07 ޖުލައި 2019
މ. ކޮޅުފުށީގައި 100 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު ބިޑަށް ހުޅުވާލައިފި އެވެ.
މ. ކޮޅުފުށީގައި 100 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު ބިޑަށް ހުޅުވާލައިފި އެވެ.
މިކަމަށް ހޯދަނީ ޑިޒައިން އެންޑް ބިލްޑް އުސޫލު ނުވަތަ ޑިޒައިންކޮށްގެން ހަދައިދޭނެ ބައެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
މި މަޝްރޫ އަށް ބިޑްކުރެވޭނީ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގެ ދަށުން ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި ރަޖިސްޓްރީވެފައިވާ ކޮންޓްރެކްޓަރުންނަށް އެކަނި ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. މިއީ މިދިޔަ މާޗު މަހުގެ 30 ގެ ފަހުން ގެނައި ބަދަލެކެވެ. ކުރިން ނަމަ ނެޝަނަލް ޕްލޭނިން މިނިސްޓްރީގައި ރަޖިސްޓްރީވެފައި ނެތް ކުންފުނިތަކަށް ވެސް މި ފަދަ މަޝްރޫއުތަކަށް ބިޑް ކުރެވޭނެ އެވެ.
ބީލަން ހުށަހެޅުން އޮންނާނީ މަހުގެ 30 ވަނަ ދުވަހު އެވެ. މި މަހު 29 ގެ ކުރިން ބީލަމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު، ރަޖިސްޓްރީ ވެވޭނީ 1،500ރ. ގެ ފީއެއް ދައްކައިގެންނެވެ. އަދި 100،000 ޑޮލަރު (1,545,000ރ.) ގެ ސެކިއުރިޓީ ޑިޕޮސިޓެއް ވެސް ބަހައްޓަން ޖެހޭނެ އެވެ.
ފިނޭންސް މިނިސްޓްރީން ވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުގެ ދަށުން ލ. ގަމުގައި 200 ހައުސިން ޔުނިޓާއި ބ. ތުޅާދޫގައި 100 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަން ވެސް މީގެ ކުރިން ބިޑަށް ހުޅުވާލާފަ އެވެ.
މި އަހަރުގެ ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ މަޝްރޫއުތަކުގެ ގޮތުގައި 6.6 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި، އަލަށް ފަށާ 315 އަދި ހިނގަމުންދާ 229 މަޝްރޫއު ހިމެނެ އެވެ.
"ސަރުކާރުން ހައުސިން ޕްރޮޖެކްޓްތައް ހިންގާކަށް ނުޖެހޭ"
ދިރިއުޅެން ކަމުނުދާ ތަންތަނުގައި 21،000 އާއިލާ!
އަނދުން ހުސައިންގެ ނުރުހުން އެމްޑީޕީގެ ސަރުކާރަށް!
4،000 ފްލެޓުން ފުރުސަތު ނުލިބޭ މީހުންނަށް ލިޔުމެއް
ހައުސިންގެ 21 ޕްރޮޖެކްޓެއް، ނިމުނީ ހަ ޕްރޮޖެކްޓް
އަސްލަމް ވިދާޅުވީ، ބްރިޖުގެ މަސައްކަތް ލަސްކަމަށް!
ސަރުކާރުން މި އަހަރު ބަދަލުދިން ކުންފުނިތައް ސިއްރު!
ދަތި ހާލު އަދަދަތަކުން, އަނެއްކާވެސް ދިގު ކިޔޫއެއް!
މަނަދޫގައި 40 ފްލެޓް އަޅަން ބަޔަކާ ހަވާލުކޮށްފި
އެއީ ވިނަރެސް ދޫކުރެވޭނެ ރަނގަޅު އަގު: މިނިސްޓަރު