27 އޯގަސްޓް 2023
އަރަބި އިސްލާމީ ގައުމުތަކުގެ މީހުން ކައިގެން ތިބިހާ ހިނދަކު ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ދިވެހިން ބަނޑަށް ނުޖެހޭނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.
އަރަބި އިސްލާމީ ގައުމުތަކުގެ މީހުން ކައިގެން ތިބިހާ ހިނދަކު ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ދިވެހިން ބަނޑަށް ނުޖެހޭނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވަން ނިންމެވި ފަހުން ޝަހީމް ބައިވެރިވެވަޑައިގެން ފުރަތަމަ ފަހަރަށް ބޭއްވި ކެމްޕެއިން ޖަލްސާފައި ފުވައްމުލަކުގައި ޝަހީމް ވިދާޅުވީ އަންނަ މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ނިންމާ ނިންމުން ވާނީ ދިވެހިންގެ ގައުމީ ވެރިކަން އިއާދަކުރުމަށް ލިބޭނެ ފަހު ފުރުސަތަކަށް ކަމަށެވެ.
އެކަން ކުރުމަށް ޕާޓީތަކާއި ދިވެހިންގެ މެދުގައި ހުރި ތަފާތުތައް ނައްތާލައި އެކަތިގަނޑަކަށްވެ، މުއިއްޒު ވެރިކަމަށް ގެންނަން މަސައްކަތް ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރަބި ގައުމުތަކުގެ ތެޔޮ ހޮޅިތައް ކާށިދޫ ކަނޑުން ނެރެން ޖެހުނަސް އަޅުގަނޑުމެން އެކަން ކުރާނަން އިރާދަކުރެއްވިއްޔާ. މި ދެންނެވީ ތެޔޮ ހޮޅިތައް ގެންނަ ވާހަކައެއް ނޫން. އަރަބި އިސްލާމީ ގައުމުތަކުގެ ރައްޔިތުން ކައިގެން ތިބިއްޔާ އަޅުގަނޑުމެން ތިބޭނީ ކައިގެން.--- ޝަހީމް
މުއިއްޒާ އެކު ކުރީގެ ދެ ސަރުކާރުގެ ކެބިނެޓުގައި މަސައްކަތް ކުރެެއްވި ޝަހީމް ވިދާޅުވީ، މުއިއްޒަކީ އިލްމީ އަދި ތަޖުރިބާ ލިބިވަޑައިގެންހުންނެވި ބޭފުޅެއް ކަމަށާއި ގައުމު ތަރައްގީ ކުރެވުނީ އެ ސަބަބާ ހުރެ ކަމަށެވެ.
"އެހެންވީ ކަންކަން ވަނީ، ތަރައްގީ ގެނެވުނީ، އިލްމު ހުރި މީހަކާ އިލްމު ނެތް މީހަކާ ތަފާތު ވާނެ. އެހެން މީހަކު ބުނެގެން ކަންކަން ކުރާ މީހަކާ އަމިއްލަ އަށް ކަންކަން ކުރަން އަންގާ މީހަކާ ތަފާތުވާނެ،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ މުއިއްޒުގެ ވެރިކަމެއްގައި ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ކޮމްޕްރޮމައިޒް ވާ ފަދަ ކަންކަން ނުކުރައްވާނެ ކަމަށާއި ގައުމުގެ މިނިވަންކަން ދަމަހައްޓާނެ ކަމަށެވެ. މި ސަރުކާރުން އިންޑިއާއާ އެކު އޮންނަ ގުޅުމަށް ނުސީދާކޮށް ފާޑުވިދާޅުވަމުން އޭނާ ވިދާޅުވީ ބޭރު ގައުމެއްގެ ސްޓޭޓެއްގެ ގޮތުގައި ދިވެހި ގައުމު އޮޕަރޭޓު ކުރުމަކީ ދިވެހި ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ދިވެހި ގައުމު އަނބުރާ ޕީޕީއެމްގެ ސަރުކާރަކުން ހޯދާނެ ކަމަށާއި ގައުމު ބަނޑަށް ނުޖެހޭނެ ކަމަށެވެ.
"އަރަބި ގައުމުތަކުގެ ތެޔޮ ހޮޅިތައް ކާށިދޫ ކަނޑުން ނެރެން ޖެހުނަސް އަޅުގަނޑުމެން އެކަން ކުރާނަން އިރާދަކުރެއްވިއްޔާ. މި ދެންނެވީ ތެޔޮ ހޮޅިތައް ގެންނަ ވާހަކައެއް ނޫން. އަރަބި އިސްލާމީ ގައުމުތަކުގެ ރައްޔިތުން ކައިގެން ތިބިއްޔާ އަޅުގަނޑުމެން ތިބޭނީ ކައިގެން" އަރަބި ގައުމުތަކާ ގާތް ގުޅުމެއް ބާއްވަވާ ޝަހީމް ވިދާޅުވި އެވެ
ޑރ. ޝަހީމް: އޭނާ ވަނީ މުއިއްޒަށް ތާއިދު ކުރައްވައި އެއްބުރުން ހޮވުމަށް ގޮވާލައްވާފައި - ފޮޓޯ: ނިޝާން އަލީ | މިހާރު
އެފްރިކާގެ ގައުމުތަކާއި ދިވެހިން ދުވަހަކު ވެސް ނުދާ ގައުމަކަށް ވިސާއާ ނުލާ ދެވޭ ގޮތް ނުދޭ ގޮތް ހެދުމަކީ ހާރިޖީ ސިޔާސަތު ވަރުގަދަ ވުން ނޫން ކަމަށާއި އެކަން ވަރުގަދަ ވީ ކަމަށް ވާނީ ދިވެހި ޒުވާން ތައުލީމީ މީހުން ބޭރުގެ މުވައްސަސާތަކުގައި ތިބެގެން ކަމަށް ޝަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ދިވެހި ގައުމަށް ރަނގަޅު ގޮތެއް ވެފައިވާ ނަމަ ވެފައި އޮތީ ދިވެހި ޒައާމަތުގައި އިލްމީ ޒުވާން ގާބިލް ބޭފުޅުން ތިބެގެންނެވެ. ފާއިތުވީ 10 އަހަރު ރާއްޖެ އަށް އައި އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މޭސްތިރިއަކީ މުއިއްޒު ކަމުގައި ވެސް ޝަހީމް ވިދާޅުވި އެވެ. ޒުވާނުންނަށް ގައުމު ހިންގޭނެ ކަމުގެ އިތުރު މިސާލެއްގެ ގޮތުގައި ނެންގެވީ ކުރީގެ ރައީސްގެ އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނައިބު ރައީސަކަށް ހުންނެވި ޑރ. މުހައްމަދު ޖަމީލާ އެކު އަރަބި ގައުމުތަކާ ގުޅިގެން ކުރެއްވި މަސައްކަތެވެ.
އެ މަނިކުފާނު [މުއިއްޒު] ވެގެން ދާނީ ދިވެހިރާއްޖޭގެ އުރުދުޣާން އަށް. ގައުމު ތަރައްގީ ކުރައްވާނެ ބޭފުޅަކަށް، ދިވެހިންނަށް މިއަދު ދިމާވެފައިވާ މައްސަލަތައް ހައްލު ކޮށްދެއްވާނެ ވެރިއަކަށް،" ----
"އޭރު އަޅުގަނޑުމެން ދެ މީހުން ވެގެން އެކި ގައުމުތަކަށް ދަތުރުކުރިން، ގަތަރަށް ކުވެއިތަށް ސައުދީ އަރަބިއްޔާ އަށް. އަދި އަޅުގަނޑުމެން އަންގާލީމާ އެ ރަށުގެ ޖެޓުތައް އަޅުގަނޑުމެން ބަލާ އަންނަނީ ވެސް. އަޅުގަނޑުމެން ފްލައިޓު ހިފައިގެން ދަނީ. އެ ވަރުގެ ވަރުގަދަ އިލްމީ ޓީމެއް މިތާ މި އޮތީ،" ޝަހީމް ވިދާޅުވި އެވެ.
"ދެން ނުޖެހޭ އަޅުގަނޑުމެން ބަކަރި ހުއިހައްޕާ މީހުންނަށް ގައުމު ހަވާލުކުރާކަށް."
ޝަހީމް ވިދާޅުވީ، ގައުމުގެ ޒައާމަތު ރަނގަޅު މިސްރާބަކަށް ގެންދަން ޖެހިފައިވާ ކަމަށާއި އެކަމަށް ބޭނުންވަނީ އިލްމީ، ގާބިލް އަދި 24 ގަޑިއިރު ގައުމަށްޓަކައި މަސައްކަތް ކޮށްދެއްވާނެ ބޭފުޅެއް ކަމަށެވެ. އެ ވެރިއަކީ މުއިއްޒު ކަމަށް ވިދާޅުވި އެވެ.
"އެ މަނިކުފާނު ވެގެން ދާނީ ދިވެހިރާއްޖޭގެ އުރުދުޣާން އަށް. ގައުމު ތަރައްގީ ކުރައްވާނެ ބޭފުޅަކަށް، ދިވެހިންނަށް މިއަދު ދިމާވެފައިވާ މައްސަލަތައް ހައްލު ކޮށްދެއްވާނެ ވެރިއަކަށް،" ޝަހީމް ވިދާޅުވި އެވެ.
ވެރިއަކަށް ގެންނަން ޖެހޭ މީހާ މިއަށް ވުރެ ބޮޑަށް ސާފުކޮށް އެންގެން އޮތް އިންތިހާބެއް މިހާތަނަށް ނާންނަ ކަމަށާއި ދެ ވަނަ ބުރަކަށް ނުގޮސް މުއިއްޒު ހޮވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަނިޔާގެއިލްޒާމު މުއިއްޒުގެ އިސްތަށިފުޅުގައި ނޭޅުވޭނެ"
ޖޭޕީގެ މެމްބަރުން މުއިއްޒަށް ތާއީދު ކޮށްދޭން އެދިއްޖެ
"މިނިވަންކަމަށްޓަކައި މުއިއްޒު އިންތިހާބު ކުރަންޖެހޭ"
"ރައީސް، މުއިއްޒަށް ހަމަލާ އެ ދެއްވަނީ ބަލިވާތީ"
ކަންކަން ރީތިކޮށް ކުރުމުގެ ފުރުސަތަށް އެދެން: މުއިއްޒު
އެގްރީމަންޓެއް ނުފޮރުވާނެ ކަމަށް ޔަގީން ކުރަން:މުއިއްޒު
"ފުރަތަމަ ދުވަހުން ފެށިގެން ބާރަށް ސަރުކާރު ހިނގާނެ"
ޒިންމާދާރުއިދިކޮޅުޕާޓީއަކަށް ވާން މުއިއްޒު ގޮވާލައްވައިފި
އަޅުގަނޑަށް ހިނގާނީ ރައްޔިތުންގެ ބާރު އެކަނި:މުއިއްޒު
މުއިއްޒު ދެއްވީ ސިފައިން ފޮނުވާލާނެ ކަމުގެ ކަށަވަރުކަން