22 ސެޕްޓެމްބަރ 2023
އަނިޔާވެރިކަމުގެ އެއްވެސް އިލްޒާމެއް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ އިސްތަށިފުޅުގައި އަޅުވާނެ ޖާގައެއް ނެތް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.
އަނިޔާވެރިކަމުގެ އެއްވެސް އިލްޒާމެއް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ އިސްތަށިފުޅުގައި އަޅުވާނެ ޖާގައެއް ނެތް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.
މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ބ. ކަމަދޫގައި ބޭއްވި ޖަލްސާގައި ޝަހީމް ވިދާޅުވީ، މުއިއްޒު ވެރިކަމެއް އަތުވެއްޖެ ނަމަ، އަނިޔާވެރިކަން އަލުން އިޔާދަވާނެ ކަމަށް ބުނެ ބަޔަކު ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. މުއިއްޒަކީ އަނިޔާވެރި ވެރިއަކަށް ނުވާނެ ކަމުގެ ޔަގީން ކަން އޭނާ އަށް އެބައޮތް ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
ޑރ. މުއިއްޒުގެ ކެމްޕެއިނަށް ބ. ކަމަދޫގައި ބޭއްވި ޖަލްސާގައި ޑރ. ޝަހީމް ވާހަކަދައްކަވަނީ.-- ފޮޓޯ: ޕީޕީއެމް
"އަޅުގަނޑު ދަންނަވާނީ ކޮންއިރަކުތޯއޭ އަނިޔާއެއް ދީފައި އޮތީ، އެފަދަ އިލްޒާމެއް ޑރ. މުއިއްޒުގެ އިސްތަށިފުޅުގައި އަޅުވާނެހާ ޖާގައެއް ނެތް. އެއީ ދައްކާނެ ވާހަކައެއް ނެތުމުގެ ސަބަބުން ކުރާ އިލްޒާމެއް،" ޝަހީމް ވިދާޅުވި އެވެ.
"އެހެންވީމާ، އެ ކަންކަމުގެ ފިތުނައިގައި ނުޖެހި ރައްޔިތުން އެއްބައިވެ، ޑރ. މުއިއްޒު ހޮވަންވީ."
ޝަހީމް ވިދާޅުވީ މުއިއްޒަށް ވޯޓު ދޭންވީ އެންމެ ބޮޑު ސަބަބަކީ އެއީ ރާއްޖޭގައި އިސްލާމް ދީނާއި ދިވެހިންގެ މިނިވަންކަން ކަށަވަރު ކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ބޭފުޅެއް ކަން ޔަގީން ވާތީ ކަމަށެވެ. އެއީ ދިވެހިން މި ވަގުތު އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަން ކަމަށް ޝަހީމް ވިދާޅުވި އެވެ.
ޑރ. މުއިއްޒުގެ ކެމްޕެއިނަށް ބ. ކަމަދޫގައި ބޭއްވި ޖަލްސާގައި އޭނާގެ ސަޕޯޓަރުން ބައިވެރިވަނީ.-- ފޮޓޯ: ޕީޕީއެމް
ރޭގެ ޖަލްސާގައި މުއިއްޒު ވެސް ވަނީ އޭނާގެ ވެރިކަމެއްގައި އަނިޔާވެރިވާނެ ކަމަށް ބުނެ ވާދަވެރިން ދައްކާ ވާހަކަތަކަށް ރައްދު ދެއްވައިފަ އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި، ހަގީގަތުގައި އަނިޔާވެރިވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ސަރުކާރުންނެވެ. އޭނާ ވެރިކަމަށް ވަޑައިގަންނަވަނީ އެ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ކަމަށް ވިދާޅުވި އެވެ. އަނިޔާ އަކީ މީހަކަށް ނުވަތަ ބަޔަކަށް ޖިސްމާނީ ގޮތުން ދޭ އަނިޔާ އެކަންޏެއް ނޫން ކަމަށާއި ވަރަށް ގިނަ އެހެން ގޮތްގޮތުން ވެސް ބަޔަކަށް އަނިޔާވެރިވެވިދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ހާއްސަކޮށް، ނަފުސާނީ ގޮތުން ބަޔަކަށް ދޭ އަނިޔާ އަކީ ވެސް ވަރަށް ބިރުވެރި ކަމެއް ކަމަށާއި މި ސަރުކާރުން ފެންނަނީ އެ ކަހަލަ މަންޒަރެއް ކަމަށް ވިދާޅުވި އެވެ.
"ފުރަތަމަ ދުވަހުން ފެށިގެން ބާރަށް ސަރުކާރު ހިނގާނެ"
މުއިއްޒު ދެއްވީ ސިފައިން ފޮނުވާލާނެ ކަމުގެ ކަށަވަރުކަން
އިންތިހާބީ ރައީސަށް މާލޭ ސިޓީ ކައުންސިލްގެ މަރުހަބާ
މުއިއްޒުގެ ކާމިޔާބީ ފާހަގަކުރާ ޖަލްސާ މިރޭ ބާއްވަނީ
"ކޮންމެ މީހަކު އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަވާނެ"
އަނިޔާވެރިކަން ތާ އަބަދަށް ނިންމާނަން: މުއިއްޒު
މުދާ ބެހީ ދޮންމަންމާފުޅު އެދުނު ގޮތަށް: ސާޖިދާ
ހދ. އަތޮޅު ކައުންސިލްގެ ރައީސް ޕީޕީއެމަށް
އެކުލަވާލާނީ ދިވެހިން ފަހުރުވެރިވާ ކެބިނެޓެއް: މުއިއްޒު
މުއިއްޒު ވިދާޅުވީ އަނިޔާވެރިކަން ނިންމާނީ އޭނާ ކަމަށް