Roadha Mihaaru
ޖޭޕީގެ މެމްބަރުން މުއިއްޒަށް ތާއީދު ކޮށްދޭން އެދިއްޖެ

ޖޭޕީގެ މެމްބަރުން މުއިއްޒަށް ތާއީދު ކޮށްދޭން ޝަހީމް އެދިވަޑައިގެންފި

17 ސެޕްޓެމްބަރ 2023

މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ޖޭޕީގެ މެމްބަރުންގެ ތާއީދު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ދިނުމަށް ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ އެދިވަޑައިގެންފި އެވެ.

މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ޖޭޕީގެ މެމްބަރުންގެ ތާއީދު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ދިނުމަށް ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ އެދިވަޑައިގެންފި އެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މުއިއްޒާ އެކު ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޝަހީމް އެ ކަމަށް އެދިވަޑައިގަތީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓެއްގެ ފަހަތަށް ނާރަން ޖޭޕީން ނިންމާފައި ވިޔަސް އެ ޕާޓީގެ ނަން ބޭނުން ނުކޮށް، އެ މެމްބަރަކު ރުހޭ ކެންޑިޑޭޓަކަށް ތާއީދު ކުރިޔަސް ނުވަތަ ވޯޓު ދޭން ފެނިވަޑައިގަންނަވާ ކަމަށް ގާސިމް ވިދާޅުވުމާ ގުޅިގެންނެވެ.

އެހެންވެ، ޝަހީމް އެދިވަޑައިގަތީ "ޖޭޕީގެ އެންމެހާ މެމްބަރުން" މުއިއްޒަށް ތާއީދު ކޮށްދިނުމަށެވެ،

"ޖޭޕީގެ އެންމެހާ މެމްބަރުން ޑރ. މުއިއްޒަށް ތާއީދު ކޮށްދެއްވުމަށް ނުހަނު އަދަބު އިހުތިރާމާ އެކު އެދެން. އަޅުގަނޑުމެން އެންމެން ގުޅިގެން މި ގައުމު ތަރައްގީކޮށް، ބިނާ ކުރެވޭނެ،" ޝަހީމްގެ ޓުވީޓުގައި ވެ އެވެ.

މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި 5،460 ވޯޓު ލިބިވަޑައިގެންނެވި ގާސިމް މިރޭ ވިދާޅުވީ، ދެ ވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ޖޭޕީން ނިންމީ މިދިޔަ ދުވަސްތަކުގައި ކޯލިޝަން ހަދައިގެން ތިން ފަހަރަށް ވެސް ލިބުނު ހިތި ނަތީޖާ އަށް ބެއްލެވުމަށް ފަހު ކަމަށެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 101،635 ވޯޓާ އެކު އެއްވަނަ ކެންޑިޑޭޓުގެ ގޮތުގައި ދެ ވަނަ އަށް ދަތުރުކުރެއްވީ މުއިއްޒެވެ. މިހާރުގެ ރައީސް އަދި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ހޯއްދެވުނީ 86،161 ވޯޓެވެ.