18 ސެޕްޓެމްބަރ 2016
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނި އަތުން 160 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން އެމްއެމްޕީއާރުސީން ސިވިލް ކޯޓުގައި ދައުވާކޮށްފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނި އަތުން 160 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން އެމްއެމްޕީއާރުސީން ސިވިލް ކޯޓުގައި ދައުވާކޮށްފި އެވެ.
އެސްއޯއެފް އަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ގާތް ގުޅުމެއް އޮންނަ އަދި މިހާރު ފިލައިގެން ރާއްޖެއިން ބޭރުގައި އުޅެމުންދާ މުހައްމަދު އައްލާމް ލަތީފް (މޮހޯ) ގެ ހިއްސާ އޮތް ކުންފުންޏެވެ. އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށް އެކި ފަރާތްތަކަށް ބަހާފައިވަނީ އެސްއޯއެފްގެ އެކައުންޓުންނެވެ.
އެސްއޯއެފްގެ އަތުން ހޯދަން އެމްއެމްޕީއާރުސީން ދައުވާކުރަނީ އެ ދެ ކުންފުނީގެ ދެމެދުގައި ހެދިފައި އޮތް އެއްބަސްވުމުގެ ދަށުން އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ 10.3 މިލިއަން ޑޮލަރު (158 މިލިއަން ރުފިޔާ) އާއި އެމްއެމްޕީއާރުސީން އެސްއޯއެފަށް ދޫކުރި ހަތަރު ލައްކަ ޑޮލަރު( 6.1 މިލިއަން ރުފިޔާ) އެކީ އެއްފަހަރާ ހޯދުމަށެވެ.
މީގެ އިތުރުން އެ ދެ ކުންފުނީގެ ދެމެދުގައި އޮތް އެއްބަސްވުން އުވާލަން ވެސް ދައުވާގައި އެމްއެމްޕީއާރުސީން އެދިފައިވެ އެވެ.
މީގެ ދުވަސްކޮޅެއް ކުރިން އެމްއެމްޕީއާރުސީން ކޯޓަށް މައްސަލަ ހުށަހެޅުމުން، ދެ ފަރާތުގެ ދެމެދުގައި ސުލްހަވެރި ހައްލެއް ލިބޭތޯ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަންގެ ޑިވިޝަނުން މަސައްކަތް ކުރުމުން އެކަމެއް ނުވި އެވެ. އެހެންވެ މިހާރު އެ މައްސަލަ އޮތީ ޝަރީއަތް ހިންގުމަށްޓަކައި ކޯޓުގެ ފައިސާގެ ބޮޑެތި މައްސަލަ ބަލާ ޑިވިޝަންގަ އެވެ.
ރަށްތަކާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ 1.22 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އެސްއޯއެފް އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ވަނީ އަމިއްލަ އެކި ފަރާތްތަކަށް ބަހައިފަ އެވެ. އޭގެ ތެރެއިން ފަސް މިލިއަން ޑޮލަރަކަށް ޚިޔާނާތްތެރިވި މައްސަލާގައި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި އަދީބާއި ވިޔަފާވެރިޔާ ހާމިދު އިސްމާއިލް ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް އަންނަނީ ބަލަމުންނެވެ.
ދެމިލިއަންޑޮލަރުގެ ދައުވާ އެމްއެމްޕީއާރުސީއަށް ނާކާމިޔާބު
އަދީބު ހުށަހެޅީ ޖޫރިމަނާ ފައިސާ ބަހާލައިގެން ދައްކަން
އަދީބު، ތަހުގީގަށް އޭސީސީއަށް ހާޒިރުކޮށްފި
އާރަށް މައްސަލަ: ޔާމީނާއި އަދީބުގެ ކޯލް ރިކޯޑިންތަކެއް
މަހްލޫފްގެ މައްސަލަ: ވައިބަ މެސެޖްތަކަކާ މެދު ސުވާލު
މަހްލޫފްގެ މައްސަލައަށް މިވީ ކިހިނެއް؟
މަހްލޫފްގެ މައްސަލަ: މަސްލަހަތު ފުށުއަރާތަ؟
އިއުތިރާފަކީ ފައިދާއެއްތަ؟ ގެއްލުނު ފައިސާ ކޮބާ؟
ޝަރީއަތް ނިމެންދެން އަދީބު ބަންދަށް
30 މީހެއްގެ މައްސަލަ ބާރަށް ކުރިއަށްދޭ: ޕީޖީ