް ސާފުކޮށް ފެންނަން ނެތް ނަމަ މި ވަގުތަކު ޕާޓީގެ ރައީސްކަން ކުރާކަށް ނުނިކުތީސް. އެހެން ނަމަވެސް މި ޕާޓީ ބަލިކަށިކޮށް ނިކަމެތިކޮށް ޕާޓީ ވުޖޫދުން ފޮހެލުމަށް އެހެން ބަޔަކު ފޫގަޅައިގެން މަސައްކަތްތަކެއް ކުރަމުން ބާރަށް ނުކުންނާތީ އޭގެ ކުރިމަތީގައި ސާބިތުކަމާ އެކީ ހުރުމަށް އަޅުގަނޑު އިރާދަކުރެއްވިއްޔާ ނިޔަތް ގަނެގެން މި ހުރީ ނުކުމެގެން،" ހޯމް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވާ އިމްރާން ވިދާޅުވި އެވެ.
އަދާލަތު ޕާޓީ ވުޖޫދުން ފޮހެލަން އުޅޭ ކަމަށް އިމްރާން ތުހުމަތުކުރައްވާއިރު، މި ފަހުން އެ ޕާޓީއާ ގުޅޭ ގިނަ މައްސަލަތަކެއް ބައެއް އާންމު މެންބަރުން ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ދައުރު ހަމަވި އިރު ވެސް އިންތިހާބެއް ނުބާއްވައި، އިމްރާން މަގާމުގައި ދެމިހުންނެވުމާއި ޕާޓީގެ އަސާސީ ގަވައިދަށް ގޯސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ ޝަކުވާތައް ހިމެނެ އެވެ.
އަދާލަތު ޕާޓީގެ އިންތިހާބު އޮންނާނީ އަންނަ އާދީއްތަ ދުވަހު އެވެ. އެ ޕާޓީގެ ރައީސްގެ މަގާމަށް އިމްރާންގެ އިތުރުން ދެން ވާދަކުރައްވަނީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ އެވެ.
ޝަހީމްގެ ރައްދު އިމްރާނަށް: ކެބިނެޓު ދޫކުރާކަށް ނުޖެހޭ
ކޯލިޝަން ރޫޅާލަން ފަހެއް ނުޖެހޭނަން: އިމްރާން
އަދާލަތުގެ ރައީސަކަށް އަނެއްކާ ވެސް އިމްރާން
އަދާލަތުގެ ރައީސްކަމަށް އިމްރާނާއި ޒާހިރު
ލީޑަރުންގެ އެއްބަސްވުން "ސިއްރު"؟!
އިބޫ، އިމްރާންއާ ބައްދަލު ކުރައްވައިފި
އިދިކޮޅު ކެންޑިޑޭޓެއް ދައްކާނީ ކޮން އިރަކުން؟
"ވެރިކަން ދަމަހައްޓަނީ ލީޑަރުން ގޮޅިއަށް ލައިގެން"
ރައީސަކު ނެތް ކަމަށް ބުނުމުން އަދާލަތުން ރައްދުދީފި
"ނަޝީދާއި އިމްރާނަކީ ޕާޓީގެ ރައީސުންނެއް ނޫން"