12 އެޕްރީލް 2023
މި އަހަރުގެ މިހާތަނަށް ސަރުކާރުން ބަދަލުގެ ގޮތުގައި ހޭދަކުރި 97 މިލިއަން ރުފިޔާ ލިބުނު ކުންފުނިތައް ހާމަކުރަން ދެކޮޅު ހަދައިފި އެވެ.
މި އަހަރުގެ މިހާތަނަށް ސަރުކާރުން ބަދަލުގެ ގޮތުގައި ހޭދަކުރި 97 މިލިއަން ރުފިޔާ ލިބުނު ކުންފުނިތައް ހާމަކުރަން ދެކޮޅު ހަދައިފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "މިހާރު" އިން މިދިޔަ ފެބްރުއަރީ ހުށަހެޅި ސުވާލުތަކުގެ ޖަވާބުގައި ފިނޭންސް މިނިސްޓްރީން ބުނީ، ބަދަލު ދިން ކުންފުނިތަކުގެ މައުލޫމާތު ހާމަނުކުރެވެނީ، އެފަރާތްތަކާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ މައުލޫމާތެއް އެހެން ފަރާތަކާ ހިއްސާ ނުކުރެވޭނެތީ ކަމަށެވެ.
ބަދަލު ދިން ކުންފުނީގެ މައުލޫމާތު ހޯދުމަށް ފިނޭންސް މިނިސްޓްރީ އަށް އެންމެ ފުރަތަމަ ހުށަހެޅުމުން އެންގީ، އެ މައުލޫމާތު ޕްލޭނިން މިނިސްޓްރީން އޮޅުން ފިލުވުމަށެވެ. އެހެންވެ، ބަދަލު ދިނީ، ޕްލޭނިން މިނިސްޓްރީން އަމިއްލަ ފަރާތަކާ ހަވާލުކުރި ޕްރޮޖެކްޓަކަށް ކަން އެނގެ އެވެ. އެކަމަކު، ޕްލޭނިން މިނިސްޓްރީން ވެސް އެ މައުލޫމާތު ހާމަކުރަން ދެކޮޅު ހެދި އެވެ.
މި އަހަރުގެ މިހާތަނަށް ސަރުކާރުން ބަދަލުގެ ގޮތުގައި ހޭދަކުރި 97 މިލިއަން ރުފިޔާ ދިން މީހުންގެ މައުލޫމާތު ހާމަނުކުރިޔަސް މީގެ ކުރިން އެ މައުލޫމާތުތައް ދީފައި އެބަހުއްޓެވެ.
ސަރުކާރުން ދައްކަންޖެހޭ ޖޫރިމަނާ އާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި ކޯޓުތަކަށް ދެއްކުމަށް ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިއޮތީ 101 މިލިއަން ރުފިޔާ އެވެ. އެހެންވެ، ބަޖެޓުގައި ކަނޑައެޅި އަދަދުގެ 96 ޕަސެންޓު މި އަހަރުގެ ފުރަތަމަ ތިން މަހު ވަނީ ހޭދަކޮށްފަ އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި އެ މިނިސްޓްރީން ބަދަލުގެ ގޮތުގައި މި އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް 93 މިލިއަން ދީފައި ވެ އެވެ. އެ މިނިސްޓްރީން އިއްޔެ ހާމަކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުން ބަދަލުގެ ގޮތުގައި ދިން އަދަދަށް އިތުރު ހަތަރު މިލިއަން ރުފިޔާ އިތުރުވެފައި ވެ އެވެ.
ސަރުކާރުން ދައްކަންޖެހޭ ޖޫރިމަނާ އާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި ކޯޓުތަކަށް ދެއްކުމަށް ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިއޮތީ 101 މިލިއަން ރުފިޔާ އެވެ. އެހެންވެ، ބަޖެޓުގައި ކަނޑައެޅި އަދަދުގެ 96 ޕަސެންޓު މި އަހަރުގެ ފުރަތަމަ ތިން މަހު ވަނީ ހޭދަކޮށްފަ އެވެ.
މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ދައުލަތުން ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް 1.6 ބިލިއަން ރުފިޔާ ދޫކޮށްފަ އެވެ. އެ ބަދަލުތައް ދޭން ޖެހެނީ ސަރުކާރުން ވެފައިވާ އެއްބަސްވުންތައް ގާނޫނާއި ގަވާއިދާ ހިލާފަށް ބާތިލުކުރަން ޖެހުމުގެ ސަބަބުންނެވެ. މިދިޔަ ހަތަރު އަހަރު ވެސް ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ބަޖެޓުކުރި އަދަދަށް ވުރެ އިތުރަށް ސަރުކާރުން ހޭދަކޮށްފަ އެވެ.
ބަދަލު ދިނުމުގެ މައްސަލަތަކުގައި އަމަލުކުރާ އުސޫލާ މެދު ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒު ވެފައިވާ އިރު ދައުލަތުން އެކި ފަރާތްތަކަށް ބަދަލު ދިނުމުގެ ކަންކަން ކުރުމަށް އުފައްދާފައިވާ ސެޓްލްމަންޓް ކޮމިޓީން މައްސަލަތައް ނިންމުމުގައި އަމަލުކުރާނެ މިންގަނޑެއް ނެތުމުން ވަކި ފަރާތަކަށް ނާޖައިޒު ފައިދާ ހޯދައިދީ، ކޮރަޕްޝަނަށް މަގުފަހިވާ ކަމަށް އޭސީސީން ނެރުނު ރިޕޯޓެއްގައި 2021 ވަނަ އަހަރު ފާހަގަކޮށްފައި ވެ އެވެ.
ބޮސްކާލިސް، އިހުތިޔާރުކުރީ ނެދަލެންޑްސްގެ ލޯނެއް ނަގާތީ
ބީލަންވެރިންގެ ފުރަތަމަ މަހާސިންތާ ފަށައިފި
ކޮޅުފުށީގައި 100 ހައުސިން ޔުނިޓް ހަދަނީ
ޓެކްސްގެ ލުއިތަކުން 26 ބިލިއަން ދައުލަތަށް ގެއްލިފައި
މިދިޔަ އަހަރު ނިމުނީ 14 ބިލިއަންގެ ޑެފިސިޓަކާ އެކު
އެސްއީތަކުން ނަގާ ލޯނަށް ފިނޭންސްގެ ހުއްދަ ހޯދަން ޖެހޭ
ސިޔާސީ މުވައްޒަފުންގެ އަދަދު މިނިސްޓްރީން ނުގެންގުޅޭ
އާ ޓާމިނަލް ނިންމަން އޭޑީއެފްޑީން އިތުރު 40 މިލިއަން
ކުރީގެ ފިނޭންސް މިނިސްޓަރު ޝަފީގް އެޗްޑީއެފްސީގެ ބޯޑަށް
ޑޭޓާ ސަލާމަތްކުރަން ސަރުކާރަށް ވޭކަޕް ކޯލެއް!