Roadha Mihaaru
4،000 ފްލެޓުން ފުރުސަތު ނުލިބޭ މީހުންނަށް ލިޔުމެއް

ޝަރުތު ހަމަވި ނަމަވެސް 4،000 ފްލެޓުން ފުރުސަތު ނުލިބޭ މީހުންނަށް ލިޔުމެއް ދޭނެ: ހައުސިން

04 ނޮވެމްބަރ 2023

މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ޝަރުތު ހަމަވި ނަމަވެސް ފުރަތަމަ ދޫކުރާ 4،000 ފްލެޓު ނުލިބޭ މީހުންނަށް ޕޯޓަލް މެދުވެރިކޮށް، ލިޔުމެއް ފޮނުވަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ޝަރުތު ހަމަވި ނަމަވެސް ފުރަތަމަ ދޫކުރާ 4،000 ފްލެޓު ނުލިބޭ މީހުންނަށް ޕޯޓަލް މެދުވެރިކޮށް، ލިޔުމެއް ފޮނުވަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

ސޯޝަލް ހައުސިން ފްލެޓު ހޯދުމަށް ސަރުކާރުން ހުޅުވައިލި ފުރުސަތުގައި 20،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އިރު 13،000 މީހުން ޝަރުތު ހަމަވެ އެވެ. ހައުސިން މިނިސްޓްރީން ކުރިން ބުނި ގޮތުގައި މި މަހުގެ 17 ގައި ވެރިކަން ބަދަލުވުމުގެ ކުރިން އެ ހުރިހާ މީހުންނަށް ފްލެޓު ލިބޭނެ އެވެ.

ނަމަވެސް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ހަވާލު ކޮށްގެން ހުޅުމާލެ 2 ގައި އިމާރާތް ކުރުމުގެ މަސައްކަތް ހިނގަނީ 4،000 ފްލެޓެއްގެ އެވެ.

ހައުސިން މިނިސްޓްރީން މިއަދު ވަނީ އެ 4،000 ފްލެޓު ލިބޭ މީހުންގެ ތަފްސީލު އާންމު ކޮށްފަ އެވެ.

އެ އިއުލާނުގައި ބުނީ، 4،000 ފުލެޓް ލިބޭ މީހުންގެ ތެރޭގައި ނުހިމެނުނު ނަމަވެސް ޝަރުތު ހަމަވާ ކަމަށް ދާއިމީ ލިސްޓުގައި ކަނޑައަޅާފައިވާ މީހުންނަށް ސަރުކާރުން ކުރިޔަށް ގެންދާ ހައުސިން މަސްރޫއުތަކުގެ ތެރެއިން ފުލެޓެއް ދިނުމަށް ހަމަޖެހިފައިވާ ކަމުގެ ލިޔުން ޕޯޓަލް މެދުވެރިކޮށް ފޮނުވާނެ ކަމަށެވެ.

ފުރަތަމަ 4،000 ފްލެޓްގެ ތެރެއިން ތިން ކޮޓަރީގެ އެޕާޓްމަންޓުތައް ލިބެނީ ދާއިމީ ލިސްޓުގައި 76 އަށް ވުރެ ގިނަ ޕޮއިންޓް ލިބޭ މީހުންނަށެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ލިބެނީ 73 އަށް ވުރެ ގިނަ ޕޮއިންޓް ލިބޭ މީހުންނަށެވެ.