18 އޯގަސްޓް 2021
އިސްލާމްދީނާއި ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް ކިރިޔާ ވެސް ބުރޫއަރާ ފަދަ ކަމެއް މި ސަރުކާރުން ކުރާ ނަމަ، ސަރުކާރު ހިންގާ ކޯލިޝަނާއެކު ނުހުންނަވާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
އިސްލާމްދީނާއި ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް ކިރިޔާ ވެސް ބުރޫއަރާ ފަދަ ކަމެއް މި ސަރުކާރުން ކުރާ ނަމަ، ސަރުކާރު ހިންގާ ކޯލިޝަނާއެކު ނުހުންނަވާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
އަދާލަތު ޕާޓީ އުފެއްދިތާ 16 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ 2005 ގައި ސިޔާސީ ޕާޓީތައް އުފެދިގެން އަންނަން ފެށީއްސުރެ ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަމަޖެހުމެއް ނުވަތަ ހިމޭން ކަމެއް ވެސް ނެތް ކަމަށެވެ. އެގޮތުން ކޮންމެ ފަހަރަކު ސަރުކާރެއް އުފެދި މަދު ދުވަސްކޮޅެއްގެ ތެރޭގައި ސަރުކާރުގެ ތެރޭގައި ބައިބައިވުން އުފެދި ކޯލިޝަންގެ ބައިވުމުގެ ނަތީޖާއަކީ ރައްޔިތުންނަށް ތަކުލީފުތަކެއް އުފުލަން ޖެހުން ކަމަށް އިމްރާން ވިދާޅުވި އެވެ.
މި ސަރުކާރު ވެރިކަމަށް ގެންނަން ބުރަ މަސައްކަތްތަކެއް ކުރެއްވި އިމްރާން ވިދާޅުވި ގޮތުގައި އެހެން ނަމަވެސް މި ފަހަރުގެ ސަރުކާރުގެ ތަފާތެވެ. ހާއްސަކޮށް، މި ސަރުކާރު ހިންގާ ކޯލިޝަނާއެކު ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ވާހަކަފުޅު އިމްރާން ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ، މި ސަރުކާރުން އިސްލާމްދީނާއި މިނިވަންކަމަށް ރައްކާތެރިވެ، ރައްޔިތުންނަށް ހިދުމަތްކުރާ ނަމަ ސަރުކާރާ އިންޗިއެއް ވެސް ދުރަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އެކަމަކު އެ އަސާސްތަކާ ހިލާފުވެއްޖެ ނަމަ، ކޯލިޝަން ރޫޅައިލަން ނުކުންނަވާނެ ކަމުގެ އިންޒާރު ދެއްވި އެވެ.
"...އެހެން ނަމަވެސް މި ދެންނެވި އަސާސްތަކުން ފަހަތަށް ޖެހިލައިފި ހިނދަކު މި ކޯލިޝަން ރޫޅައިލަން ދެކޮޅަށް މަސައްކަތް ކުރުމަށް އަދާލަތު ޕާޓީން ފަހަރެއްގައި ވެސް ފަހަތަށް ނުޖެހޭނަން،" ރާއްޖޭގައި މިވަގުތު އޮތް އެންމެ ދުވަސްވީ ކޯލިޝަން ސަރުކާރު ރޫޅާލާ ނަމަ ރޫޅާލާނެ ސަބަބު ބަޔާންކުރައްވަމުން އިމްރާން ވިދާޅުވި އެވެ.
މި ސަރުކާރުން ގައުމުގެ މިނިވަންކަމާއި ސިޔާދަތު ބޭރު ބަޔަކަށް ދީފައިވާ ކަމުގެ ތުހުމަތު އިދިކޮޅުން ކުރަމުން ދިޔަ ނަމަވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން އެކަން ދޮގުކުރެ އެވެ.
އިމްރާން ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި އަދާލަތު ޕާޓީގެ ދައުރު ވެސް ވަރަށް މުހިއްމު ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި އެ ޕާޓީން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތަށް ޕާޓީ އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަމަށާއި ޕާޓީގެ އެންމެ ހައިބަތާ އެކު ފައިމައްޗަށް ތެދުވަން ޖެހޭ ކަމަށް ވިދާޅުވެ އެވެ.
އިމްރާން ވިދާޅުވިގޮތުގައި އެކަމަށް ތައްޔާރުވުމުގެ މަސައްކަތްތައް ވެސް ޕާޓީގެ އެތެރޭގައި ކުރިއަށް އެބަދެ އެވެ. އެކަމަކު އެ މަސައްކަތުގެ އިތުރުން ޕާޓީ އަށް އަލަށް ގުޅޭ މީހުންނަށް ފުރުސަތުތައް ފަހިކޮށްދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ، ޕާޓީގެ މެމްބަރުންނާ އެކު ކުރިއަށް ދިޔުމުގައި އޭނާ އަދާކުރައްވަނީ ފުޓުބޯޅަ ޓީމެއްގެ ކޯޗެއްގެ ދައުރު ކަމަށެވެ. އެއީ ޕްރެކްޓިސްގައި ގިނަ ކުޅުންތެރިން ތިބި ނަމަވެސް ދަނޑަށް ކުޅެން ނެރޭނެ ކުޅުންތެރިން ކަނޑައެޅުމުގެ ދައުރު ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕްރެކްޓިސްގެ މުއްދަތުގައި އެ ދައްކާ ހިތްވަރަކާއި އުފައްދާ އުފެއްދުންތެރިކަމާއި ނެރޭ ނަތީޖާ އަށް ބެލުން. އެ ބޭފުޅެއްގެ އިލްމާއި ގާބިލްކަމާއި ހުނަރުން އަޅުގަނޑުގެ ފަރާތުން އެހީ ލިބޭނެ،" އިމްރާން ވިދާޅުވި އެވެ.
އިބޫ، އިމްރާންއާ ބައްދަލު ކުރައްވައިފި
އިމްރާންގެ އިތުބާރުނެތްކަމަށް ފާހެއް ނުވި
އިމްރާންގެ މައްސަލަ އެޖެންޑާކުރަން ނިންމައިފި
ވަކިވަކިން އެއްބަސްވެފައިވާ އެއްބަސްވުމެއް އެބައޮތް
ހައްދުތަކާ ދެކޮޅުވުމަކީ ދީނަށް ގޮންޖެހުން: އިލްޔާސް
އާ ސަރުކާރު: އުއްމީދުތައް ހާސިލްވެދާނެތަ؟
ލީޑަރުންގެ ނަޒަރުގައި އިބޫގެ ތަފާތަކީ..
އިބޫއަށް އެންމެ މަތީ މަޝްވަރާ އަރުވާނީ ހަތަރު ލީޑަރުން
ވެރިކަން ނުފެށޭ، ކޭކު ފޮތިކުރުމާއި ކޭކު މިލްކު ކުރުން
ލީޑަރުންގެ އެއްބަސްވުން "ސިއްރު"؟!