Roadha Mihaaru
ރައީސް ފަހަތަށް އެރީ ބިރުވެރިކަމަށް ދާން ބޭނުން ނުވާތީ

ރައީސް ފަހަތަށް މިއެރީ، އަނިޔާވެރިކަމުގެ އެންމެ ޗެޕްޓަރެއް ވެސް ބޭނުން. ނުވާތީ: ޑރ. އަމީން

24 ސެޕްޓެމްބަރ 2023

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންޑޯޒް ކުރައްވަން ނިންމެވީ އަނިޔާވެރިކަމުގެ އެންމެ ޗެޕްޓަރަކަށް ވެސް އެނބުރި ދާން ބޭނުން ނުވާތީ ކަމަށް ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ރަނިންމޭޓް، ޑރ. އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންޑޯޒް ކުރައްވަން ނިންމެވީ އަނިޔާވެރިކަމުގެ އެންމެ ޗެޕްޓަރަކަށް ވެސް އެނބުރި ދާން ބޭނުން ނުވާތީ ކަމަށް ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ރަނިންމޭޓް، ޑރ. އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޖޭޕީގެ ނައިބު ލީޑަރު އަމީން، ރައީސްގެ ކެމްޕޭނާ ގުޅިވަޑައިގެން ރޭ ވިދާޅުވީ ބިރުވެރިކަމާއި ނާމާންކަން މި ރާއްޖޭގައި އިޔާދަވާން އެދިވަޑައިނުގަންނަވާ ކަމަށެވެ. އިސްލާހީ މަސައްކަތުގައި އޭނާ ވެސް އުޅުއްވީ އެ މަގަށް އެނބުރި ނުދާން ކަމަށް، ޕީޕީއެމްގެ ވެރިކަމުގައި ހައްޔަރުކޮށް ޖަލަށް ލާފާނެ ކަމުގެ ބިރަށް، ގައުމު ދޫކުރައްވައި އިނގިރޭސިވިލާތަށް އަމިއްލައަށް އަރުވާލެވިގެން ހުންނަވަން މަޖުބޫރުވެވަޑައިގަތް އަމީން ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އަމީނަށް ވެސް ތުހުމަތުތަކެއް ކުރީ، މޭޑޭ މުޒާހަރާއާ ގުޅިގެންނެވެ.

އަމީން ވިދާޅުވީ މި އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި އިރު ރާއްޖޭގެ މިނިވަންކަމުގެ މައްސަލާގައި އުފައްދާ ޝައްކުތަކާ ހެދި ރައީސަށް އަމާޒުކޮށް ވެސް ވާހަކަތައް ދެއްކެވި ކަަމަށެވެ. ހައްދެއް ނެތް މިންވަރަށް އޭރު އެ ވާހަކަތައް ދެކެވި، އެގޮތަށް އެރު މަސައްކަތް ކުރެއްވީ ލިބިފައި ހުރި މައުލޫމާތުތަކުގެ މައްޗަށް ބަލައި ކަމަށް އޭނާ ވިދާޅުވި އެވެ.

ކެމްޕޭނާ ގުޅިވަޑައިގަތުމުގެ ކުރިން ތިން ކަމެއްގެ ކަށަވަރު ކަމަށް އެދިވަޑައިގަތް ކަމަށާއި އަނބުރާ އެ ޝައްކު އުފައްދަން ނުޖެހޭ ވަރަށް ރައީސް ކަށަވަރު ކަން ދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ. ސަރުކާރު ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތް ކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

"މިރޭ އެމަނިކުފާނު އެ ކަށަވަރުކަން އެ ދެއްވީ. މިއީ އަޅުގަނޑު މިތަނަށް އައި އެއް ސަބަބަކީ. ދެވަނަ ކަމަކީ ބޭރުގެ ނުފޫޒުތަކުގެ ބާރުން ސަލާމަތްވުން، އެއާއެކު އެކީގައި ހާރިޖީ ގުޅުންތަކުގައި ހަމަހަމަކަމާއި އިންސާފު ގާއިމްވެގެން ދިއުން، އެ ކަށަވަރުކަން ވެސް ދެއްވައިފި،" އޭނާ ވިދާޅުވި އެވެ.

އަމީން ވިދާޅުވި ގޮތުގައި ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ އާއްމު ހާލަތު ރަނގަޅުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރައްވާ މަސައްކަތްޕުޅަކީ ވެސް ތާއީދު ކުރައްވަން ނިންމެވި ސަބަބެކެވެ.

އެހެންކަމުން ރައީސަށް ދެވަނަ ދައުރެއް ކަށަވަރުކޮށްދޭން ރެއިން ފެށިގެން އެންމެ އިސްކޮށް ހުންނަވާނެ އެކަކީ އޭނާ ކަމަށް އަމީން ވިދާޅުވި އެވެ.

"އަމާން ރާއްޖެ އަށް ދިޔުމަށްޓާކައި ފޫގަޅާފައިވާ ފޫގެޅުމުގައި ހަގީގަތްތަކެއް އެބަވޭ. އެ ބިރުވެރިކަމާއި ނާމާންކަމުގެ ތެރެއަށް ބޭނުމެއް ނޫން. ތާރީހު ފަށްފަށް ކުރާ ކަށް ބޭނުމެއް ނޫން. އެއިން އެންމެ ޗެޕްޓަރެއް ވެސް ބޭނުމެއް ނޫން" އަމީން ވިދާޅުވި އެވެ.

"އެކަން އެހެން ދިޔައީ ކީއްވެގެން ކަން އަޅުގަނޑުމެންނަށް އެނގޭ. އަޅުގަނޑުމެންގެ ސަފުތައް ރުކުރުވާލީމާ ތި ބޭފުޅުންނަށް އެނގޭނެ ތަފާތު އަންނަ މިންވަރު، ނަތީޖާ ނެރޭ ގޮތް،" އަމީން ވިދާޅުވި އެވެ.

ރައިސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން ނިންމެވީ ޖޭޕީގެ ކުޑަ ސްކޮޑެއް ނޫން ކަމަށް އަމީން ވިދާޅުވި އެވެ. އިންތިހާބުގެ ފުރަތަމަ ބުރުން ލިބުނު ނަތީޖާ އިން އެ ހިސާބު ޖެހުން ރަނގަޅު ނުވާނެ ކަމަށާއި އެފަހަރު ވެގެން ދިޔަ ގޮތް ވަރަށް ސާފު ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިތަނަށް އައުމާއެކީ ޔަގީން ކަން އަރުވަން އެމްޑީޕީގެ ލޯގޯގައި މި ފެންނަ ތިލަފަތުގެ ދެ ފަރާތް ހަމަހަމަ ކަން ގާއިމް ކުރެވުނީ. ދެން އޮތީ ކުޑަކުޑަ ހިތްވަރެއް ކޮށްލުން ނަތީޖާ ނެރެން. މޮޅުވާން.،" އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ އެމްޑީޕީގެ ޕޯޑިއަމް އަކަށް އަރައި އިސްލާހީ މަސައްކަތުގެ އޭނާ އަލެއް ނޫން ކަމަށާއި 2014 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އެ އިސްލާހީ މަސައްކަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ.

އޭރު އެކުރި މަސައްކަތުގެ ނަތީޖާއަކީ މިއަދު އެމަނިކުފާނު ވެރިކަމުގައި ހުންނެވުން ކަމަށާއި އަލުން އަނބުރާ އުނދަގޫ އަދި ބިރުވެރި ދުވަސްތަކަށް ދާން ބޭނުން ނުވާ ކަމަށް އަމީން ވިދާޅުވި އެވެ.