01 ފެބުރުއަރީ 2023
ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އާންމުންގެ މެދުގައި މަޝްވަރާ ކުރުމަށް "ސިޓިޒަން ކްލައިމެޓް އެސްމްބްލީސް" ނުވަތަ ރައްޔިތުންގެ ތިމާވެށީގެ މަޖިލިސްތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޭއްވުމުގެ ތައްޔާރީތައް ފަށައިފި އެވެ.
ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އާންމުންގެ މެދުގައި މަޝްވަރާ ކުރުމަށް "ސިޓިޒަން ކްލައިމެޓް އެސްމްބްލީސް" ނުވަތަ ރައްޔިތުންގެ ތިމާވެށީގެ މަޖިލިސްތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޭއްވުމުގެ ތައްޔާރީތައް ފަށައިފި އެވެ.
އެ ހަރަކާތް އިންތިޒާމުކުރާ އިކޯކެއާ މޯލްޑިވްސް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ޕްރޮޖެކްޓުގެ އަމާޒަކީ ދިވެހިންގެ ތިމާވެށީގެ މަޖިލިސްތަކެއް މެދުވެރިކޮށް، ތަފާތު ގިންތީގެ މީހުން އެއްތަނަކަށް އެއްވެ، ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން މަޝްވަރާކޮށް، ދިވެހިންގެ އަމިއްލަ ނިންމުންތަކެއް ނިންމުން ކަމަށެވެ.
އެ މަޖިލިސްތަކުގައި ކުރާ މަޝްވަރާތަކަށް ފަހު، ނިންމާ ނިންމުންތަކުގެ އަލީގައި މަދަނީ ޖަމިއްޔާތަކާއި އާންމުންނާއި ކަމުގެ މާހިރުންގެ އެހީއާއެކު، ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ މެދު އަމަލުކުރާނެ ގޮތުގެ ރައްޔިތުންގެ އަމިއްލަ ގައުމީ މެނިފެސްޓޯއެއް އެކުލަވާލާނެ ކަމަށް ވެސް އިކޯކެއާ އިން ބުންޏެވެ.
އެ ޖަމިއްޔާއިން ބުނިގޮތުގައި، "ސިޓިޒަން އެސެމްބްލީ" އަކީ މިހާރު ފުޅާ ދާއިރާއެއްގައި، ބައިނަލްއަގުވާމީ މުޖުތަމައުގައި ވެސް ބޭނުންކުރަމުން އަންނަ ވަރުގަދަ އުކުޅެކެވެ. ކެނެޑާ އާއި އޮސްޓްރޭލިއާ އާއި އެމެރިކާ އާއި ފްރާންސާއި ބެލްޖިއަމާއި ނެދަލެންޑްސް އާއި ޕޮލެންޑް ފަދަ ގައުމުތަކުގައި ވެސް "ސިޓިޒަން އެސެމްބްލީ" ބާއްވަ އެވެ. މިއީ ރާއްޖޭގައި މިފަދަ މަޖިލީހެއް ބާއްވާ ފުރަތަމަ ފަހަރެވެ.
އައްޑޫ މީދޫ އިކޯ ގާޑަން: ރާއްޖޭގައި ރައްޔިތުންގެ ތިމާވެށީގެ މަޖިލިސްތަކެއް ބާއްވަން އަންނަނީ ތައްޔާރުވަމުން -- ފޮޓޯ: މިހާރު
އެންމެ ފުރަތަމަ "ސިޓިޒަން އެސެމްބްލީ"އެއް ބޭއްވީ 2004 ވަނަ އަހަރު ކެނެޑާގަ އެވެ. އެ މަޖިލީހުގައި މަޝްވަރާކުރީ ކެނެޑާގެ ސަރަހައްދެއްގައި ވޯޓު ނެގުމުގެ ނިޒާމާ ގުޅޭ ގޮތުންނެވެ. އެ މަޝްވަރާތަކަށް ފަހު، ވޯޓު ނެގުމުގެ އާ ނިޒާމެއް އެ ތަނުގައި އިންތިޒާމުކުރަން ޖެހުނެވެ.
އިކޯކެއާއިން ބުނީ އެ ޖަމިއްޔާ އިން އިންތިޒާމުކުރާ ތިމާވެށީގެ މަޖިލިސްތައް އޮންނަނީ ތިން ދުވަހުގެ މުއްދަތަކަށް ކަމަށެވެ. ރާއްޖޭގެ ތިން ސަރަހައްދެއްގައި އެ މަޖިލިސްތައް ބާއްވާ ރާވާފައިވާއިރު، ފުރަތަމަ މަޖިލިސް އޮންނާނީ މި މަހު 16 ގައި އައްޑޫގަ އެވެ.
"މި އެއްވުމުގެ ބައިވެރިން ގްރޫޕްތަކަށް ބަހައި، ތަޖުރިބާތައް ހިއްސާކޮށް، ހިޔާލާއި ފިކުރުތައް ފާޅުކޮށް، އެކަކު އަނެކަކުގެ ފަރާތުން އުނގެނުމަށް ފަހު ރައްޔިތުންގެ ނިންމުންތަކުގެ ކަރުދާހެއް އެކުލަވާނެ އެވެ،" އެ ޖަމިއްޔާއިން ބުންޏެވެ.
އެ ޕްރޮޖެކްޓް ކާމިޔާބުކުރުމަށް މައިގަނޑު ދެ ކަމެއް ހާސިލުކުރަން ޖެހޭ ކަމަށް އިކޯކެއާއިން ބުންޏެވެ. އެއީ؛
• މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ތިން ހިސާބެއްގައި މަޖިލިސް ބާއްވައި ކޮންމެ ސަރަހައްދެއް ތަމްސީލުކުރާނެ 50 ބައިވެރިން ހޯދުން.
• މަޖިލިސްތަކުގެ ނަތީޖާ އަށް ބިނާކޮށް މެނިފެސްޓޯއެއް އެކުލަވާލުން.
އިކޯ ކެއާ އިން ބުނީ މެނިފެސްޓޯގައި ހުރި ކަންކަން ފާސްކުރާނީ ސަރުކާރުގެ ކާމާބެހޭ އިދާރާތަކާ އެކު ބާއްވާ ކޮންފަރެންސެއްގައި ކަމަށެވެ. މެނިފެސްޓޯ ވާނީ ވެރިންނާއި ސިޔާސީ ލީޑަރުންނަށް ނުފޫޒުފޯރުވުމަށް އަދި ވަކާލާތުކުރުމަށް ބޭނުންކުރާ މައިގަނޑު ވަސީލަތަށް ކަމަށް ވެސް އެ ޖަމިއްޔާ އިން ބުންޏެވެ.
މޫދަށް ކްލޮރިން އެޅުމުން ދިރުންތައް މަރުވެގެން ލައްގަނީ
ފަރަށް އުރިފައިވާ 8 އުޅަނދު އަދިވެސް ފުން ނުކުރޭ!
"ސައުތު އަރި މެރިން ޕާކު" ބަލަހައްޓާނެ ކޮމިޓީއެއް
ތިމާވެށީގެ ޖޫރިމަނާތަކުން 825 މިލިއަން ރުފިޔާ ނުލިބޭ
އައްޑޫން ގަސް ކެނޑުން "ހައްދުން ނައްޓައިފި"
ކުޑަގިރި ފަރަށް އެރި ބޯޓުގެ ޖޫރިމަނާ ދައްކަން ހުކުމް
ވެލަޔަށް ފަރުވާދޭ ސެންޓަރެއް ސޮނެވާ ޖާނީގައި ހުޅުވައިފި
93 ސަރަހައްދުގެ ތެރެއިން ބެލެހެއްޓެނީ ފަސް ތަނެއް!
ހުޅުމާލެ ފަރަށް ގެއްލުންވުމުން 29 މިލިއަންގެ ޖޫރިމަނާ
ހިމާޔަތްކޮށްފައިވާ ދިރުންތަކަށް ގެއްލުންދޭ ވަރު އިތުރު