29 ސެޕްޓެމްބަރ 2023
މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އޭނާ ރާއްޖޭގެ ވެރިކަމަށް އިންތިހާބު ކޮށްފި ނަމަ، ގައުމުން އަނިޔާވެރިކަން ތާއަބަދަށް ނައްތާލައި، ބޭރުގެ ސިފައިން ފޮނުވާލައި، ހަގީގީ މިނިވަންކަން ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.
މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އޭނާ ރާއްޖޭގެ ވެރިކަމަށް އިންތިހާބު ކޮށްފި ނަމަ، ގައުމުން އަނިޔާވެރިކަން ތާއަބަދަށް ނައްތާލައި، ބޭރުގެ ސިފައިން ފޮނުވާލައި، ހަގީގީ މިނިވަންކަން ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.
ކެމްޕެއިނު ނިންމާލުމަށް މާލޭގައި ބޭއްވި ހިނގާލުމަށް ފަހު، އެތައް ހާސް ބަޔަކާ އެކު އާޓިފިޝަލް ބީޗުގައި ހުންނަވައި މުއިއްޒު ވިދާޅުވީ، މާދަމާއަކީ ހަގީގަތުގައި ވެސް ރާއްޖޭގެ މުސްތަގްބަލާ މެދު ގޮތެއް ނިންމާ ދުވަސް ކަމަށެވެ.
މިއަދު ގައުމުގެ މިނިވަންކަން އައިސްފައި އޮތީ ވަކި ޕާޓީއެއްގައި ހުރެގެން ހިޔާލުތަފާތުވާ ވަރަށް ވުރެ ކަންބޮޑުވާ ހިސާބެއްގައި ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ދިވެހި ރައްޔިތުން އަޅުގަނޑާ މި ޒިންމާ ހަވާލުކުރައްވަފިއްޔާ ގާއިމު ކުރާނީ މި ގައުމުން އަނިޔާވެެރިކަން ތާއަބަދަށް ނިމުމަކަށް ގެންނަ ސަރުކާރެއް. އިންސާފުވެރިކަން އެއީ ދައްކާލާ ވާހަކައަށް ވުރެ ބޮޑަށް ދައުލަތް ހިންގުމުގެ ތެރެއިން އިހުސާސްވާ ހަގީގަތަކަށް ހަދައިދޭނަން. ކަންކަން ކުރަނީ އަދުލުވެރިކަމުން ކަމަށް ދަންނަވަން ކެރޭ ސަރުކާރަކަށް ހަދައިދޭނަން،" މުއިއްޒު ވިދާޅުވި އެވެ.
ކެމްޕެއިން ނިންމުމުގެ ބޮޑު އެއްވުމުގައި މުއިއްޒު މިއަދު ހަވީރު ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
އޭނާ ވިދާޅުވީ، ވެރިކަމަށް ކުރިމަތިލެއްވީ އަދުލުވެރި، އިންސާފުވެރި ވެރިކަމެއް ކުރައްވަން ކަމަށެވެ. އެ މީހަކު ހުރީ ކޮންމެ ޕާޓީއެއްގައި ކަމަށް ވިޔަސް ބޭނުންވަނީ މި ގައުމަށް ހަމަޖެހުން ގެންނަން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ، އަދުލުވެރިކަމަކީ އަބަދު ދައްކާ ވާހަކައަކަށް ނުވަތަ ފޮތެއްގައި ލިޔާ ވާހަކައަކަށް ވުރެ ކޮންމެ މީހަކާ މެދު ވެސް އަމަލު ކުރަނީ އަދުލުވެރިކަމާ އެކު ކަމަށް ބުނަން ކެރޭ ސަރުކާރެއް ގާއިމް ކުރައްވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، މި ގައުމުގައި މިހާރު އަމިއްލަ މިނިވަންކަން ނެތި، ތާ އަބަދަށް ބަނަވާ ހިސާބަށް ގޮސްފައިވާ ކަމަށެވެ. އެހެންވެ، މުއިއްޒު ވިދާޅުވި ގޮތުގައި އޭނާގެ އެންމެ އިސް އެއް ޒިންމާއަކަށް ވާނީ ދިވެހިންނަށް ފަހިވާ ހާރިޖީ ސިޔާސަތެއް ހޯދައި ދިނުން ކަމަށެވެ.
މުއިއްޒުގެ ކެމްޕެއިން ނިންމުމުގެ ބޮޑު ހިނގާލުމުގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: ނިޝާން އަލީ| މިހާރު
"ދިވެހިންގެ މިނިވަންކަން ދިވެހިންނަށް ފަހިވާ ގޮތަށް ބައްޓަންކޮށް އިރާދަކުރެއްވިއްޔާ ތިބޭނީ ދިވެހި ސިފައިން. ބޭރުގެ ސިފައިން އިރާދަކުރެއްވިއްޔާ ނުތިބޭނެ. އެކަން އިރާދަކުރެއްވިއްޔާ ނިމުމަކަށް ގެނެސްދޭނަން،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިސްކުރައްވާނީ ދިވެހިންގެ މަސްލަހަތެވެ.
މުއިއްޒު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު މިހާރު ވައްޓާލާފައިވާ އަނދަވަޅުން ނަގައިދީ، އޭނާގެ ސަރުކާރެއްގައި ކޮޅަށް ޖަހައިދޭނެ ކަމަށެވެ. ކޮންމެ ދިވެއްސަކީ ފުދުންތެރި މީހަކަށް ވެސް ހަދައި ދޭނެ ކަމަށް ވިދާޅުވި އެވެ. ޒުވާނުންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ އަދި ކޮންމެ އަންހެނަކީ ބާރުވެރި މީހަކަށް ހަދައިދޭނެ ކަމަށް ވިދާޅުވި އެވެ.
މުއިއްޒުގެ ކެމްޕެއިން ނިންމުމުގެ ބޮޑު ހިނގާލުމުގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: ނިޝާން އަލީ| މިހާރު
މުއިއްޒު ދެން ދެއްވި ޔަގީން ކަމަކީ އޭނާގެ ވެރިކަމެއްގެ ފަސް އަހަރު ނިމޭއިރު ގެދޮރުވެރިކަމުގެ މައްސަލަ ހައްލު ކޮށްދޭނެ ކަމެވެ. ވިދާޅުވީ، އެ ފަސް އަހަރު ނިމޭއިރު، ގެދޮރުވެރިކަމުގެ ހައްގު ގެއްލިފައިވާ ކަމަށް ބުނާ އެއްވެސް ދިވެއްސަކު ނުހުންނާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ، ގެދޮރުވެރިކަމުގެ މައްސަލައާ އެކު ދިވެހިންގެ ތެރޭގައި ހުރި ގިނަ ކަންކަން ހައްލުވާނެ ކަމަށެވެ.
މުއިއްޒުގެ ކެމްޕެއިން ނިންމުމުގެ ބޮޑު ހިނގާލުމުގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: ނިޝާން އަލީ| މިހާރު
"ކޮންމެ ރައްޔިތަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ، އިގްތިސާދީ ގޮތުން ބާރު ކުރެވިފައިވާ ކޮންމެ ރައްޔިތަކީ އަމިއްލަ އަށް ދިރިއުޅުން ބައްޓަން ކުރެވޭ ފަދަ މީހަކަށް ހެދުނީމާ އިރާދަކުރެއްވިއްޔާ ފެނިގެންދާނީ ހިނިތުންވުން،" އޭނާ ވިދާޅުވި އެވެ.
"ފުރަތަމަ ދުވަހުން ފެށިގެން ބާރަށް ސަރުކާރު ހިނގާނެ"
މުއިއްޒު ދެއްވީ ސިފައިން ފޮނުވާލާނެ ކަމުގެ ކަށަވަރުކަން
އިންތިހާބީ ރައީސަށް މާލޭ ސިޓީ ކައުންސިލްގެ މަރުހަބާ
މުއިއްޒުގެ ކާމިޔާބީ ފާހަގަކުރާ ޖަލްސާ މިރޭ ބާއްވަނީ
"ކޮންމެ މީހަކު އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަވާނެ"
މުދާ ބެހީ ދޮންމަންމާފުޅު އެދުނު ގޮތަށް: ސާޖިދާ
ހދ. އަތޮޅު ކައުންސިލްގެ ރައީސް ޕީޕީއެމަށް
އެކުލަވާލާނީ ދިވެހިން ފަހުރުވެރިވާ ކެބިނެޓެއް: މުއިއްޒު
"އަނިޔާގެއިލްޒާމު މުއިއްޒުގެ އިސްތަށިފުޅުގައި ނޭޅުވޭނެ"
މުއިއްޒު ވިދާޅުވީ އަނިޔާވެރިކަން ނިންމާނީ އޭނާ ކަމަށް