Roadha Mihaaru
ޖޭޕީން އުތުރާއި ދެކުނަށް ކެމްޕެއިން މެނޭޖަރުން

ޖޭޕީން އުތުރާއި ދެކުނަށް ކެމްޕެއިން މެނޭޖަރުން އައްޔަންކޮށްފި

14 މެއި 2023

ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކެމްޕެއިން ރާއްޖޭގެ އެކި ހިސާބުތަކުގައި ފެށުމުގެ ގޮތުން ރާއްޖޭގެ އުތުރާއި ދެކުނަށް ކެމްޕެއިން މެނޭޖަރުން އައްޔަން ކުރައްވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކެމްޕެއިން ރާއްޖޭގެ އެކި ހިސާބުތަކުގައި ފެށުމުގެ ގޮތުން ރާއްޖޭގެ އުތުރާއި ދެކުނަށް ކެމްޕެއިން މެނޭޖަރުން އައްޔަން ކުރައްވައިފި އެވެ.

ގާސިމްގެ ސްޕެޝަލް ޕޮލިޓިކަލް އެޑްވައިޒަރު ރިޔާޒު ރަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފެށުމަށް ރާއްޖެ ދެބަޔަކަށް ބަހާލައި އުތުރާއި ދެކުނަށް، ކެމްޕެއިން މެނޭޖަރުން ހަމަޖެއްސީ މިއަދު ކަމަށެވެ.

ކެމްޕެއިން މެނޭޖަރުންގެ ގޮތުގައި އައްޔަންކުރައްވާފައިވާ ދެ ބޭފުޅުންނަކީ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމާއި ސްޕެޝަލް އެންވޯއީގެ މަގާމުގައި ހުންނެވި އިލްހާމް އަހުމަދެވެ. އެއީ އުތުރަށް އަމީން އަދި ދެކުނަށް އިލްހާމެވެ.

އެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު އިލްހާމް ކުރެއްވި ޓްވީޓެއްގައި ވަނީ ރިޔާސީ ކެމްޕެއިން މެނޭޖަރަކަށް އޭނާ ހަމަޖެއްސެވުމުން ގާސިމަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ގާސިމް ވެރިކަމަށް ގެނައުމުގެ ގަދައަޅައި މަސައްކަތްކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައި، ކެމްޕެއިން ފެށުމަށް ތައްޔާރުވެފައިވާއިރު އެ ޕާޓީން އަންނަނީ އިތުރު ޕާޓީތަކާ އެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރަމުންނެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ތެރެއިން އުފައްދަވައިގެން އުޅުއްވާ "ފިކުރެއްގެ ދިރުން" ހަރަކާތާ އެކު ވެސް މި މަޝްވަރާތައް ކުރިއަށް ގެންދެ އެވެ.

އެކަމަކު އިދިކޮޅު ޕީޕީއެމާއި އެމްއެންޕީން ވެސް ބުނެފައި ވަނީ އެއްވެސް ޕާޓީއެއްގެ ފަހަތަށް އަރަން ބޭނުންނުވާ ކަމަށެވެ.